ރ. ފައިނުގެ އުތުރު ފަރާތް ވަރަށް ބޮޑަށް ގިރާލައި، އަތިރިމަތީގައި ހުރި ބިޔަ ކާނި ގަސްތައް ވެއްޓުމާ ގުޅިގެން ސަރުކާރުން އެ ގަަސްތައް ނަގައި، ރައްޔިތުންގެ އުއްމީދު އާކޮށްދީފި އެވެ.
05 ފެބުރުއަރީ 2020
ރ. ފައިނުގެ އުތުރު ފަރާތް ވަރަށް ބޮޑަށް ގިރާލައި، އަތިރިމަތީގައި ހުރި ބިޔަ ކާނި ގަސްތައް ވެއްޓުމާ ގުޅިގެން ސަރުކާރުން އެ ގަަސްތައް ނަގައި، ރައްޔިތުންގެ އުއްމީދު އާކޮށްދީފި އެވެ.
މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ފައިނު ވަރަށް ބޮޑަށް ގިރައި، އެ ރަށުގެ އަތިރިމަތީގައި ހުރި ހަތަރު ކާނި ގަސް ވަނީ ވެއްޓިފަ އެވެ. ދެ ގަރުނަށް ވުރެ ގިނަ ދުވަސް ވެފައިވާ، ތާރީޚީ އެ ގަސްތައް ވެއްޓުމާ ގުޅިގެން، މިދިޔަ ހުކުރު ދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ ގިރާ ސަރަހައްދަށް ފަސް އަޅައި، ގަސްތައް އަލުން ނެގުމުގެ މަސައްކަތް ފަށައިފަ އެވެ.
މޫދަށް ވެއްޓިފައިވާ އެ ހުރިހާ ގަހެއް ވެސް ނެގީ އެކްސްކަވޭޓަރެއް ބޭނުންކޮށްގެންނެވެ.
"މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް. ގަސްތައް ކޮޅަށް ހުރީތީ ވެސް އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ގަސްތައް ވެއްޓި، ރަށުގެ ބޮޑުބައެއް ގިރައިލުމާ ގުޅިގެން ރައްޔިތުން މާޔޫސް ވެފައިވާކަން ފާހަގަކޮށް، ފައިނު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
Sarukaarun enme kuda rahves baakee nukuraane. #savefainu @waddey_ pic.twitter.com/2uh1bPfzxo
— Shauna Aminath ?❓ (@anuahsa) February 1, 2020
ގަސްތައް ނެގި ނަމަވެސް، ގިނަ ދުވަސްވުމުގެ ސަބަބުން އެ ގަސްތައް ހުރީ ވަރަށް ބޮޑަށް މަރުވެފަ އެވެ. އެހެންވެ، ހިކިފައިވާ އެ ގަސްތަކަށް ފެން އަޅައި، އަލުން ރޯކުރެވޭތޯ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގަސްތަކުގެ ބުޑަށާއި ގިރައިލާފައި އޮތް ސަރަހައްދަށް ފަސް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.
ކައުންސިލުން ބުނިގޮތުގައި އެ ތަނަށް އަޅަން ފަސް ނަގަނީ، ރަށުގެ ބަނދަރު ފަޅުތެރެ އަށް ގިނަވެފައިވާ ވެއްޔާއި ކުރިން ހަދާފައި އޮތް ބަނދަރަކުން ނަގާ ވެއްޔެވެ. އެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގެ އެވެ.
"ކުރީގައި އޮތް ރީތި ފަސްގަނޑެއް މިހާރަކު ނެތް. އެކަމަކު އަޅުގަނޑުމެން އުއްމީދު ކުރަނީ އަލުން ވެލި އެޅުމުގެ ސަބަބުން ކޮންމެވެސް ވަރެއް އިޔާދަ ކުރެވޭނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ކާނި ގަސްތައް ހުރި ފަޅީގައި، އެ ގަސްތަކާ އިންވެގެން ފައިނު ބަނދަރު ހަދަން ފެށީ 2015 ވަނަ އަހަރު އެވެ. ފަޅު ކޮންނަން ފެށިތާ ކައިރީގައި ވެސް ރަށް ވަރަށް ބޮޑަށް ގިރި އެވެ. އެކަމަކު ސަރުކާރުން އެކަމަށް ހައްލެއް ގެނައީ، ބޮޑު ހިލަ ޖަހައިގެންނެވެ. އޭގެ ފަހުން މިދިޔަ ތިން އަހަރުގެ ތެރޭގައި އެ މައްސަލަ މާ ބޮޑަށް ކުރިމަތި ނުވެ އޮވެފައި، ރަށް އާދަޔާ ހިލާފަށް ގިރަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ރަށްގިރުމާ ބަނދަރުތައް ހުރި ގޮތާ ގުޅުމެއްވޭ: އަސްލަމް
ފައިނުގެ ފަޚުރު، ބިޔަ ކާނިގަސްތައް މޫދުގައި!
މާމެންދޫ ކައުންސިލުގެ ޖަލްސާ ރަށް ގިރާ ސަރަހައްދުގައި
ހުޅުދުއްފާރުން 150 ފޫޓުގެ ސަރަހައްދެއް ގިރާލައިފި
ގެއެއް މޫދަށް ވެއްޓޭ ވީޑިއޯއަކަށް ސަމާލުކަން!
ފެރިދޫ ގިރައި، "ރަށްވެހިގެ" ވެއްޓިއްޖެ
އައްޑޫން ވެލި ނަގާ މީހުންގެ ނަން އާންމުކުރަން ފަށައިފި
ފުވައްމުލަކު ގޮނޑުދޮށުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ
"ރަށް ގިރުމަށް މިވަގުތު އޮތް ހައްލަކީ ބަސްތާޖެހުން"
ކުޑަރިކިލު އާދަޔާހިލާފަށް ގިރަނީ، ހައްލެއް ބޭނުން