Roadha Mihaaru
ރެޑްވޭވް އަށް ތުރުކީގެ މަޝްހޫރު ބެސްލާ ޕާސްތާ

ރެޑްވޭވް އަށް ތުރުކީގެ މަޝްހޫރު ބެސްލާ ޕާސްތާ

26 އޯގަސްޓް 2021

ޕާސްތާ ކެއުމަށް ލޯބި ކުރާ ފަރާތްތަކަށް ރެޑްވޭވް އިން ތުރުކީގެ މަޝްހޫރު ބެސްލާ ޕާސްތާ ރާއްޖޭގެ މާކެޓަށް މިއަދު ތައާރަފްކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ޕާސްތާ ކެއުމަށް ލޯބި ކުރާ ފަރާތްތަކަށް ރެޑްވޭވް އިން ތުރުކީގެ މަޝްހޫރު ބެސްލާ ޕާސްތާ ރާއްޖޭގެ މާކެޓަށް މިއަދު ތައާރަފްކޮށްފި އެވެ.

ތުރުކީގެ ބެސްލާ ކުންފުންޏަކީ 1960 ވަނަ އަހަރުން ފެށިގެން ތުރުކީގައި ފާހަގަކޮށްލެވޭ އަދި އެސޯސިއޭޝަން އޮފް ޕްރޮޓެކްޝަން އޮފް އޯލް ކޮންޒިއުމާސްގެ "ގޯލްޑެން ބްރޭންޑް" އެވޯޑް އަދި ތުރުކީގެ ފުޑް އެންޑް އިންޑަސްޓްރީ އެމްޕްލޮޔާސް ޔޫނިއަންގެ އެންމެ ކާމިޔާބު ކުންފުނީގެ އެވޯޑް ލިބިފައިވާ މަޝްހޫރު ކުންފުންޏެކެވެ.

ބެސްލާ ކުންފުނީގެ ދަށުން ތަފާތު އެކި ވައްތަރުގެ ބްރޭންޑުތައް އުފެދިގެން އައިއިރު، ބެސްލާ އަކީ އެ ކުންފުނީގެ މައިގަނޑު ބްރޭންޑެވެ. ރެޑްވޭވް އިން ބެސްލާގެ ތަފާތު ތިން ބާވަތެއްގެ ޕާސްތާ ލިބެން ހުންނާނެ އެވެ. ކަސްޓަމަރުންނަށް އަތްފޯރާ އަގެއްގައި ހުރި މި ޕާސްތާގެ 500ގ. ޕެކެޓެއް ލިބެނީ 11ރ. އަށެވެ.

އެގޮތުން 100 ޕަސެންޓް ވީޓް އިން އުފައްދާފައިވާ މި ޕާސްތާގެ އެލްބޯ، ފުސިލީ، ޕެންނޭ، ޝެލްސް އަދި ސްޕެގެޓީ ޕާސްތާ ރެޑްވޭވް އިން ލިބެން ހުންނާނެ އެވެ. އަދި މީގެ އިތުރުން ބެސްލާ ކުންފުނީގެ ބްރޭންޑެއް ކަމަށްވާ ސަންޓާ ސޯފިއާ ބްރޭންޑުގެ ޕާސްތާ އިން ލަޒާނިއާ ޝީޓް އަދި ޓްރައިކަލާ ޕާސްތާ އެހާމެ ހެޔޮއަގުގައި ރެޑްވޭވް އިން ލިބޭނެ އެވެ.

ޕާސްތާ ކެއުމަށް ލޯބި ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ރެޑްވޭވް އިން ތައާރަފްކުރި ޕަސްލާ އަކީ ފެންވަރު ރަނގަޅު، ހެޔޮ އަގެއްގައި ރެޑްވޭވްގެ ކަސްޓަމަރުންނަށް ލިބޭނެ އުފެއްދުމެކެވެ.