02 ފެބުރުއަރީ 2020
ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަމުން އިނގިރޭސިވިލާތް ވަކިވިޔަސް، އެ ގައުމާއި ރާއްޖެއާ މެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ރާއްޖެއިން ބުނެފި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަމުން އިނގިރޭސިވިލާތް ވަކިވިޔަސް، އެ ގައުމާއި ރާއްޖެއާ މެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ރާއްޖެއިން ބުނެފި އެވެ.
އީޔޫގެ މެމްބަރެއްގެ ގޮތުގައި 47 އަހަރު ވަންދެން އޮތުމަށް ފަހު އެ ޖަމާއަތުން އިނގިރޭސިވިލާތުން އިއްޔެ ރަސްމީކޮށް ވަކިވެފައިވަނީ މީގެ ތިން އަހަރު ކުރިން އެކަމަށް އެ ގައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓަކަށް ފަހު އެވެ. މެމްބަރުކަމުން ރަސްމީކޮށް ވަކިވިޔަސް، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އޮންނަ އިންތިގާލީ މަރުހަލާގައި އިނގިރޭސިވިލާތުގެ މައްޗަށް އީޔޫގެ ބައެއް އުސޫލުތައް އަދިވެސް ހިނގާނެ އެވެ.
އިނގިރޭސި ވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އީޔޫ އިން ވަކިވާން އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ރާއްޖޭން އިހްތިރާމްކުރާ ކަމަށެވެ. އަދި ވެއަތުވެދިޔަ 54 އަހަރު ވެސް އިނގިރޭސިވިލާތަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ގައުމެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި ވަރުގަދަ ވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ އިންތިގާލީ މަރުހަލާގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން މިއަހަރު ނިމެންދެން އިނގިރޭސިވިލާތަކީ އީޔޫގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އީޔޫގެ މެމްބަރު ކަމުން އިނގިރޭސިވިލާތް ވަކިވިއިރު، ކޮމަންވެލްތްގެ މެމްބަރު ކަން ރާއްޖެއަށް އަލުން އިއްޔެ ވަނީ ލިބިފަ އެވެ. ކޮމަންވެލްތްގެ މެމްބަރެއްގެ ގޮތުގައި އޮތުމަށް ފަހު 2016 ވަނަ އަހަރު ރާއްޖެ ކޮމަންވެލްތުން ވަކިވީ އޭރުގެ ސަރުކާރުން ކަންކަން ކުރަމުން އައި ގޮތުން ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.
ޝެންގެން ވިސާ އޮންލައިންކޮށް ނެގޭ ގޮތަށް ހަމަޖައްސައިފި
ޔޫކޭގައި ތިބި ދިވެހީންގެ ވިސާ އިތުރުކޮށްދޭން ނިންމައިފި
ކޮމަންވެލްތާ ގުޅެން ލިއުންތައް ހުށަހަޅައިފި
މޮރިޝަސްއާ ދެކޮޅު ވޯޓަށް މާފަށް އެދެންޖެހޭނެ: ޕީޕީއެމް
ވޯޓު ނުދިނީ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެތީ
މިއީ އީޔޫ-ދިވެހިރާއްޖެ ގުޅުމުގެ އާ ސަފުހާއެއް: ސަފީރު
އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަނީ
"ޓްރާންސިޝަން އަމާންކޮށް ދާނެކަމުގެ ޔަގީންކަން ލިބުނު"
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!
އަބުރުގެ ބިލަށް ބޭރުން ކިޔާ ފާޑު ބަލައެއް ނުގަންނަން