ވޮޝިންޓަން (ފެބްރުއަރީ 11) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން މިދިޔަ މަހު ކުރީކޮޅު ދިން މިސައިލް ހަމަލާގައި ސިކުނޑިއަށް ގެއްލުން ލިބުނު ސިފައިންގެ އަދަދު 109 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
11 ފެބުރުއަރީ 2020
ވޮޝިންޓަން (ފެބްރުއަރީ 11) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން މިދިޔަ މަހު ކުރީކޮޅު ދިން މިސައިލް ހަމަލާގައި ސިކުނޑިއަށް ގެއްލުން ލިބުނު ސިފައިންގެ އަދަދު 109 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޕެންޓަގަނުން ފުރަތަމަ ބުނީ 34 މީހެއްގެ ސިކުނޑި އަށް ގެއްލުން ލިބުނު ކަމަށެވެ. ފަހުން ބުނެފައި ވަނީ 64 މީހެއްގެ ސިކުނޑިއަށް ގެއްލުން ލިބުނު ކަމަށެވެ. ޕެންޓަގަނުން ބުނީ ޒަޚަމްވި މީހުންގެ 70 ޕަސެންޓް މިހާރު އަލުން ޚިދުމަތަށް ނުކުމެފައިވާ ކަމަށެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފުރަތަމަ ވިދާޅުވެފައި ވަނީ އިރާގުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް ޖެނުއަރީ 8 ވަނަ ދުވަހު އީރާނުން ދިން މިސައިލް ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. ޓްރަމްޕް ފަހުން ވިދާޅުވެފައި ވަނީ ސިފައިންގެ ބައެއް މީހުންގެ ބޮލުގައި ރިއްސާތީ އުޅޭ ކަމަށާއި އެކަމަކު އެއީ އެހާ ސީރިއަސް ކަމެއް ނޫން ކަމަށެވެ. އަދި އީރާނުގެ ކިބައިން ބަދަލު ނުހިފީ އެ ހަމަލާ އިން ގެއްލުމެއް ލިބިފައި ނުވާތީ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
އެމެރިކާ އިން ބުނެފައި ވަނީ މިސައިލް ހަމަލާގައި ލިބުނު ގެއްލުން ކުޑަވީ ހަމަލާ ދިން އިރު ސިފައިންގެ ގިނަ މީހުން ބަންކަރުތަކަށް ވަދެ ހިމާޔަތް ހޯދައިގެން ތިބުމުން ކަމަށެވެ.
އީރާނުން މިސައިލް ހަމަލާ ދިނީ އެމެރިކާ އިން ޑްރޯން ހަމަލާދީ އެ ގައުމުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލާފައިވާތީ އެކަމުގެ ބަދަލު ހިފުމަށެވެ.
ހަމަލާގައި އެމެރިކާ ސިފައިންގެ ސިކުނޑިއަށް ގެއްލުން
އީރާނުގެ ބޭނުމަކީ އެމެރިކާއަށް ވުރެ ގަދަކަން ދެއްކުން
އެމެރިކާއިން ރައްދު ދީފިނަމަ ނަތީޖާ މާހިތިވާނެ: އީރާން
ހަމަލާ ދީފި ނަމަ އެއީ އީރާނުގެ ނިމުން: ޓްރަމްޕް
އެމެރިކާއިން 22 ބިލިއަން ޑޮލަރުދޭން އީރާނުން ހުކުމެއް
ޚާމަނާއީ: ހަނގުރާމައިން އެމެރިކާއަށް ލިބުނު މޮޅެއްނެތް
އީރާނަށް ލިބުނު ގެއްލުން އިޒްރޭލަށް އަދި ޔަގީނެއް ނުވޭ
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓޭ ވަރު ގެއްލުމެއްނެތް
"ފަހު ވަގުތު" ފުލުފުލުން އިޒްރޭލަށް ހަމަލާދީފި
އިރާނަށް އިތުރު ފިޔަވަޅުތަކެއް ޓްރަމްޕް އަޅުއްވަފާނެ