މިދިޔަ އަހަރު ފިލްމު "ލައިންސް" އާ އެކު ޓީވީ ބަތަލާ ހީނާ ޚާން ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވެފައިވާ އިރު، މި އަހަރު ވެސް އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާއަކު ފިލްމަކާ އެކު، ކާންސަށް ދާން ތައްތާރުވާން ފަށައިފި އެވެ.
23 ޖެނުއަރީ 2020
މިދިޔަ އަހަރު ފިލްމު "ލައިންސް" އާ އެކު ޓީވީ ބަތަލާ ހީނާ ޚާން ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވެފައިވާ އިރު، މި އަހަރު ވެސް އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާއަކު ފިލްމަކާ އެކު، ކާންސަށް ދާން ތައްތާރުވާން ފަށައިފި އެވެ.
އަންނަ މެއި މަހުގެ ތެރޭގައި ބާއްވާ ކާންސް ފިލްމު ފެސްޓިވަލަށް މި އަހަރު ދާ ޓީވީ ބަތަލާ އަކީ ސްޓާ ޕްލަސް އިން ދައްކާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާގެ ރޯލް ކުޅޭ ޝިވާންގީ ޖޯޝީ އެވެ. އުމުރުން 24 އަހަރުގެ ބަތަލާ ކާންސަށް ދަނީ އޭނާ ކުޅުނު ކުރު ފިލްމު "އަވާ އޯން ސްކައި" އާ އެކީގަ އެވެ.
ނަމަވެސް އެ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.
ޝިވާންގީ ބުނިގޮތުގައި އޭނާ އަކީ އަބަދު ވެސް ކާންސް ފިލްމު ފެސްޓިވަލް ފޮލޯކުރާ މީހަކަށްވެފައި، އޭގައި ހިއްސާވާން އަލަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. ޝިވާންގީ ބުނީ އެންމެ ބޮޑަށް ތައްޔާރު ވަނީ ކާންސްގައި ލާނެ ހެދުންތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ދުރާލައި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
"އަހަރެން މިހުރީ މިފަދަ ފުރުސަތެއް ލިބޭތީ ވަރަށް އުފަލުން. މިއީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް،" ޝިވާންގީ ބުންޏެވެ.
އޭނާ އަށް ކުރު ފިލްމަކުން ފުރުސަތު ލިބުނު އިރު، 2016 އިން ފެށިގެން ޝިވާންގީ ލީޑް ބަތަލާގެ ރޯލް ކުޅެމުން އަންނަ "ޔޭ ރިޝްތާ ކިޔާ ކެހެލާ ހޭ" އަށް އަންނަ މަހުގެ ތެރޭގައި ބޮޑު ބަދަލެއް ގެންނަން ވަނީ ނިންމައިފަ އެވެ. އެއާ އެކު މިހާރު އޭގެ ލީޑުން ފެންނަ ތަރިން ނުފެނުމުގެ ފުރުސަތު ބޮޑެވެ.
މި އަހަރު ބާއްވާ 73 ވަނަ ކާންސް ފިލްމު ފެސްޓިވަލް ކުރިއަށް ދާނީ މެއި މަހުގެ 12-23 އަށެވެ.
އަލަތު ފިލްމާ އެކު ހީނާ ކާންސް ފިލްމު ފެސްޓިވަލަށް
ކިއާރާގެ އެކްސެންޓް ބޮޑު ޖޯކަކަށް
ކާންސްގައި އައިޝްވާރިޔާ ލީ ހެދުންތަކަށް ސަމާލުކަން
"މޭޑް އިން ހެވަން"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި
ނެޓްފްލިކްސްގެ "ޓުޑުމް"ގައި ޓްރެއިލާތައް އޮއްސާލައިފި
ޑްރާމާ ކުޅެގެން ލިބެންޖެހޭ މުސާރަ ނުލިބޭ: ނެހާ
ތިން އަހަރު ފަހުން ޝަކްތީ އެނބުރި ޓީވީ އަށް
ޕޫޖާ ލާން އުޅުނު ހެދުންތައް ގެއްލިއްޖެ
ކާންސް ފިލްމު ފެސްޓިވަލްގެ ޖޫރީންގެ ލިސްޓުގައި ދީޕިކާ
ލަވަކިޔުންތެރިޔާ ޖުބިން އެންގޭޖުވީތަ؟