Roadha Mihaaru
މާލޭގެ މޭޔަރު ޝިފާ ވެސް ކަޓައިފި

މާލޭގެ މޭޔަރު ޝިފާ ވެސް ކަޓައިފި

31 ޖެނުއަރީ 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީގައި ފުވައްމުލަކާއި އައްޑު ސިޓީގެ މޭޔަރުގެ އިތުރުން މާލޭގެ މޭޔަރު ވެސް ކަޓައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީގައި ފުވައްމުލަކާއި އައްޑު ސިޓީގެ މޭޔަރުގެ އިތުރުން މާލޭގެ މޭޔަރު ވެސް ކަޓައިފި އެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ފަހަތަށް ޖައްސާލުމަށް ފަހު މޭޔަރު ކަމަށް ވާދަކުރާ އެމްޑީޕީގެ ޓިކެޓް ހޯއްދެވީ އިސްމާއިލް ރަފީގެވެ. މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގު ކަޓުވާލުމަށް ފަހު އައްޑޫ ސިޓީގައި ކުރި ހޯއްދަވާފައި ވަނީ އަލީ ނިޒާރެވެ.

މާލޭގެ މޭޔަރު ޝިފާ މުހަންމަދު ކަޓުވާލުމަށް ފަހު ޓިކެޓް ލިބޭނެ ކަމަށް ބެލެވެނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރަށެވެ.

ވޯޓުގެ ނަތީޖާ އަދި އިއުލާނެއް ނުކުރެ އެވެ.