ޖިންސީ ޝިކާރައަކަށް ވާ ކުޑަކުދިންނަށް އިންސާފު ލިބޭ މިންވަރު ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރި ތަހުގީގުގެ ރިޕޯޓް މިއަދު އާއްމުކޮށްފި އެވެ.
05 ފެބުރުއަރީ 2020
ޖިންސީ ޝިކާރައަކަށް ވާ ކުޑަކުދިންނަށް އިންސާފު ލިބޭ މިންވަރު ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރި ތަހުގީގުގެ ރިޕޯޓް މިއަދު އާއްމުކޮށްފި އެވެ.
މަޖިލީހުގެ ވެބްސައިޓްގައި އާންމުކުރި ރިޕޯޓާ މެދު ގޮތެއް ނިންމާނީ މެމްބަރުން ބަހުސްކުރެއްވުމަށް ފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިފަދަ ތަހުގީގެއް ކުރަން ޖެހުނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ނުލިބޭކަމުގެ ޝަކުވާ ތަކުރާރުކޮށް އެކޮމިޓީއަށް ލިބެމުން ދިއުމެވެ.
ރިޕޯޓްގައި މައިގަނޑު 12 ހޯދުމެއް ހިމެނެ އެވެ. ރިޕޯޓުން އެނގޭ ގޮތުގައި މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 3،100 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށައެޅި އިރު އޭގެ ތެރެއިން ކޯޓުތަކުން ނިންމާފައި ވަނީ އެންމެ 1،085 މައްސަލަ އެވެ. އޭގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ 36 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް 390 ގެ މައްސަލައިގަ އެވެ. ކުށް ސާބިތުނުވާ ކަމަށް ނިންމި މައްސަލަތަކުގެ ނިސްބަތަކީ 45 ޕަސެންޓް، ގާތްގަނޑަކަށް 488 މައްސަލަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ ބައެއް މެމްބަރުން. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޯޓަށް ހުށަހަޅާ މައްސަލަތައް ދިގުލައިގެން ދިއުުމުގެ އިތުރުން، ފުލުހުން ތަހުގީގުކުރުމުގައި ވެސް ވަރަށް ދިގު މުއްދަތެއް ހޭދަވާ ކަމަށް ރިޕޯޓްގައި ވެ އެވެ. އެގޮތުން މިދިޔަ 15 އަހަރު ހުށަހެޅި މައްސަލަތަކުގެ 70.46 ޕަސެންޓް މައްސަލަ ނިންމަން އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ ކަން ކޮމިޓީގެ ތަހުގީގުން އެނގުނެވެ.
"މިއީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންނަށް އިންސާފު ލިބިދިނުމަށް އެޅިގެންދާ ހުރަހެއް ކަމާއި މި ކުދިންނާއި އިތުރު ކުޑަކުދިންތަކެއް ނުރައްކަލަށް ހުށަހެޅިގެން ދިއުމަށް ދެވޭ ފުރުސަތެއްކަން ފާހަގަކުރެވިފައި ވެ އެވެ،" ރިޕޯޓްގައި ވެ އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އެއް ޑޭޓާ ބޭސްއެއް ބޭނުންކުރަމުން ނުދާ ކަމެވެ. އޭގެ ސަބަބުން އެކި މުއައްސަސާތަކުން ކޮމިޓީއަށް ދިން މައުލޫމާތުތައް އަޅާބަލަން އުނދަގޫވި ކަމަށް ވެސް، ކޮމިޓީގެ ރިޕޯޓްގައިވެ އެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންގެ އެފަދަ މައްސަލަތަކުގައި ދައުލަތުގެ މުއައްސަސާތައް އެކުގައި މަސައްކަތް ކުރެވޭނެ ނިޒާމެއް ނެތެވެ.
ޖިންސީ އަނިޔާގެ ތަހުގީގު ރިޕޯޓް ފާސްކޮށްފި
މިހާރު ވެސް އެތިބީ ކުއްޖަކަށް ނަޒަރު ހިންގަހިންގާ!
މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު
މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން
ނުރައްކާ އޮތް އާއިލާތަައް މޮނިޓާކުރަން އަންގަނީ
ކުއްޖާއަށް ނުރައްކާ އޮތް މިންވަރެއް ނޭނގޭ!
ޖިންސީ ގޯނާގެ މައްސަލާގައި އިދާރާތައް ހާޒިރުކުރަނީ
ޝިދާތާގެ އިސްތިއުފާ އަށް ގޮވައި މުޒާހަރާކޮށްފި
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ 84 މައްސަލައެއް