Roadha Mihaaru
ޖައްވުގައި ދެ ސެޓެލައިޓް ޖެހި މުޑިއަރަނީ

ޖައްވުގައި ދެ ސެޓެލައިޓް ޖެހި މުޑިއަރަނީ

30 ޖެނުއަރީ 2020

އެމެރިކާއާ ދިމާ މަތީގައި ދެ ސެޓެލައިޓެއް ޖެހި މުޑިއަރާފާނެ ކަމަށް ބެލެވެން ފަށައިފި އެވެ މި ހާދިސާ ހިނގާނެ ކަމަށް "ލިއޯލެބްސް" އިން ލަފާކުރަނީ 560 މޭލު އުހުގަ އެވެ. ލިއޯލެބްސް އަކީ "ސްޕޭސް ޓްރެކިން" ކުންފުންޏެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެމެރިކާއާ ދިމާ މަތީގައި ދެ ސެޓެލައިޓެއް ޖެހި މުޑިއަރާފާނެ ކަމަށް ބެލެވެން ފަށައިފި އެވެ މި ހާދިސާ ހިނގާނެ ކަމަށް "ލިއޯލެބްސް" އިން ލަފާކުރަނީ 560 މޭލު އުހުގަ އެވެ. ލިއޯލެބްސް އަކީ "ސްޕޭސް ޓްރެކިން" ކުންފުންޏެކެވެ.

ލިއޯލެބްސް އިން ބުނި ގޮތުގައި، ބުދަ ދުވަހު އެމެރިކާ ގަޑިން ހަވީރު 6:39 ގައި، ދެ ސެޓެލައިޓެއް ވަރަށް ކައިރި ކައިރިން ދަތުރުކުރާނެވެ. އެކަތި ހުރަސްކޮށް އަނެކަތި ދާއިރު ދުރުމިނުގައި ހުންނާނެ ކަމަށް ބުނަނީ 50-100 ފޫޓެވެ. މި ދެ ސެޓެލައިޓް ދަތުރުކުރަމުން ދަނީ 33،000 މޭލު ބާރުމިނުގަ އެވެ.

ޖައްވުގައި، މާ އުސްނޫން ހިސާބުތަކުގައި، ދަތުރުކުރަމުންދާ ސެޓެލައިޓްތައް އަދި ޖައްވީ ކުނިިބުނި ދެނެގަތުމަށް ލިއޯލެބްސް ބޭނުންކުރަނީ ބިމުގައި ގާއިމުކޮށްފައި ހުރި ރާޑަރުތަކެވެ. ލިއޯލެބްސް ބުނާ ގޮތުގައި މި ދެ ސެޓެލައިޓް ހުރަސްކޮށް ދަތުރުކުރާއިރު، ދުރުމިނުގައި 50 ނުވަތަ 100 ފޫޓު ހުރި ހަމަވެސް، އެއީ އިމަޖެންސީ އެކެވެ. މޫސުމަށް އަންނަ ބަދަލަކުން، ދެ ސެޓެލައިޓް ޖެހި މަލަރުވުމަކީ އޮތް ފުރުސަތެކެވެ.

ލިއޯލެބްސް އިން ފާހަގަކުރާ ދެ ސެލެޓަލައިޓް ވެސް މިހާރު ބޭނުމެއް ނުކުރެ އެވެ. އޭގެ ތެރެއިން އެއް ސެޓެލައިޓް، "އިންފްރާރެޑް އެސްޓްރޮނޮމިކަލް ސެޓެލައިޓް" ނާސާއިން ޖައްވަށް ފުރުވާލީ 1983 ގަ އެވެ. ދެވަނަ ސެޓެލައިޓް 1967 ވަނަ އަހަރު އެވެ.

މި ދެ ސެޓެލައިޓް ޖެހި މުޑިއެރުމަކުން މާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށް ބުނި ނަމަވެސް، ބުރައިގެންދާ ކުނިތަކުގެ ސަބަބުން އެ ހިސާބުގަނޑު ކިލަނބުކޮށްލާނެ ކަމަށް ބުނެވެ އެވެ. މި ތަނުން އެއް ސެޓެލައިޓްގެ ބަރުދަނުގައި 1،083 ކިލޯގްރާމް ހުންނާނެ ކަމަށް ބެލެވޭއިރު، ދެވަނަ ސެޓެލައިޓްގައި 85 ކިލޯގްރާމް ހުންނާނެ ކަމަށް ބުނެވެ އެވެ.