Roadha Mihaaru
ތިންވަނަ މީހަކަށް ހިމަބިހި ޖެހިއްޖެ

ތިން ވަނަ މީހަކަށް ހިމަބިހި ޖެހިއްޖެ

14 ޖެނުއަރީ 2020

ރާއްޖޭން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށި ފަހުން ތިން ވަނަ މީހަކަށް އެބަލި ޖެހުނުކަން މިއަދު އެނގިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށި ފަހުން ތިން ވަނަ މީހަކަށް އެބަލި ޖެހުނުކަން މިއަދު އެނގިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ މިއަދު ހިމަބިއްސަށް ޓެސްޓުކުރި 10 މީހުންގެ ތެރެއިން އެކަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަަމަށެވެ.

ހިމަބިހި ޖެހިގެން މިދިޔަ ހަފުތާގައި ފުރަތަމަ ފަރުވާ ދިނީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެއަށްފަހު 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިން ވެސް އެ ބަލި ފެނިފައިވެ އެވެ. މިއަދު ޕޮޒިޓިވްވި މީހާއާ އެކު މިހާރު ހިމަބިހި ޖެހުނު މީހުންގެ އަދަދަކީ ތިނެކެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހިމަބިއްސަށް މީހަކު ޕޮޒިޓިވް ވި އިތުރު ކޭސް އަދި ފާހަގަވެފައި ނުވާ ކަމަށާއި އެކަމަކު، ހުން އައުމުގެ އަލާމާތްތައް ހުންނަ މީހުން އިތުރަށް ޓެސްޓް ކުރަމުން އަންނަ ކަަމަށެވެ. މިނިސްޓަރު ވިދާޅުވީ ހުމުގެ އަލާމާތްތައް ހުންނަ މީހުން ޓެސްޓްކުރަނީ ހިމަބިހީގެ އެއްވެސް އަލާމާތްތައް ހުރިތޯ ބަލަން ކަމަށެވެ. އެގޮތުން 10 ވަރަކަށް މީހުން ޓެސްޓްކޮށްފައިވާ ކަމަށާއި އެ ޓެސްޓްތަކުގެ ނަތީޖާ މިއަދު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުމުގެ އަލާމާތްތައް ހުންނަ މީހުން ޓެސްޓްކުރަނީ ހިމަބިހީގެ އެއްވެސް އަލާމާތްތައް ހުރިތޯ ބަލަން ކަމަށެވެ. އެގޮތުން 10 ވަރަކަށް މީހުން ޓެސްޓްކޮށްފައިވާ ކަމަށާއި އެ ޓެސްޓްތަކުގެ ނަތީޖާ މިއަދު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިމަބިހި ޖެހިގެން މިދިޔަ ހަފުތާގައި ފުރަތަމަ ފަރުވާ ދިނީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެއަށްފަހު 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިން ވެސް އެ ބަލި ފެނިފައިވެ އެވެ.

އެ ކުޑަ ކުއްޖާ ފުރިހަމަކޮށްފައިވަނީ އުމުރުން ހަ މަހާ ހަމައަށް ޖަހަންޖެހޭ ވެކްސިންތަކެވެ. ނުވަ މަހުގައި ޖަހަން ޖެހޭ މީސަލްސް ރުބެއްލާ އާއި 18 މަހުގައި ޖަހަން ޖެހޭ އެމްއެމްއާރު ވެކްސިނެއް ނުޖަހަ އެވެ.