Roadha Mihaaru
ދައުލަތަށް ގެއްލުންވާ ކަމެއް ބަލައިނުގަންނާނެ ހާމަކޮށްދީ

ދައުލަތަށް ގެއްލުންވާ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަން ހާމަކޮށްދީ: ޒިޔަތު

18 އޯގަސްޓް 2020

ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ގެއްލުންވާ ގޮތަށް ކޮންމެ ފަރާތަކުން އަމަލު ކުރިޔަސް، އެއީ ބަލައިގަންނާނެ ކަމެއް ނޫން ކަން ބަހާއި އަމަލުން ރައްޔިތުން މަޖިިލީހުން ކަށަވަރުކޮށް ދޭން އޮޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަޖިލީހުގައި މިއަދު އެދިވަޑައިިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ގެއްލުންވާ ގޮތަށް ކޮންމެ ފަރާތަކުން އަމަލު ކުރިޔަސް، އެއީ ބަލައިގަންނާނެ ކަމެއް ނޫން ކަން ބަހާއި އަމަލުން ރައްޔިތުން މަޖިިލީހުން ކަށަވަރުކޮށް ދޭން އޮޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަޖިލީހުގައި މިއަދު އެދިވަޑައިިގެންފި އެވެ.

ކޮވިޑް-19 އާ ގުުޅިގެން ހެލްތް މިނިސްޓްރީންނާއި ޓޫރިޒަމް މިިނިސްޓްރީން ކުރި ޚަރަދުގައި މާލިއްޔަތު ގަވާއިދާ ޚިލާފު ބޮޑެތި މައްސަލަތަކެއް ހުރި ކަން އޮޑިޓާ ޖެނެރަލް ނެރުއްވި، އެ ދެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެ މައްސަލަ މަޖިލީހުން މިހާރު ދަނީ ބަލަމުންނެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލް ވިދާޅުވީ، މަޖިލީހުން އެ މައްސަލަަތައް ބަލަން ނިންމުމުން، އޭނާ އާއި އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށާއި ދައުލަތުގެ ފައިސާ ރަނގަޅަށް ބެލެހެއްޓޭނެ ފުރިހަމަ ނިޒާމެއް ގެނެވޭނީ މުޅި ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން ލިބިގެން ކަމަށެވެ. ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލެއް ކޮންމެ ފަރާތަކުން ކުރިޔަސް، އެކަން ބަލައިނުގަންނާނެ ކަން ދައްކައިދޭން އޭނާ ކޮމިޓީގައި އެދިވަޑައިގަތެވެ.

"ދައުލަތަށް ގެއްލުންވާ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރާ ނަމަ، އެކަމަކީ ދިވެހި ދައުލަތުން އެއްވެސް ގޮތެއްގައި ތަހައްމަލު ކުރާނެ ކަމެއް ނޫންކަން އަމަލާއި ބަހުން ކަށަވަރުކޮށް ދެއްވާ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޑިޓް އޮފީހުގެ މުވައްޒަފުން ކުރަނީ ވަރަށް ބުރަ އަދި އިހްލާސްތެރި މަސައްކަތެއް ކަމަށާއި އެކަމުގައި މަޖިލީހުުގެ އެއްބާރުލުން ލިބުމަކީ ލިބޭ އިތުރު ހިިތްވަރަކަށް ވާނެ ކަމަށެވެ. ކޮންމެ އޮޑިޓް ރިޕޯޓަކީ ވެސް ވަރަށް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އަންނަ މުހިންމު ރިޕޯޓެއް ކަމަށް ވިދާޅުވެ، އެކަން ބަލައިގަތުމަށް އެދިވަޑައިގަތެވެ.

"މީގެން ކޮޮންމެ ރިޕޯޓަކީ އެއްވެސް އިސްތިސްނާއެއް ނެތި ހަމަ މުހިންމު ރިޕޯޓް. މި ރިޕޯޓް ހަމަ މި ޚާއްސަ ވަނީ ތިޔަ ބޭފުޅުން މި ރިޕޯޓް ޚާއްސަ ކުރުމުން. ތި ބޭފުޅުންގެ މަސައްކަތުން." އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަ އަށް މަސައްކަތުން އެކަހެރިވެ ވަޑައިގެންފައި ވާއިރު، އެ މިނިސްޓްރީގެ ބައެއް އިސްވެރިން ވަނީ ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރޭގައި ސިިޔާސީ ބޭފުޅުންނާއި މާލީ ވެރިން ވެސް ހިމެނެ އެވެ.