އެމްއޭސީއެލް އިން ބޮޑު ހޭދައެއްކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޭން ޓީއެމްއޭއާ އެކު އެއްބަސްވުމެއް ނެތް ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައި ވަނިކޮށް ވެސް ކުރީގެ ސަރުކާރުގެ މުއާމަލާތްތަކާ ގުޅުވައި އަވަސް ހައްލެއް ނުހޯދައިފި ނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
13 ފެބުރުއަރީ 2020
އެމްއޭސީއެލް އިން ބޮޑު ހޭދައެއްކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޭން ޓީއެމްއޭއާ އެކު އެއްބަސްވުމެއް ނެތް ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައި ވަނިކޮށް ވެސް ކުރީގެ ސަރުކާރުގެ މުއާމަލާތްތަކާ ގުޅުވައި އަވަސް ހައްލެއް ނުހޯދައިފި ނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޓީއެމްއޭގެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމުން މުހިއްމު ކަމަށް ރޭ ވިދާޅުވުމަށް ފަހު މިއަދު ހެނދުނު ކުރެއްވި ޓުވީޓުގައި ވެސް ނަޝީދު ވިދާޅުވީ ގޮތެއް ނުހޯދިއްޖެ ނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހުން ގާތް ކަމަށެވެ. މި ބަދަލާ، އެމަނިކުފާނު ގުޅުވަނީ ކުރީގެ ސަރުކާރުގައި އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ހިންގި މުއާމަލާތްތަކެވެ.
ބަދަލު ދޭން ޖެހިދާނެ ކަމަށް ނަޝީދު ވިދާޅުވި އިރު، ސިޓީއަކުން ހިންގި އެ މުއާމަލާތަކީ އެއްބަސްވުމެއް ނޫން ކަމަށާއި އެހެންކަމުން ދައުލަތުން އެކަމުގައި ޒިންމާއެއް އުފުލަން ނުޖެހޭނެ ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ ސަރުކާރުގައި ޓީއެމްއޭއާ މެދު ހިނގި މުއާމަލާތަށް ބުރަވެ މައްސަލަ ނިންމަން ޖެހިފައިވާ ކަމަށް ދޭހަވާ ގޮތަށް ކުރެއްވި ޓުވީޓުގައި، އެ މައްސަލައިގައި ޒިންމާ ނަގަން ޖެހެނީ ވެސް ކުރީގެ ސަރުކާރު ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. މިކަމަށް ގޮތެއް ނުހޯދިއްޖެ ނަމަ ރަންވޭ ހުޅުވުމުން ލަސްވުމުގެ އިތުރުން ޓީއެމްއޭ އަށް ބަދަލު ދޭންޖެހުން ގާތް ކަމަށް ވިދާޅުވި އެވެ.
"ގޯސް ހެދި މީހުން ހޯދައި އަވަސް ތަހުގީގެއް ފަށަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
MACL aai TMA ge muamalaithah hingaafa huree RY sarukaaruga. Mikamah gotheh nuhoadhijje nama runway hulhuvalun lasvumuge ithurun TMA ah badhal dheynjehun gaiy .Sarukaar aai TMA ah ves faidha huri ehbasvumakah aun varah beynuntheri.Goashedhi meehun hoadha avas thahqeeq fashanjehey
— Mohamed Nasheed (@MohamedNasheed) February 13, 2020
ނަޝީދު މިއަދު ކުރެއްވި ޓުވީޓް.
ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ހަދާ ޓާމިނަލް ހިންގުން ޓީއެމްއޭ އަށް ދޫކޮށްލަން އުޅުމުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މައްސަލަ ބޮޑުވެ މާލިއްޔަތު ކޮމިޓީގައި ހިނގާ މައްސަލައާ ގުޅިގެން ނަޝީދު ރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދިވެހި ސަރުކާރާއި ޓީއެމްއޭ ދެ ފަރާތް އެއްބަސްވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލްގެ ކަންކަން އަވަހަށް ނިންމުން ވަރަށް މުހިއްމު ކަމަށެވެ. ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިންގާފައިވާ ނަމަ އެކަން ކުރި ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށް ނަޝީދު ރޭ ވެސް ވިދާޅުވި އެވެ.
މި މައްސަލައިގައި އަވަހަށް ގޮތެއް ހޯދަން އެމަނިކުފާނު އެދިވަޑައިގަންނަވާ އިރު، ސީ ޕްލޭން ޓާމިނަލްގެ މައްސަލައިގައި އަމިއްލަ އަށް އެދިގެން ޓީއެމްއޭގެ އިސް ބޭފުޅުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކައިފަ އެވެ. އެ ކޮމިޓީގައި، ޓީއެމްއޭ އިން ބުނެފައި ވަނީ އެ ކުންފުންޏަށް އާ ޓާމިނަލުން 19،000 އަކަފޫޓްގެ ޖާގަދޭން އެމްއޭސީއެލް އިން ކުރިން ޔަގީންކަން ދީފައިވާ ވާތީ، އެ އަށް ބިނާކޮށް، ބައެއް ރިސޯޓްތަކުން ޓާމިނަލްގައި ލައުންޖް ހަދާނެ ޖާގަ ވިއްކާފައިވާ ކަމަށެވެ.
ބެއިން ކެޕިޓަލް ހިމެނޭ ކޮންސޯޓިއަމަކުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތީ، އާ ޓާމިނަލުން ދޭނެ ޖާގަ އާއި މުއްދަތާއި ނަގާނެ ފީއާ ބެހޭ ގޮތުން އެމްއޭސީއެލުން ދިން ސިޓީއަށް ބިނާކޮށް ކަމަށާއި އެއީ ލިއުމުން ދިން "އެއްބަސްވުމެއް" ކަމަށް ވެސް، ޓީއެމްއޭއިން އަންނަނީ ބުނަމުންނެވެ.
ޓީއެމްއޭގެ މި ވާހަކަ އަށް ރައްދު ދެއްވައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ކުރީގެ ސަރުކާރުން ވެސް ޓީއެމްއޭއާ އެކު އެއްބަސްވުމެއް ހަދާފައި ނުވާ ކަމަށެވެ. އަދި ބޯޑުގެ އެއްވެސް ނިންމުމެއް އެކަމާ ގުޅޭ ގޮތުން ނެތް ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ދޭ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
"މީގައި ވަރަށް ދެރަ ކަމެއް ދެއްތޯ، ޓީއެމްއޭގެ އަމިއްލަ މައްސަލައެއް ކަންނޭނގެ ޓީއެމްއޭގެ ނެތް އެއްޗެއް ރިސޯޓްތަކަށް ވިއްކުމަކީ. ހަގީގަތުގައި އެގްރިމެންޓެއް، އެއީ ހަގީގަަތުގައި އެގްރިމެންޓެއް އޮންނަން ޖެހޭނެ، ބައިންޑިން ކޮންޓްރެކްޓެއް އޮންނަން ޖެހޭނެ ކުންފުންޏަކާ އެކީ ހެދިފައި. އެހެން ނެތީސް ޓީއެމްއޭ އިން ވިއްކި ވިއްކުމުގެ ޒިންމާ އެމްއޭސީއެލް އަކުން ނޫނީ ދައުލަތަކުން ނަގަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓީއެމްއޭ އާއި އެމްއޭސީއެލްއާ އެކު އޮތް އެއްބަސްވުން ޖޫން، 2014 ގައި ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން، ކޮންމެ އަހަރަކު އެއްބަސްވުން އަންނަނީ އާ ކުރަމުންނެވެ. މިހާރު އޮތް އެއްބަސްވުން ހަމަވާނީ މި އަހަރުގެ ޖޫން މަހަށެވެ.
"އެމްއޭސީއެލްއަކުން ނުނިންމާ އަލަށް ހަދާ ޓާމިނަލް ޓީއެމްއޭއަކަށް ދޭން. ވާހަކަތަކެއް އެބަ ކުރިއަށްދޭ،" ޒިިޔަތު ވިދާޅުވި އެވެ.
ޓީއެމްއޭ އިން އަދިވެސް ކުރަނީ ޝަކުވާ
ވެރިކަން ބަދަލުވުމުގެ ކުރިން ޓާމިނަލް ދޭން އުޅުނު!؟
ފަޒީލްގެ ވާހަކަތަކުން ވެސް ގޯސްވީ އެމްއޭސީއެލްގެ ބޯޑު
ދިވެހިންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރަން: ސައީދު
އަޅުގަނޑަށް ރުފިޔާ ދޭކަށް ބަޔަކު ނޫޅޭނެ: ނަޝީދު
ޓީއެމްއޭ އުދުއްސަން އެމްއޭސީއެލްގެ ބޮޑެތި ގޯސްތައް!
މަޖިލީހުގައި އޮތީ ސިއްރު ރިޕޯޓެއް ނޫން: އޭސީސީ
އަޅުގަނޑާ އެމްއޭސީއެލް، ޓީއެމްއާ ގުޅުމެއް ނެތް:ނަޝީދު
ނަޝީދުގެ ވަކީލަކަށް މިހާރު މަސައްކަތެއް ނުކުރަން:ޖެރެޑް
ސީޕްލޭން ޓާމިނަލްގެ މައްސަލަ އަށް މަންޓާ ވަދެއްޖެ!