Roadha Mihaaru
އެސްޓީއޯގެ 19 މިލިއަން ރުފިޔާ މައްސަލަ އިސްތިއުނާފަށް

އެސްޓީއޯގެ 19 މިލިއަން ރުފިޔާގެ މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުގައި ފަށައިފި

06 އޮކްޓޯބަރ 2016

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ނެގި ކަމަށް ބުނާ ތެލަށް 19 މިލިއަން ރުފިޔާ ހޯދަން އެސްޓީއޯ އިން ސިވިލް ކޯޓުގައި ކުރި ދައުވާ ނާކާމިޔާބުވުމުން މިއަދު ހައި ކޯޓުގައި އިސްތިއުނާފްގެ އަޑުއެހުންތައް ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ނެގި ކަމަށް ބުނާ ތެލަށް 19 މިލިއަން ރުފިޔާ ހޯދަން އެސްޓީއޯ އިން ސިވިލް ކޯޓުގައި ކުރި ދައުވާ ނާކާމިޔާބުވުމުން މިއަދު ހައި ކޯޓުގައި އިސްތިއުނާފްގެ އަޑުއެހުންތައް ފަށައިފި އެވެ.

މާޗް، 2010 ގެ ނިޔަލަށް އެކި ފަހަރު މަތިން އެސްޓީއޯ އިން މެރީޑިއަމުން ނެގި ތެލަށް 19.3 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ބުނެ އެ މައްސަލަ އެސްޓީއޯ އިން ކޯޓަށް ހުށަހެޅުމުން މިދިޔަ ޖޫން މަހު ހުކުމްކުރީ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމަށް ދޫކުރި ކަން ސާބިތުނުވާތީ އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ދަށު ކޯޓުގައި ހިނގި ދުވަސްވަރު އެ މައްސަލައިގެ ބައެއް ލިޔުންތައް އެސްޓީއޯއިން ގެއްލިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އޭގެ ފަހުން އެތައް ފަހަރަކު އެ މައްސަލަ އެސްޓީއޯއިން އަނބުރާ ގެންދިޔަ އެވެ.

ފައިސާގެ މައްސަލަ ދިމާވުމުން، މެރީޑިއަމަށް އެސްޓީއޯ އިން ކްރެޑިޓަށް ތެޔޮ ދޫކުރާ މިންވަރު ކުޑަކޮށް، ފައިސާ ދައްކަން ޖެހޭ މުއްދަތު ވެސް ކުޑަކުރި އެވެ. އެ މައްސަލަ މެރީޑިއަމުން ކޯޓަށް ހުށަހެޅުމުން މި އަހަރު ކުރީކޮޅު ސުޕްރީމް ކޯޓުން ނިންމީ ކްރެޑިޓް ލިމިޓް ކުޑަކޮށް، ފައިސާ ދައްކަން ޖެހޭ މުއްދަތު ކުޑަކުރީ ރަނގަޅަށް ނޫން ކަމަށެވެ.