Roadha Mihaaru
ރެޑްވޭވުން ހައިސެންސް އޭސީ ޕްރީއޯޑަރަށް؛ އަގު ހެޔޮވާނެ

ރެޑްވޭވުން ހައިސެންސް އޭސީ ޕްރީއޯޑަރަށް؛ މާ އަގު ހެޔޮވާނެ

28 އޯގަސްޓް 2021

ރެޑްވޭވުން ވިއްކާ ހައިސެންސް އޭސީ ޕްރީ އޯޑާ ކުރަން ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރެޑްވޭވުން ވިއްކާ ހައިސެންސް އޭސީ ޕްރީ އޯޑާ ކުރަން ހުޅުވާލައިފި އެވެ.

ހައިސެންސް އޭސީ އަކީ ކަރަންޓު ޚަރަދު ކުޑަ އިންވާޓަ ޓެކްނޮލޮޖީ ހިމެނޭ، އެނާޖީ ސޭވިން އާރް-32 ގޭސް ބޭނުންކުރާގޮތަށް އުފައްދާފައިވާ އޭސީއެކެވެ. މިއީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް އުފައްދާފައިވާ އޭސީއެކެވެ.

ރެޑްވޭވުން މި އޭސީ ޕްރީއޯޑާ ކުރުމުން، އާއްމުކޮށް ލިބެން ހުންނަ އަގުތަކަށްވުރެ އަގު ހެޔޮވާނެ އެވެ. މީގެ 10،000، 12،000 އަދި 18،000 ބީޓީޔޫގެ އޭސީ ޕްރީ އޯޑަރަށް ލިބޭނެ އެވެ. މި ތަކެތި ކަސްޓަމަރުންނާ ހަމައަށް ސެޕްޓެމްބަރު މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އޭސީއާ އެކު ހިލޭ އިންސްޓޮލޭޝަން ކިޓް ވެސް ލިބޭނެ އެވެ. އަދި އެއް އަހަރު ދުވަހުގެ ވޮރެންޓީ ވޮރެންޓީ ވެސް ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

ހައިސެންސް އޭސީގެ އިތުރުން އެލްޖީ މެޝިންގެ ހަތަރު މޮޑެލަކާއި ޝާޕް ބްރޭންޑުގެ ރެފްރިޖެރޭޓަރު ވެސް ވަނީ ޕްރީއޯޑަރަށް ހުޅުވާލައިފަ އެވެ. މި އެއްޗެހި މި މަހުގެ ފަހުކޮޅު ލިބޭނެ އެވެ.

ރެޑްވޭވުން ޕްރީ އޯޑާ ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑާ ކުރެވޭނެ އެވެ. އަދި ރެޑްވޭވް މެގަމޯލް އާއި ޕެވިލިއަން އާއި ހޯލްސޭލް އާއި ރެޑްވޭވް ލިވިން އިން ވެސް އޯޑަރުތައް ބަލައިގަންނާނެ އެވެ.