ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ބޮޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި އުޅުއްވި ނަމަވެސް އޭނާ އަކީ މިހާރު ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލެއް ނޫން ކަމަށް ޖެރަޑް ޖެންސާ އަކީ މިއަދު ވިދާޅުވެއްޖެ އެވެ.
14 ފެބުރުއަރީ 2020
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ބޮޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި އުޅުއްވި ނަމަވެސް އޭނާ އަކީ މިހާރު ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލެއް ނޫން ކަމަށް ޖެރަޑް ޖެންސާ އަކީ މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލްގެ ބައެއް ޓީއެމްއޭ އަށް ދިނުމާ މެދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން އަވަސް ހައްލެއް ނުހޯދައިފި ނަމަ، ޓީއެމްއޭއަށް ބަދަލު ދޭންޖެހިދާނެ ކަމަށް ނަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
އަދި ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރެއްވި ޖެރަޑް އަކީ ޓީއެމްއޭގެ ބޮޑު ހިއްސާ އޮންނަ ކޮންސޯޓިއަމްގެ މައި ކުންފުނި ކަމަށްވާ ބެއިންގެ ވަކީލެއް ކަން ވަނީ ހާމަވެފަ އެވެ.
އެކަމާ ގުޅިގެން، ޖެރެޑް ކުރެއްވި ޓްވީޓެއްގައި ވަނީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ނަޝީދު ހުންނެވިއިރު އަދި ޖޫން، 2018 އާ ހަމައަށް އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ނުކުރާތާ މިހާރު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވެސް ޖެރެޑްގެ ޓްވީޓްގައިވެ އެވެ.
އޭނާގެ އެ ޓުވީޓާ ގުޅިގެން ބައެއް މީހުން ވަނީ ރައްދު ދީ، ފާޑުކިޔައިފަ އެވެ. އެގޮތުން، ނަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި މުއްދަތު މުހިންމެއް ނޫން ކަމަށާއި މައްސަލަ އަކީ ޖެރެޑް އާއި ނަޝީދާ ދެމެދު އޮތް ގުޅުމާއި އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު "ޑީލް" ހެދުމުގައި ޖެރެޑްގެ ދައުރު ކަމަށް ބައެއް މީހުން ބުނެފައި ވެ އެވެ.
Contrary to inaccurate reports in the Maldivian media, while I was proud to serve as pro bono counsel to Raees @mohamednasheed during his time as a political prisoner and through to June 2018, I have not been his lawyer for more than a year-and-a-half. @Mihaarunews
— Jared Genser (@JaredGenser) February 13, 2020
ޖެރެޑްގެ ޓްވީޓް
ޓެރަރިޒަމްގެ ކުށުގައި ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެކުލަވައިލި ޓީމުގައި ޖެރެޑްގެ އިތުރުން އެހެން ދެ ވަކީލަކު ވެސް ބައިވެރިވި އެވެ.
ސީޕްލޭން ޓާމިނަލް، ޓީއެމްއޭ އަށް ދޭން އުޅުނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ވަނީ ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ. އޭސީސީން ބުނެފައިވާ ގޮތުގައި އެގޮތަށް އަމަލު ކޮށްފި ނަމަ ދައުލަތަށް އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުންވާނެ އެވެ.
ނަޝީދުގެ ވަކީލު ބެއިންގެ ވަކީލުންގެ ތެރޭގައި
އަޅުގަނޑާ އެމްއޭސީއެލް، ޓީއެމްއާ ގުޅުމެއް ނެތް:ނަޝީދު
މަޖިލީހުގައި އޮތީ ސިއްރު ރިޕޯޓެއް ނޫން: އޭސީސީ
ސީޕްލޭން ޓާމިނަލްގެ މައްސަލަ އަށް މަންޓާ ވަދެއްޖެ!
އެމްއޭސީއެލްގެ ސިޓީ، ބޯޑުުގެ ނިންމުމެއް ނޫން؟!
ނަޝީދު ވިދާޅުވީ ޓީއެމްއޭއަށް ބަދަލުދޭން ޖެހިދާނެ ކަމަށް
ސީޕްލޭން ޓާމިނަލް ކުއްޔަށްދޭން ހުރަހެއް ނެތް: އޭސީސީ
ސީޕްލޭން ޓާމިނަލް ދޫކުރަން އޭސީސީގެ ލަފަޔަކަށް އެދިއްޖެ
ޓީއެމްއޭ އިން އަދިވެސް ކުރަނީ ޝަކުވާ
ވެރިކަން ބަދަލުވުމުގެ ކުރިން ޓާމިނަލް ދޭން އުޅުނު!؟