Roadha Mihaaru
ރެޑްވޭވުން ޝާޕްގެ އިތުރު އުފެއްދުންތަކެއް ތައާރަފުކޮށްފި

ރެޑްވޭވުން ޝާޕް ބްރޭންޑުގެ އިތުރު އުފެއްދުންތަކެއް ތައާރަފު ކޮށްފި

20 ޖެނުއަރީ 2020

ރާއްޖޭގެ މާކެޓުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "ޝާޕް" ބްރޭންޑުގެ އިތުރު އުފެއްދުންތަކެއް ރެޑްވޭވުން ތައާރަފު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ މާކެޓުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "ޝާޕް" ބްރޭންޑުގެ އިތުރު އުފެއްދުންތަކެއް ރެޑްވޭވުން ތައާރަފު ކޮށްފި އެވެ.

ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް މި ފަހަރު ތައާރަފު ކުރި އުފެއްދުންތަކުގެ ތެރޭގައި އިސްތިރި އާއި ވެކިއުމް ކްލީނަރާއި ފެންކައްކާ ޖަގާއި ރައިސް ކުކަރުގެ އިތުރުން އައިސް އަލަމާރީގެ އާ ރޭންޖުތަކާއި ޝަވާ ހީޓަރާއި ދޮންނަ މެޝިން އަދި މިކްސަރާއި އަވަން ހިމެނެ އެވެ. އަދި މައިކްރޯވޭވް، ޕިއުރިފަޔާ، އެއާ ކޫލަރުގެ އިތުރުން ހޯމްތިއޭޓާގެ ފަސް ވައްތަރެއް ވެސް ރެޑްވޭވުން ވަނީ ތައާރަފު ކޮށްފަ އެވެ.

މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ރާއްޖޭގެ ބާޒާރަށް ޝާޕް ބްރޭންޑުގެ އޭސީ އާއި އައިސް އަލަމާރީގެ އެހެން ރޭންޖުތަކެއް ތައާރަފު ކޮށްފަ އެވެ.

ޝާޕް ބްރޭންޑުގެ ވެކިއުމް ކްލީނާ-- ފޮޓޯ: ރެޑްވޭވް

ޝާޕް ބްރޭންޑުގެ ވެކިއުމް ކްލީނާ-- ފޮޓޯ: ރެޑްވޭވް

ރެޑް ވޭވުން ބުނީ މި ފަހަރު ނެރުނު އުފެއްދުންތަކުގެ ތެރެއިން އެންމެ ހާއްސަ ވަނީ ޖަޕާނުގެ "ޕްލާޒްމާކުލަސްޓާ އިއޯން" ޓެކްނޮލޮޖީ ހިމެނޭ ވައި ސާފުކޮށްދޭ އެއާޕިއުރިފަޔާ އާއި އެ ޓެކްނޮލޮޖީ ހިމެނޭ އައިސް އަލަމާރި ކަމަށެވެ. ޝާޕްގެ އެއާ ޕިއުރިފަޔާ އަކީ ޖަޕާނާއި އޭޝިއާގެ ގައުމުތަކުގެ އެއްވަނަ އެއަރޕިޔުރިފަޔާ ބްރޭންޑެވެ.

ޝާޕުން މިހާތަނަށް ޝާޕް ބްރޭންޑުގެ އެއާ ޕިއުރިފިޔާގެ 80 މިލިއަނަށް ވުރެ ގިނަ ޔުނިޓު ވިއްކާފައި ވެ އެވެ. ވައިގެ ތެރޭގައި ހިމެނޭ 99 ޕަސެންޓު ޖަރާސީމާއި ވައިރަސް އާއި "އެއާބޯން މޯލްޑް" އަދި ވަސް ވެސް ޝާޕް ބްރޭންޑުގެ އެއާ ޕިއުރިފިޔާ މެދުވެރިކޮށް ނައްތާލަ ދެ އެވެ. އަދި ވައިގެ ތެރޭގައި އުފެދޭ އެލާޖީ މެދުވެރި ކުރުވާ މާއްދާތަކާއި ހިރަފުހާއި ދުން ވެސް އެއާ ޕިއުރިފިޔާގައިވާ "ޓްރޫ ހެޕާ ފިލްޓާ" އިން ސާފުކޮށްދޭނެ އެވެ.

ޝާޕް ބްރޭންޑުގެ އެއާ ޕިއުރިފަޔާތަކެއް-- ފޮޓޯ: ރެޑްވޭވް

ޝާޕް ބްރޭންޑުގެ އެއާ ޕިއުރިފަޔާތަކެއް-- ފޮޓޯ: ރެޑްވޭވް

މީގެ އިތުރުން މި އެއާ ޕިއުރިފަޔާގެ ދެ ރޭންޖެއްގައި، މަދިރި ހިފުމަށް ހާއްސަ "މޮސްކިޓޯ ކެޗާ" އެއްވެސް ހުރެ އެވެ.

ރެޑްވޭވަކީ ރާއްޖޭގެ ޝާޕް ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. އެހެންކަމުން އެ ކުންފުނިން މި ބްރޭންޑުގެ އުފެއްދުންތައް ވިއްކަނީ ސާވިސް ވޮރެންޓީއާ އެކުގަ އެވެ. ސާވިސިންގެ ހިދުމަތް ފޯރުކޮށްދޭނީ އެ ކުންފުނީގެ ތަޖުރިބާކާރުން ކަމަށް ރެޑްވޭވުން ބުނެ އެވެ.