Roadha Mihaaru
ޔާމީން، އަދުރޭ ސިފަކުރެއްވިހާ އަނަރޫފަތަ؟

ޔާމީން، އަދުރޭ ސިފަކުރެއްވިހާ އަނަރޫފަތަ؟

28 ޖެނުއަރީ 2020

މިދިޔަ ހުކުރުދުވަހުގެ ރެއިން ފެށިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ "ހިކި އަނަރޫފަވެފައި" ކަމަށެވެ. ޖަލުގައި ރަނގަޅަށް ފަރީއްކުޅުއްވަން ލިބިވަޑައިނުގަންނަވާތީ އެމަނިކުފާނުގެ ހާލުކޮޅު ފެނިވަޑައިގަތުމުން ހިތްދަތިވެ ރޮވުނު ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

މި ތުހުމަތު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދޮގުކުރެއްވުމުން ވެސް އަދުރޭ ވަނީ ޔާމީނާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަ ތަކުރާރުކޮށް ދިފާއުކުރައްވައިފަ އެވެ. އަދުރޭ ވިދާޅުވަނީ އިމްރާން ހައްދަވަނީ ދޮގެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ދުވަހު، ކޯޓަށް ވަޑައިގަތުމަށް ގެކޮޅުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ދުވަހު، ކޯޓަށް ވަޑައިގަތުމަށް ގެކޮޅުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

"އިމްރާން ދޮގު ކުރެއްވިއަސް ނަޝީދު ދޮގު ކުރެއްވިއަސް އިބްރާހިމް މުހައްމަދު ސޯލިހް ދޮގު ކުރެއްވިއަސް އަޅުގަނޑުމެން އެކަން ގަބޫލެއް ނުކުރާނަން،" ޖަލުގައި ޔާމީނަށް ގަސްދުގައި އަނިޔާ ދެމުން ގެންދާ ކަމަށް ތުހުމަތުކުރައްވާ އަދުރޭ ވިދާޅުވި އެވެ.

ވަރަށް ޔަގީންކަމާ އެކު އޭނާ އެ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ޔާމީން ހުންނެވި ގޮތް ނޫސްވެރިންނަށް މިއަދު ފެނުނެވެ. އިސްތިއުނާފް ޝަރީއަތަށް ހައި ކޯޓަށް، ކަރެކްޝަނަލް ސާވިސްގެ ދެ އޮފިސަރުންނާ އެކު ވަޑައިގެންނެވި ޔާމީންގެ ހަށިކޮޅުން އެފަދަ އަނަރޫފަކަމެއް ނުފެނެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެމަނިކުފާނު ހުންނެވީ، އަދުރޭ ސިފަކުރެއްވިހާ، "ހިކި، އަނަރޫފަވެފައެއް" ނޫނެވެ.

ޔާމީން މިއަދު ކަރެކްޝަންސްގެ ވެހިކަލަށް އަރާވަޑައިގަންނަވަނީ. --ފޮޓޯ:ނިޝާން އަލީ/މިހާރު

ޔާމީން މިއަދު ކަރެކްޝަންސްގެ ވެހިކަލަށް އަރާވަޑައިގަންނަވަނީ. --ފޮޓޯ:ނިޝާން އަލީ/މިހާރު

އެކަމަކު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމް އިއްވި ދުވަހަށް ވުރެ އެމަނިކުފާނު ފެންނަނީ ތަންކޮޅެއް ހިކިކޮށެވެ.

ބައެއް ނޫސްވެރިން ބުނާ ގޮތުގައި އާއިލީ ބައްދަލުވުންތަކާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ސާމާނު ޔާމީނަށް ފޯރުކޮށްދޭން ހުރަސްއަޅާފައިވާ ކަމަށް އަދުރޭ ވިދާޅުވި ވާހަކައިގެ ހަގީގަތް ނޭނގުނަސް، އެމަނިކުފާނުގެ ހަށިކޮޅު އަނަރޫފަވެފައިވާ ކަމަށް ވިދާޅުވި ވާހަކަ ރަނގަޅެއް ނޫނެވެ!

އެކަމަކު "ހިކި އަނަރޫފަވުން" އަދުރޭ މާނަކުރައްވާ ގޮތް ތަފާތުވުން އެކަށީގެންވެ އެވެ.

ޔާމީނާ ގުޅުވައި އަދުރޭ ދައްކަވާ ވާހަކަ ދިފާއުކުރައްވަމުން ގޮސް ރޭ ވަނީ ރާއްޖޭގެ އެންމެ ދޮގު ހައްދަވާ ބޭފުޅުންގެ ލިސްޓެއް ވެސް އިއުލާންކުރައްވައިފަ އެވެ. އޭނާގެ ލިސްޓުގެ ކުރީގައި އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ދެ ވަނަ ދެއްވި އިރު ތިން ވަނާގައި އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.