Roadha Mihaaru

ކެނަރީފް ރިސޯޓްގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ

އައްޑޫގައި ހިންގާ ކެނަރީފް ރިސޯޓްގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ކެނަރީފްގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

26 ޖެނުއަރީ 2020

އައްޑޫގައި ހިންގާ ކެނަރީފް ރިސޯޓްގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ހުޅުދޫ ކަރީގައި އޮންނަ ރިސޯޓްގައި މަރުވެފައި ވަނީ ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީގެ 61 އަހަރުގެ ފިރިހިނެއް ކަމަށް ވަނީ އެނގިފަ އެވެ.

އޭނާ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިގެން ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެންގޮސް މަރު ކަށަވަރު ކުރުމަށް ފަހު، މިހާރު އަންނަނީ މޯޗަރީ އަށް ލުމަށް ހިތަދޫ ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތްކުރަމުންނެވެ.

ނަމަވެސް މަރާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.