ރ. ހުޅުދުއްފާރުގެ ރަށްގިރުމުގެ މައްސަލަ ބޮޑުވެ، ރަށުގެ ބޮޑުބައެއް ގިރަމުންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
26 މެއި 2022
ރ. ހުޅުދުއްފާރުގެ ރަށްގިރުމުގެ މައްސަލަ ބޮޑުވެ، ރަށުގެ ބޮޑުބައެއް ގިރަމުންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ރަށު ކައުންސިލްގެ ފޭސްބުކް ޕޭޖުގައި އެ ކަމުގެ ކަންބޮޑުވުން ހާމަކޮށް ބުނެފައި ވަނީ ހުޅުދުއްފާރުގެ ބޮޑު ބައެއް ގިރަމުން ގޮސް މިހާރު ވަނީ ގިނަ ރުއްގަސްތަކެއް ވެއްޓި، ރަށް އިތުރަށް ގިރައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ހުޅުދުއްފާރު ކައުންސިލުގެ ރައީސް މުހައްމަދު އާތިފް "މިހާރު" އަށް މިއަދު ވިދާޅުވީ ކޮންމެ ހުޅަނގު މޫސުމެއްގައި ވެސް ރަށްގިރުމުގެ މައްސަލަ ބޮޑު ކަމަށެވެ. އަދި މި އަހަރުގެ ހުޅަނގު މޫސުމާ ދިމާކޮށް ވެސް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެ، އެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުއްދުއްފާރުގެ ގިރާ ސަރަހައްދު: އެ ރަށް ގިރުމުގެ މައްސަލަ އަށް ހައްލެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ/ ކައުންސިލް
"މިދިޔަ އަހަރު ވެސް މި އަހަރު ވެސް ބަޖެޓުގައި ހިމަނައިފަ މި މަސައްކަތް އޮތީ. އެކަމަކު އަދިވެސް އަމަލީ މަސައްކަތް ފެށޭ ތަނެއް ނުފެނޭ. އެކަމާ ގުޅުން ހުރި މައުލޫމާތެއް ނުލިބޭ. އަޅުގަނޑުމެން މިކަމުގެ މައުލޫމާތު ހޯދަން ޕްލޭނިން މިނިސްޓްރީ އަށް ފޮނުވި ސިޓީ އަށް ވެސް ޖަވާބެއް ނުލިބޭ،" އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅަނގު ފަރާތުން 150އެއްހާ ފޫޓު މިހާރު ވަނީ ގިރާލައިފަ އެވެ. އަދި އަވަސް ހައްލެއް ނުހޯދައިފި ނަމަ އެއަށްވުރެ ވެސް މާ ބޮޑު ބައެއް ގިރައިގެން ދިއުމަކީ އެ ކައުންސިލުގެ ކަންބޮޑުވުމެކެވެ.
ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަަކަކަށް ދިމާވެފައިވާ މައްސަލަ އެކެވެ. މިކަމަށް ހައްލު ހޯދުމަށް ސަރުކާރުން މި އަހަރު ވެސް އެކި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި ވެއެވެ.
މާމެންދޫ ކައުންސިލުގެ ޖަލްސާ ރަށް ގިރާ ސަރަހައްދުގައި
ގެއެއް މޫދަށް ވެއްޓޭ ވީޑިއޯއަކަށް ސަމާލުކަން!
ފެރިދޫ ގިރައި، "ރަށްވެހިގެ" ވެއްޓިއްޖެ
އައްޑޫން ވެލި ނަގާ މީހުންގެ ނަން އާންމުކުރަން ފަށައިފި
ފުވައްމުލަކު ގޮނޑުދޮށުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ
ރަށްގިރުމާ ބަނދަރުތައް ހުރި ގޮތާ ގުޅުމެއްވޭ: އަސްލަމް
"ރަށް ގިރުމަށް މިވަގުތު އޮތް ހައްލަކީ ބަސްތާޖެހުން"
ކުޑަރިކިލު އާދަޔާހިލާފަށް ގިރަނީ، ހައްލެއް ބޭނުން
ފައިނަށް އުއްމީދެއް، ވެއްޓުނު ގަސްތައް ކޮޅަށް ނަގައިފި
"ރަށްތައް ގިރީ ތިމާވެށީގެ ހާއްސަ ހާލަތެއްގެ ސަބަބުން"