ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބޮޑެތި އިސްލާހުތަކާ އެކު ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑުގައި ލާމަރުކަޒީ ކުލަތައް ޖެހެމުން އަންނަ ކަމަށާއި ސިފައިންގެ ވިސްނުން ވެސް އެ މުހިއްމު ބަދަލާ ދިމާލަށް މިސްރާބު ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.
17 ފެބުރުއަރީ 2020
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބޮޑެތި އިސްލާހުތަކާ އެކު ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑުގައި ލާމަރުކަޒީ ކުލަތައް ޖެހެމުން އަންނަ ކަމަށާއި ސިފައިންގެ ވިސްނުން ވެސް އެ މުހިއްމު ބަދަލާ ދިމާލަށް މިސްރާބު ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.
ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ގައުމީ ޚިދުމަތުގައި ތިބޭ ސިފައިންގެ އެހީތެރިކަން އެކި ދާއިރާތަކުން ގައުމަށް މިހާރު ވެސް ލިބެމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތް މުހިއްމު ބަދަލުގައި ވެސް އެ އެއްބާރުލުން ދެއްވަން ރައީސް އެދިވަޑައިގަތެވެ.
ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާ އެކު ކުރިން މައި ސަރުކާރަށް ޖަމާވެފައި ހުރި ގިނަ ބާރުތަކެއް ރައްޔިތުންނަށް ދޫކޮށްލަން ނިންމައި އިދާރީ ހިންގުން ލާމަރުކަޒު ކުރަން ނިންމާފައިވާ ކަން ރައީސް ހަނދާންކޮށްދެއްވި އެވެ. އަންނަ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބަށް ފަހު ކައުންސިލްތައް ބާރުވެރިވެ، މުޅި ރާއްޖެ ހަގީގީ ލާމަރުކަޒީ ނިޒާމަކުން ހިންގަން ފަށާނެ އެވެ.
މި ބަދަލު އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނީ، ކައުންސިލްތަކާ އެކު ސިފައިން ގާތް ގުޅުމެއް ބާއްވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ކައުންސިލްތަކާ ގާތް ގުޅުމެއް ބާއްވައި ސަރަހައްދުތަކުގެ ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދެވޭނެ ގޮތަށް އޭރިއާ ކޮމާންޑުގެ ޚިދުމަތް އަލުން ބައްޓަންކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ސިފައިންގެ އެންމެ މަތީވެރިޔާ ވިދާޅުވި އެވެ.
ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ ކުޑަވެފައި މީހުންކޮޅު މަދަސް ބައިނަލްއަގުވާމީ މުޖުތަމައުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ކުރިމަތިލާން ޖެހިފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ބޮޑެވެ.
އެއްފަރާތުން އޮތް ބިރަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ފެތުރިފައި އޮތް ޓެރަރަރިޒަމް ކަމަށާއި އަނެއް ފަރާތުގައި އޮތީ ހަރުކަށި ފިކުރާއި އެހެނިހެން ފިކުރީ އޮއިވަރުތައް ކަމަށް ވިދާޅުވި އެވެ. މޫސުމީ ބަދަލުތަކުގައި ރާއްޖޭގެ ރަށްތައް ހޭޅިފަޅާއެކު ގިރައި ނާޒުކު ގޮނޑުދޮށްތަކާ އެކު ތިމާވެށި ސުންނާފަތިވަމުންދާ ކަމަށް ވިދާޅުވި އެވެ.
"ގައުމެއްގެ މިނިވަންކަމާއި ސިޔާދަތާއި އެންމެ ބޮޑަށް ލާމެހިފައިވާ ބަޔަކީ އެ ގައުމެއްގެ ސިފައިން. ގެއްލިފައި އޮތް މިނިވަންކަން އަނބުރާ ހޯދުމަށް ވުރެން ލިބިފައިވާ މިނިވަންކަން އެ ގޮތުގައި ދެމެހެއްޓުމަކީ އެއަށް ވުރެން މާ ބުރަ ކަމެއް،" ރައީސް
ރައީސް ވިދާޅުވީ ދުރު ގައުމުތަކުގައި ފެތުރޭ ވަބާތަކާއި ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް ދަނީ ލޮޅުން އަރަމުން ކަމަށެވެ.
"ދުނިޔޭގެ ގައުމުތަކާ ކިތަންމެ ދުރުގައި އޮތަސް މިއީ މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް،" ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް އޮފިސަރުން.---ފޮޓޯ: ރައީސް އޮފީސް
ކޮންމެ ގައުމެއްގައި ވެސް ދިފާއީ އައްޑަނައަކީ ސިފައިން ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ގައުމެއްގެ މިނިވަންކަން ހިމާޔަތްކުރާ ކިއްލާއަކީ ވެސް ސިފައިން ކަމަށެވެ. ގައުމިއްޔަތުގެ މައި މުގޫގެ ގޮތުގައި ދިފާއީބާރު ސިފަކުރަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ވަމުންދާ ގުރުބާނީއާ ހެދި ކަމަށް ރައީސް ވިދާޅުވި އެވެ.
ގައުމަށްޓަކައި ސިފައިންގެ ގުރުބާނީއަކީ، ރައީސް ވިދާޅުވި ގޮތުގައި، އިނާމަކުން ނުވަތަ ތައުރީފްގެ ބަހަކުން އަގު ވަޒަނެއް ނުކުރެވޭނެ އެވެ. މުދަލާއި ފައިސާ އިން ވެސް ސިފައިންނަށް އެ އަގު ނުދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގި އަލިފާނާއި އެ ނޫން ހާދިސާތަކަށް ބެލިއަސް ސިފައިންގެ އަގުނުކުރެވޭ މަސައްކަތް ފެންނަން ހުރި ކަމަށް ރައީސް ވިދާޅުވި އެވެ. ސިފައިންގެ ޚިދުމަތަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމެއްގެ މިނިވަންކަމާއި ސިޔާދަތާއި އެންމެ ބޮޑަށް ލާމެހިފައިވާ ބަޔަކީ އެ ގައުމެއްގެ ސިފައިން. ގެއްލިފައި އޮތް މިނިވަންކަން އަނބުރާ ހޯދުމަށް ވުރެން ލިބިފައިވާ މިނިވަންކަން އެ ގޮތުގައި ދެމެހެއްޓުމަކީ އެއަށް ވުރެން މާ ބުރަ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް އޮފިސަރުން.---ފޮޓޯ: ރައީސް އޮފީސް
"ތިޔަ ހިތްވަރުގަދަ ސިފައިން ރެ އާއި ދުވާލު ތި ކުރައްވަމުން ގެންދަވަނީ އެ ބުރަ މަސައްކަތް. އެކަމަށްޓަކައި ކޮންމެ ރައްޔިތަކު ޝުކުރުވެރިވާނެ."
ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން ކަމަށާއި އެކަމުގައި ރާއްޖޭގެ ސިޔާސަތަކީ ސަަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ. އިންޑިއާ ކަނޑުގެ ސުލްހައިގެ ކަންކަމަށް ލޮޅުމެއް އެރިޔަ ނުދޭން ރާއްޖެ އިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޑިފެންސް ޗީފް ޝަމާލަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް
ސިފައިންގެ މުސާރަ ބޮޑުކޮށް, އިތުރު ފްލެޓުތަކެއް ހަދަނީ
މާރިޔާގެ ތާއީދު ރައީސަށް، އެދުނީ ސިފައިން ސިޔާސީނުވާން
މިނިވަންކަމަށް ބޮޑު ރައްކާތެރިކަމެއް ލިބިއްޖެ: ރައީސް
އަސްކަރިއްޔާގެ ހަގީގީ ބޭނުމަކީ ސުލްހަގާއިމްކުރުން:ރައީސް
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
މިނިސްޓަރަށް ނުގުޅައި ނިޒާމުން ޚިދުމަތް ލިބޭނެ: މާރިޔާ
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
ގައުމުގެ މަސްލަހަތު ދިފާއު ކުރުމުގަ ސިފައިން ދެމިތިބޭނެ
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ