Roadha Mihaaru
ގަވާއިދަށް ދުއްވާ މީހުންނަށް އެލައިޑުން ހަދިޔާއެއް

ގަވާއިދަށް ދުއްވާ މީހުންނަށް އެލައިޑުން ހަދިޔާއެއް

30 ޖެނުއަރީ 2020

ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އުޅަނދުތައް ދުއްވާ މީހުންނަށް އެލައިޑް އިންޝުއަރެންސާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ސްޓިކާއެއް ބަހަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އުޅަނދުތައް ދުއްވާ މީހުންނަށް އެލައިޑް އިންޝުއަރެންސާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ސްޓިކާއެއް ބަހަން ފަށައިފި އެވެ.

އެލައިޑުގެ އަހަރީ ދުވަހާ ގުޅުވައިގެން "ގުޑް ސިޓިޒެން" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގައި މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ޓްރެފިކް ފުލުހުން ޗެކް ޕޮއިންޓުތައް ބަހައްޓާނެ އެވެ. މި ޗެކްޕޮއިންޓުތަކުގައި ޗެކު ކުރާ އުޅަނދުތަކުގެ ތެރެއިން ހުރިހާ ލިޔެކިޔުންތައް ހުރި މީހުންނަށް އެލައިޑުގެ ސްޓިކާ ލިބޭނެ އެވެ.

އެލައިޑުގެ ސްޓިކާ ލިބޭ މީހުން އެ ސްޓިކާ އެލައިޑުގެ އޮފީހާ ހަވާލުކުރުމުން އިނާމެއް ލިބޭނެ އެވެ. އިނާމުތަކުގެ ތެރޭގައި، ގައުމީ މޯލްޑިވިއަންގެ ޓިކެޓާއި ލޮޓަސް ފިހާރައިގެ ހަދިޔާ އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ދޭ ކޫޕަންތައް ހިމެނެ އެވެ. އެފްއެސްއެމްގެ ކޫޕަންތައް ބޭނުންކޮށްގެން ހިލޭ ޕެޓްރޯލް އެޅޭނެ އެވެ.

އެލައިޑުގެ "ގުޑް ސިޓިޒެން" ހަރަކާތުގައި ގަވާއިދާ އެއްގޮތަށް ކާރު ދުއްވި މީހަކަށް އެ ކުންފުނީގެ ބްރޭންޑް އެބެސެޑަރު (މ) ސްޓިކާ ދެނީ-- ފޮޓޯ: އެލައިޑް އިންޝުއަރެންސް

އެލައިޑުގެ "ގުޑް ސިޓިޒެން" ހަރަކާތުގައި ގަވާއިދާ އެއްގޮތަށް ކާރު ދުއްވި މީހަކަށް އެ ކުންފުނީގެ ބްރޭންޑް އެބެސެޑަރު (މ) ސްޓިކާ ދެނީ-- ފޮޓޯ: އެލައިޑް އިންޝުއަރެންސް

އެލައިޑުން މިހާރު ކުރިއަށްގެންދާ މި ހަރަކާތުގައި އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ނަހުޒާން އަހުމަދު ހުސައިން ވެސް ބައިވެރިވާނެ އެވެ.

އެލައިޑުން ބުނީ އެ ކުންފުނިން ކުރިއަށްގެންދާ މި ހަރަކާތަކީ ދުއްވާ އުޅަނދުތައް ގަވާއިދާ އެއްގޮތަށް ދުއްވުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތް މި އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެލައިޑުން ވަނީ މަގުމަތީގެ ގަވާއިދުތަކަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން "ރައްކާ" ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށައިފަ އެވެ. މި ކެމްޕޭނަކީ ފާއިތވެި ފަސް އަހަރުން ފެށިގެން ފުލުހުންނާ ގުޅިގެން އެކުންފުނިން ރާއްޖޭގެ އެކި ރަށްތަކުގައި ހިންގާ ކެމްޕޭނެކެވެ.