Roadha Mihaaru
އައިއޭއެސްގެ ހަރަދު ބޮޑަސް، ނުހިންގޭހާ ގޯހެއް ނޫން

އައިއޭއެސްގެ ހަރަދު ބޮޑު، އެކަމަކު ނުހިންގޭހާ ގޯހެއް ނޫން: އޮޑިޓް

24 ފެބުރުއަރީ 2020

އަައިލެންޑް އޭވިއޭޝަަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)އިން މުވައްޒަފުންނަށް ކުރާ ހަރަދު ދައުލަތުގެ އެހެން ބައެއް ކުންފުނިތަކާ އަޅާ ބަލާއިރު ބޮޑު ކަމަށާއި އެހެން ނަމަވެސް އެ ކުންފުނި ހިންގަން މާލީ ގޮތުން ހިންްގަން ހުރަސް އެޅޭހާ ގޯސް ނޫން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަައިލެންޑް އޭވިއޭޝަަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)އިން މުވައްޒަފުންނަށް ކުރާ ހަރަދު ދައުލަތުގެ އެހެން ބައެއް ކުންފުނިތަކާ އަޅާ ބަލާއިރު ބޮޑު ކަމަށާއި އެހެން ނަމަވެސް އެ ކުންފުނި ހިންގަން މާލީ ގޮތުން ހިންްގަން ހުރަސް އެޅޭހާ ގޯސް ނޫން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުުނެފި އެވެ.

އައިއޭއެސް އޮތީ ކިރިޔާ ބަނގުރޫޓް ނުވެ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރޭތާ ދުވަސްތަކެއް ފަހުން، ރައީސް އޮފީހުން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓަށް ފާހަގަވި ކަންތައްތައް ރައްޔިތުުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމެޓީ އަށް މިއަދު ވިދާޅުވެ ދެއްވީ އޮޑިޓްގައި އަަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނެވެ. އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަޑައެއް ނުގަންނަވަ އެވެެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓާ އެސްއޯއީ އެންޑް އެސްބީ އިބްރާހީމް ފަޒީލް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް، އައިއޭއެސް އަަށް ލިބެމުން އައި އާމްދަނީ އަހަރުން އަހަރަށް އިތުރުވެފައިވާ ކަމަށާއި އެހެން ނަމަވެސް ހިންގުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ފައިދާ ދަށް ވެފައިވާ ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރު އެ ކުންފުންޏަށް 1.2 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަަމަށާއި އެއީ 2013 ވަނަ އަހަރާ އަޅާ ބަލާއިރު 113 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އައިއޭސްގެ ހިންުގުމުގެ ހަރަދުތައް ބޮޑުވެ، އެ ކުންފުންޏަށް ފައިދާވާ މިންވަރު ވަނީ ދަށަށް ދާން ފަށައިފަ އެވެ. ފަޒީލް ވިދާޅުވީ ކުންފުނި ހިންގަން ދަތިވާ ވަރުގެ ގެއްލުމެއް އޮތް ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

ޑިރެކްޓާ އެސްއޯއީ އެންޑް އެސްބީ އިބްރާހީމް ފަޒީލް (ވ) އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

ޑިރެކްޓާ އެސްއޯއީ އެންޑް އެސްބީ އިބްރާހީމް ފަޒީލް (ވ) އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

"މުޅި ޖުމްލަކޮށް ކުންފުނީގެ އާމްދަނީ، އަދި ކުރިމަގަށް ލިބޭނެ ކަމަށް ފޯސީ ކުރާ އާމްދަނީ އަށް ބަލާ އިރު ކުންފުނި މާލީ ގޮތުން ދެމިއޮތުމަށް ހުރަހެއް އެޅޭނެ ފަދަ ބޮޑު މާލީ ގެއްލުމެއް ކުންފުންޏަށް ވާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ލަފައެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ދަރަނި އަދާކުރުމަށް އެ ކުންފުންޏަށް ދަތިތަކެއް އެބަހުރި ކަމަށާއި ފައިދާވާ، އަދި ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި ކުންފުންޏަކަށް ހަދަން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަަމަށް ވެސް އޮޑިޓަރު ވިދާޅުވި އެވެ. އެގޮތުން އެ ކުންފުންޏަށް ވަންނަން ޖެހޭ ފައިސާ ހޯދުމާއި ހަރަދު ކުޑަކުރުމަކީ އަޅަން ޖެހޭ ފިޔަވަޅުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއޭއެސްގެ ހާލަތާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޮޑިޓަރުން މިއަދު މައުލޫމާތު ދެއްވަނީ. އެކުންފުނީގެ ހަރަދު ކުޑަކުރަން ޖެހޭ. ފޮޓޯ:ނިޝާން އަލީ/މިހާރު

އައިއޭއެސްގެ ހާލަތާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޮޑިޓަރުން މިއަދު މައުލޫމާތު ދެއްވަނީ. އެކުންފުނީގެ ހަރަދު ކުޑަކުރަން ޖެހޭ. ފޮޓޯ:ނިޝާން އަލީ/މިހާރު

މިދިޔަ އަހަރު އާމްދަނީ ދަށްވި

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ނިޔަލަށް އެ ކުންފުންޏަށް 1.5 ބިލިޔަން ރުފިޔާގެ އާމްދަނީ އެއް ލިބުނު ކަމަށާއި އެހެން ނަމަވެސް އެއީ 2018 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އަށް ޕަސެންޓްގެ ދަށް އަދަދެއް ކަމަށް ފަޒީލް ވިދާޅުވި އެވެ.

"ދެން މި ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ ކުންފުނިން ކުރަމުން ގެންދިޔަ ޗާޓާ ދަތުރުތަކުގެ އަގު ހެޔޮ ކުރަން ޖެހުމާ އަދި އޭގެ އިތުރަށް ކުންފުނިން ރާއްޖެއިން ބޭރަށް ކުރަމުން ދިޔަ ޝެޑިއުލް ދަތުރުތަކަށް އޮތް ޑިމާންޑް ކުޑަވުމުގެ ސަބަބުން ރާއްޖޭން ބޭރުގެ ދަތުރުތަކުން ލިބުނު އާމްދަނީ ދަށްވުން ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އައިއޭއެސް އަށް ލިބުނު އާމްދަނީ އޭގެ ކުރީ އަަހަރަށް ވުރެ ދަށްވި އަނެއް ސަބަބަކީ ފަޒީލް ވިދާޅުވި ގޮތުގައި އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމާއި ވާދަވެރި އެހެން އެއާލައިންތައް އައުމެވެ. އޭނާ ވިދާޅުވީ ވާދަވެރި އެހެން އެއާލައިންތައް އައުމުގެ ސަބަބުން އެތެރޭގެ އުދުހުންތަކުގެ ބައެއް ކޮންޓެކްޓްތައް އައިއޭއެސް އަށް ގެއްލިފައިވެ އެވެ.

އޮޑިޓަށް ފާހަގަވި އަނެއް ކަމަކީ މިދިޔަ އަހަރާއި މި އަހަރަށް އައިއޭއެސް އިން ލަފާކުރި އާމްދަނީ އެ ކުންފުންޏަށް ނުލިބޭނެ ކަމެވެ. އެގޮތަށް ދިމާވީ މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ލިބުނު އާމްދަނީ ދަށްވުމުންނެވެ.

އައިއޭއެސްގެ އާމްދަނީ މި ދެ އަހަރު ދަށްވުމުގެ އަަނެއް ސަބަބަކީ އެކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ނުހޯދި ލަސްވުމެވެ. އެއީ އާމްދަނީ އިތުރު ކުރުމަށް ޓަކައި ވިޔަފާރި ފުޅާ ކުރަން ހަރަދުކުރަން ޖެހޭ ފައިސާ އެވެ.

ހިންގުމުގެ ހަރަދު ބޮޑު

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ރިވްޒް (ވ) ވާހަކަ ދައްކަވާއިރު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖެނިފާ (މ) އާއި އެ ކުންފުނީގެ އެހެން އިސްވެރިއަކު، އެ ވާހަކަތައް އަޑުއައްސަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ރިވްޒް (ވ) ވާހަކަ ދައްކަވާއިރު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖެނިފާ (މ) އާއި އެ ކުންފުނީގެ އެހެން އިސްވެރިއަކު، އެ ވާހަކަތައް އަޑުއައްސަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އައިއޭއެސްގެ އޮޑިޓުން އެނގިފައިވާ ގޮތުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވި ނަަމަވެސް ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން، އާމްދަނީގެ ނިސްބަތުން ފައިދާވާ މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ. ފަޒީލް ވިދާޅުވީ އައިއޭއެސްގެ ހިންގުމުގެ ހަރަދު 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެސް ބޮޑު ތަނުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު އާމްދަނީ އާއި ފައިދާގެ މާޖިން 15 ޕަސެންޓްގައި ހުރުމަށް ފަހު، 2017 ގައި 10 ޕަސެންޓަށް އަދި 2018 ވަނަ އަހަރު ހަތް ޕަސެންޓަށް ވަނީ ހަނިވެފަ އެވެ.

"އަޅުގަނޑުމެން ބަަލައިލި އިރު 2016 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ހިންގުމުގެ ހަރަދު މިވަނީ 23 އިންސައްތަ އަށް އިތުރުވެފައި،" ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިއޭއެސްގެ ހަރަދު ބޮޑުވި އިރު ބޮޑަށް އިތުރުވެފައި ވަނީ މުވައްޒަފުންނަށް ކުރާ ހަރަދެވެ. އެގޮތުން 2016 ވަަނަ އަހަރު މުވައްޒަފުންނަށް ކުރި ހަރަދަށް ވުރެ 2018 އަހަރު ކުރި ހަރަދު 70 ޕަސެންޓަށް ވުރެ އިތުރު ވެފައި ވެ އެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް 2016 ވަނަ އަހަރު 293.5 މިލިޔަން ރުފިޔާ ކަމަށް ވިޔަސް 2018 ވަަނަ އަހަރު 372.4 މިލިޔަން ރުފިޔާ މުވައްޒަފުންނަށް ހަރަދުކޮށްފައި ވެ އެވެ.

"މިއީ 27 އިންސައްތައިގެ އިތުރުވުމެއް،" ފަޒީލް ވިދާޅުވި އެވެ.