Roadha Mihaaru
ރެޑްވޭވުން ހަފްތާ ބަންދަށް ހާއްސަ ސޭލެއް

ރެޑްވޭވުން ހަފްތާ ބަންދަށް ހާއްސަ ސޭލެއް

19 އޯގަސްޓް 2021

ރާއްޖޭގެ އެންމެ ބޮޑު ސުޕަމާކެޓް، ރެޑް ވޭވުން ކޮންމެ ހަފްތާ ބަންދެއްގައި ހާއްސަ ސޭލެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ރާއްޖޭގެ އެންމެ ބޮޑު ސުޕަމާކެޓް، ރެޑް ވޭވުން ކޮންމެ ހަފްތާ ބަންދެއްގައި ހާއްސަ ސޭލެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 19 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ސޭލްގައި ތަރުކާރީ، މޭވާ، ކުކުޅު އަދި ފްރޯޒެން ފުޑްގެ ބާވަތްތައް ހިމެނެ އެވެ. އަދި މި ބާވަތްތަކުން 5-20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ބުރާސްފަތި ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް އަދި ހުކުރު ދުވަހު ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ރެޑްވޭވްގެ ސުޕަމާކެޓް ފިހާރަތަކުން މި ގަޑިތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ޑިސްކައުންޓު ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވްގެ ފިހާރަތަކުން ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ހަފްތާ ބަންދު ސޭލުން ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތު ދަށްވެ، ރައްޔިތުންގެ މާލީ ހާލަތަށް ވެސް ނޭދެވޭ ބަދަލެއް އައިސްފައިވާ މި ދަނޑިވަޅުގައި ރެޑްވޭވުން މަސައްކަތްކުރަނީ އެކަށިގެންވާ ހެޔޮއަގެއްގައި ކަސްޓަމަރުންނަށް ތަކެތި ފޯރުކޮށްދިނުމަށް ކަމަށް ރެޑްވޭވުން ބުންޏެވެ. އެގޮތުން މި ފަދަ ސޭލްތަކާއި ޕްރޮމޯޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށްގެންދާނެ ކަމަށް ބުންޏެވެ.