Roadha Mihaaru
ރައީސްގެ ކާރުކޮޅަށް ފެން އެއްޗެއް އޮއްސާލައިފި

ރައީސްގެ ކާރުކޮޅަށް ފެން އެއްޗެއް އޮއްސާލައިފި

15 ފެބުރުއަރީ 2020

މަގުމަތީގައި މަޑުކޮށްގެން އޮތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅު މައްޗަށް އިމާރާތަކުން ފެން އެއްޗެއް އޮއްސާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަގުމަތީގައި މަޑުކޮށްގެން އޮތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅު މައްޗަށް އިމާރާތަކުން ފެން އެއްޗެއް އޮއްސާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ހެންވޭރުގެ އިމާރާތެއްގެ ބުރިއަކުން ރައީސްގެ ކާރުކޮޅު މައްޗަށް ފެން އެޅި މައްސަލައެއް ހުށައެޅީ މިއަދު ހެނދުނު ކަމަށެވެ.

އެނގިފައިވާ ގޮތުގައި ކާރުކޮޅުގެ މައްޗަށް ފެންއެއްޗެއް އޮއްސާލީ ހ. ހީނާމާގެ ކައިރިންނެވެ. އެކަމަކު އޭރު ކާރުކޮޅުގައި އިނީ ޑްރައިވަރު އެކަނި ކަަމަށް ފުލުހުން ބުންޏެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، އެމްޑީޕީން މިއަދު ހެނދުނު ފެށި ކެމްޕޭން ޕޯސްޓަރު ހަރުކުރުން އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ. ބެލެވޭ ގޮތުން ކާރުކޮޅު މައްޗަށް ފެން އެޅީ، ރައީސް އެ ހަރަކާތުގެ ތެރޭގައި އުޅުއްވަނިކޮށެވެ.