Roadha Mihaaru
އީރާނުގެ ބޭނުމަކީ އެމެރިކާއަށް ވުރެ ގަދަކަން ދެއްކުން

އީރާނުގެ ބޭނުމަކީ އެމެރިކާ އަށް ވުރެ ބާރުގަދަކަން ދައްކާލުން: ކޮމާންޑަރު

13 ޖެނުއަރީ 2020

ތެހެރާން (ޖެނުއަރީ 13) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒަށް ދިން ހަމަލާގެ ބޭނުމަކީ އެއްވެސް ހާލެއްގައި ދުޝްމަން ސިފައިން މެރުން ނޫން ކަމަށާއި މިސައިލް ހަމަލާތައް ދިނީ އީރާން ބޭނުންވާ ކޮންމެ ތަނަކަށް ހަމަލާދީގެން އެމެރިކާ އަށް ވުރެ ކުޅަދާނަކަން ދައްކާލުން ކަމަށް ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަަ-އިން-ޗީފް، މޭޖާ ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

"އީރާނުން ދިން ހަމަލާގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެމެރިކާ ސިފައިން މެރުމެއް ނޫން. އެއީ މުހިންމު ކަމެއް ވެސް ނޫން. އީރާނުން ބޭނުންވީ މާއްދީ ގެއްލުންތަކެއް ދޭން. އެއީ އީރާނުން ބޭނުންވާ ކޮންމެ ތަނަކަށް ހަމަލާދީގެން އެމެރިކާ އަށް ވުރެ ކުޅަދާނަކަން ދައްކާލުން،" ޕާލަމެންޓުގެ ބައްދަލުވުމުގައި ސަލާމީ ވިދާޅުވި އެވެ.

މިސައިލް ހަމަލާގައި ޔުކްރޭނުގެ ބޯޓެއް ވެއްޓި 176 މީހުން މަރުވި މައްސަލާގައި ޖެނެރަލް ވިދާޅުވީ އެ ބޯޓުގެ ޕަސިންޖަރުންނާ އެކު އޭނާ ވެސް މަރުވި ނަމަ ރަނގަޅުވީސް ކަމަށް ހިތްޕުޅަށް އަރާވަޑައިގެންނެވި ކަމަށެވެ. އަދި ބޯޓަށް ދިން ހަމަލާއަކީ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށް ވިދާޅުވި އެވެ. ބޯޓު ވައްޓާލި ހާދިސާގައި ގިނައިން މަރުވެފައި ވަނީ އީރާނާއި ކެނެޑާ މީހުންނެވެ.

އެމެރިކާއާ ދެކޮޅަށް އީރާނުން ފަށާފައިވާ މަސައްކަތަށް ކުޑަވެސް ދުލެއް ނުދެއްވާނެ ކަމަށް ސަލާމީ ވިދާޅުވި އެވެ.

ޕާލަމެންޓުގެ ބައްދަލުވުމަށް ފަހު، ޕާލަމެންޓުގެ ރައީސް އަލީ ލަރިޖާނީ ވަނީ މަޖިލީހުގެ ސެކިއުރިޓީ އާއި ފޮރިން ޕޮލިސީ ކޮމިޝަނުން ބޯޓުގެ ހާދިސާ ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އެފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ.

އީރާނުން ބުނެފައި ވަނީ ބޯޓަށް އަމާޒުކޮށް މިސައިލް ހަމަލާދިނީ މިސައިލް އޮޕަރޭޓަރަށް އޮޅިގެން ކަމަށެވެ.