Roadha Mihaaru
މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު އިސްތިއުފާދީ:އިދިކޮޅު

މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު އިސްތިއުފާ ދީ: އިދިކޮޅު

07 ފެބުރުއަރީ 2020

ފުލުހުންގެ އަގު ވައްޓާލާތީ އާއި އަދި ފުލުހުންގެ އަޚުލާގީ މިންގަނޑު ހިފަހައްޓަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނުކުޅެދިފައިވާ ކަމަށް ބުނެ، އެ ދެބޭފުޅުން ވެސް މަގާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅުން ރޭ ގޮވާލައިފި އެވެ.

ފުލުހުންގެ އަގު ވައްޓާލާތީ އާއި އަދި ފުލުހުންގެ އަޚުލާގީ މިންގަނޑު ހިފަހައްޓަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނުކުޅެދިފައިވާ ކަމަށް ބުނެ، އެ ދެބޭފުޅުން ވެސް މަގާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅުން ރޭ ގޮވާލައިފި އެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުންގެ އަގު ވައްޓާލުމަށް މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު "ހަޑިމުޑުދާރު" އަމަލުތަކެއް ހިންގަމުންދާ ކަމަށެވެ. އެކަމަކު، އޭގެ ތަފްސީލެއް ބަޔާނުގައި ނެތެވެ.

"...އަދި ފުލުހުންނަށް ކުރަމުންދާ ގެންދާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވެ، އެމީހުންގެ އަޚުލާގީ މިންގަނޑުގެ ތެރޭގައި މަސައްކަތް ކުރުމަށް ވެސް މި ކޯލިޝަންގެ ފަރާތުން ދިވެހި ފުލުހުންނަށް އިލްތިމާސް ކުރަމެވެ،" އިދިކޮޅުގެ ބަޔާނުގައި ވެ އެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑުން ބޭރުން އަމަލުކުރަމުންދާ ކަމަށާއި އަދި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ވެސް ފުލުހުން ކުރާ ކަމަށެވެ. އެހެންވެ، އެ ދެ ޕާޓީން ވަނީ ފުލުހުންގެ އެ އަމަލުތައް ކުށްވެރި ކޮށްފަ އެވެ.

"އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ޚިލާފަށް މިނިސްޓަ އޮފް ހޯމް އެފެއާޒް ކުރަމުން ގެންދާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، އެކަންކަން ތަންފީޒު ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރަމުން ގެންދާ މަސައްކަތްތައް ވެސް ހަރުއަޑުން ކުށްވެރި ކުރަމެވެ،" އިދިކޮޅުން ބުންޏެވެ.

ޕީޕީއެމާއި ޕީއެންސީން ބުނިގޮތުގައި، ކޮންމެ ހާލަތެއްގައި މީހަކު ހައްޔަރު ކުރިޔަސް އަދި ފިޔަވަޅު އެޅިޔަސް އެމީހުންނަށް ގެއްލުންދީ، ގޯނާކޮށް، އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަމަލުތައް ހިންގުމަކީ ފުލުހުންގެ އަޚުލާގީ މިންގަނޑުގެ ބޭރުން ކުރެވޭ ކަމެކެވެ. އަދި އެ މިންގަނޑުން ބޭރުން އަމަލުކުރަން މިނިސްޓަރު އިމްރާން ކުރައްވަމުން ގެންދަވާ ޣައިރު ގާނޫނީ އަމުރުތައް ތަންފީޒު ކުރައްވަނީ ސީޕީ ހަމީދު ކަމަށް އިދިކޮޅުގެ ބަޔާނުގައި ތުހުމަތު ކުރެ އެވެ.

"...އަދި ފުލުހުންނަށް ކުރަމުންދާ ގެންދާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވެ، އެމީހުންގެ އަޚުލާގީ މިންގަނޑުގެ ތެރޭގައި މަސައްކަތް ކުރުމަށް ވެސް މި ކޯލިޝަންގެ ފަރާތުން ދިވެހި ފުލުހުންނަށް އިލްތިމާސް ކުރަމެވެ،" އިދިކޮޅު

ފުލުހުންގެ އަޚުލާގީ މިންގަނޑުން ބޭރުން އަމަލުކުރާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނިއިރު، ޓޫރިސްޓް ގެސްޓް ހައުސްތައް ހިންގަން މަޝްހޫރު ކ. މާފުށީގައި ބިކިނީއާ އެކު ހުރި، ޓޫރިސްޓް އަންހެނަކު ހައްޔަރުކުރަން ފުލުހުން އިއްޔެ އަމަލުކުރި ގޮތުން ބޮޑެތި ފާޑުކިޔުންތަކާއި ނުރުހުން ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ.

އެ މީހާ ހައްޔަރުކުރުމުގެ ތެރޭގައި އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރުމާއި އަދި އެއްވެސް ފިރިހެން ފުލުހަކު އެކަމުގައި ބައިވެރި ކޮށްފައެއް ނެތެވެ.

Tourist meeha aa medhu amalu kuri gothun CP Hameed ma'aafah edhivadaigenfi

Tourist meeha aa medhu amalu kuri gothun CP Hameed ma'aafah edhivadaigenfi

The most trusted news source in the Maldives

Mihaaru

ޓޫރިސްޓް އަންހެންމީހާ އާ މެދު އަމަލުކުރި ގޮތުން ސީޕީ ހަމީދު މާފަށް އެދިވަޑައިގެންފި

ފުލުހުންގެ ގަވާއިދުގައި ވާ ގޮތުން، އަންހެނަކު ހައްޔަރު ކުރެވޭނީ އަންހެން ފުލުހަކަށެވެ. ނަމަވެސް، ޓޫރިސްޓް މީހާ ހައްޔަރުކޮށްފައި ވަނީ ފިރިހެން ފުލުހުންނެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފުށީގައި މިވަގުތު އަންހެން ފުލުހެއް ނެތް ކަމަށެވެ.

މާފުށީގެ ޓޫރިސްޓް އަންހެންމީހާ ހައްޔަރުކުރީ ގޯސްކޮށް ކަމަށް ވިދާޅުވެ، ޕޮލިސް ކޮމިޝަނަރު ހަމީދު ރޭ ފަހުން ވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ފުލުހުންގެ އިދާރާ އިސްލާހުކޮށް، ފުލުހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ހެދުމުގެ ވައުދާ އެކު ކަމަށް ވިޔަސް އެކަން ހާސިލް ނުވާ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. މިހާރު ވެސް ފުލުހުން ހިންގާ ބައެއް އޮޕަރޭޝަންތަކުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި ހާލަތު ކޮންޓްރޯލް ކުރުމާއި އާންމުންނާ މުއާމަލާތް ކުރުމުގައި އަޚުލާގީ މިންގަނޑުން ބޭރުން ކަންކަން ކުރާ ކަމުގެ ތުހުމަތު ކުރެވެ އެވެ.

Hulhumale gai hingi hama nujehumugai anhen meehaa ah aniyaakuri massala balan fashaifi

Hulhumale gai hingi hama nujehumugai anhen meehaa ah aniyaakuri massala balan fashaifi

The most trusted news source in the Maldives

Mihaaru

ހުޅުމާލޭގައި އޮތް އެއްވުމެއްގެ ތެރެއިން އަންހެނަކަށް ފުލުހުން އަނިޔާކުރި މައްސަލަ ބަލަނީ.

މިދިޔަ މަހު ވެސް ހުޅުމާލޭގައި އޮތް އެއްވުމެއް ކޮންޓްރޯލް ކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން މެދު އުމުރުގެ އަންހެނަކަށް އަނިޔާތަކެއް ވެ، ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނެވެ. އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ސީޕީ ހަމީދު އޭރު ވިދާޅުވެފައި ވެ އެވެ. އެކަމަކު އޭގެ އެއްވެސް ޚަބަރެއް އަދިއެއް ނެތެވެ.