09 ފެބުރުއަރީ 2020
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމުން އިއްޔެ ބޭއްވި ޕްރައިމަރީގައި ފުވައްމުލަކު މޭޔަރުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް، އެ މަގާމު ނާކާމިޔާބުވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމުން އިއްޔެ ބޭއްވި ޕްރައިމަރީގައި ފުވައްމުލަކު މޭޔަރުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް، އެ މަގާމު ނާކާމިޔާބުވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އެޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތް ފަޒާދުގެ މައްޗަށް ތޯރިގް ކުރި ހޯއްދެވީ 200 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ. ޕީޕީއެމްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ތޯރިގަށް 892 ވޯޓު ލިބިވަޑައިގަތް އިރު ފަޒާދަށް ލިބިވަޑައިގަތީ 634 ވޯޓެވެ. އެ ނަތީޖާ ގަބޫލު ނުކުރައްވައި، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީއެއްގައި ފަޒާދު ވިދާޅުވީ އިންތިހާބުގެ ނަތީޖާ އަށް އަސަރު ކުރާނެ ގިނަ ކަންތައްތަކެއް އިއްޔެގެ އިންތިޚާބުގައި ހިނގި ކަމަށެވެ. އަދި އެއީ، ވަކި މީހަކު ހޮވުމަށް، ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އިންތިޚާބު އޮޅުވާލުމުގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވާފައިވަނީ ބައެއް މީހުން، ރިޕީޓުކޮށް ދެ ފޮއްޓަކަށް ވޯޓުލާފައިވުމެވެ.
އެގޮތުން ދަޑިމަގު އަވަށުން ބަޔަކާއި ދިގުވާނޑު އަވަށުން ބައެއް ހިމެނޭ ދާއިރާގެ މީހުން ވޯޓުލުމަށް ދަޑިމަގު އަވަށު ޖަގަހައިގައި ބެހެއްޓި ފޮއްޓަށް ވޯޓުލި 37 މީހުން، ހޯދަޑު އަވަށާއި ދަޑިމަގު އަވަށު ބައެއް ހިމެނޭ ދާއިރާގެ މީހުންގެ ފޮއްޓަށް ވޯޓުލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެހެން އަވަށްތަކާއި މާލޭގައި ވެސް މި މައްސަލަ ދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ބައެއް އަވަށުތަކުގައި ވޯޓުލާ މީހުންގެ ލިސްޓަށް ވުރެ އިތުރަށް ކަރުދާސް ދޫކޮށް، އެ ވެސް ހުސްވެ އަލުން ކަރުދާސް ގެނައި ކަމަށް ތުހުމަތު ކުރެއްވި އެވެ.
ފަޒާދު ވިދާޅުވީ މާލޭގައި ވޯޓުލަމުން ދިޔައިރު ބައެއް މީހުންނަށް ގިނައިން ވޯޓު ކަރުދާސްކޮޅު ދިން ކަމަށާއި އެހެންވެ، ވޯޓުލާން ހާޒިރު ނުވާ 115 މީހުންގެ ނަމުގައި ވޯޓު އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަރުވެފައިވާ މީހުންނާއި ފުވައްމުލަކުގައި ވޯޓު ލާ މީހުންނާއި ރާއްޖޭގައި ނެތް މީހުން ހިމެނެ އެވެ.
އޭގެ އިތުރުން މާލޭގައި ކޮންމެ 30 މިނިޓަކުން ވޯޓުލުން މެދުކަނޑާލައި، ވޯޓާސް ލިސްޓަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ވީމާ މި އިންތިޚާބުގެ ނަތީޖާ ބާތިލްކުރުމަށް ފަހު، އަލުން އިންތިޚާބު ބޭއްވޭނެ ގޮތް ހަދައިދިނުން އެދެމެވެ." ފަޒާދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް އަމާންކޮށް ކަމަށް، ޕާޓީގެ ލީޑާޝިޕުން ބުނި ނަމަވެސް ބޮޑެތި އެހެން ބައެއް ކައުންސިލްތަކުން ވެސް ވަނީ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާފަ އެވެ.
އެގޮތުން ހއ. ކައުންސިލަށް ވާދަކުުރެއްވި، އަދި މިދިޔަ މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން މާފަންނު ހުޅަނގު ދާއިރާއަށް ވެސް ވާދަކުރެއްވި އަހުމަދު ނިޒާމް (ކެލާ ނިޒާމް) ވަނީ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާމު ވިދާޅުވީ ޕީޕީއެމް ޕްރައިމަރީގައި، ހއ. ދިއްދު އާއި އެ އަތޮޅު އުތީމާއި އިހަވަންދޫގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ނިޒާމާ ވާދަކުރައްވައިގެން، ޕީޕީއެމްގެ ޓިކެޓް ހޯދީ ދިއްދޫ ހުސެން ރަޝީދެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި މާލެ އާއި އައްޑޫ ސިޓީގެ މޭޔަރުގެ ޓިކެޓަށް ވޯޓުލުމެއް ނުބާއްވަ އެވެ. އެއީ، ޕްރައިމަރީއަކަށް ދާން ޖެހޭ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ އެވެ. ޕީޕީއެމުން ބުނިގޮތުގައި ޕްރައިމަރީގައި އަތޮޅުތަކުގައި 137 ވޯޓު ފޮށި ބެހެއްޓި އެވެ. މާލޭގައި ވޯޓުލުން އޮތީ ދަރުބާރުގޭގެ އެވެ.
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް
ފުވައްމުލަކުގެ މޭޔަރުކަން ވެސް އެމްޑީޕީއަށް
ފަޒާދު ބަލިކޮށް ޓިކެޓް ތޯރިގަށް، ނިމާލު ކ. އަތޮޅަށް
މާލޭގެ މޭޔަރު ޝިފާ ވެސް ކަޓައިފި
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
ވޯޓާ ކުޅޭ ނަމަ މަޑަކުން ނުތިބޭނަން: އިދިކޮޅު
"ހަމަނުޖެހުން ހިނގީ ވޯޓު ގުނަން ހުރަސް އެޅުމުން"
ވޯޓު ފޮށިތަކެއް އަލުން ގުނުމާ ދިމާކޮށް ހަމަނުޖެހުމެއް
އެހެން ދާއިރާއެއްގެ ބަޔަކު ވޯޓުދިން ކަމުގެ ޝަކުވާއެއް