Roadha Mihaaru
ބިދޭސީން މޮނިޓާ ކުރަން ހާއްސަ ޕޯޓަލެއް ތައާރަފު ކޮށްފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މޮނީޓާ ކުރާނެ ނިޒާމެއް ގާއިމްކޮށްފި

25 ފެބުރުއަރީ 2020

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެ މީހުންގެ ހަރަކާތްތައް މޮނިޓާ ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން "އަތޮޅު މޮޑިއުލް" ގެ ނަމުގައި ޕޯޓަލެއް މިއަދު ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެ މީހުންގެ ހަރަކާތްތައް މޮނިޓާ ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން "އަތޮޅު މޮޑިއުލް" ގެ ނަމުގައި ޕޯޓަލެއް މިއަދު ތައާރަފުކޮށްފި އެވެ.

އިމިގްރޭޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފުތިތާހު ކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމާއި ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.

އިމިގްރޭޝަނުން ބުނީ، މިއީ ބިދޭސީންގެ ކަންތައްތަކަށް ހައްލު ހޯދުމަށް ލާމަރުކަޒީ ނިޒާމުގެ ދަށުން އެކުލަވާލައިފައިވާ ޕޯޓަލެއް ކަމަށެވެ.

މި ޕޯޓަލްގެ ހިދުމަތް އެންމެ ފުރަތަމަ ފަށާނީ ރާއްޖޭގެ އެންމެ އުތުރުން ހއ. ހޯރަފުށިންނެވެ. އެކަމަކު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ޕޯޓަލްގެ ހިދުމަތް ދިނުމަށް އިމިގްރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި، މި ޕޯޓަލަށް ބިދޭސީންގެ މައުލޫމާތު އަޅަން ޖެހެނީ ރަށު ކައުންސިލްތަކުންނެވެ. އަދި، ބިދޭސީ މީހާ އަކީ ގަވާއިދާ ހިލާފަށް އުޅޭ މީހެއް ނަމަ ލިޔެކިޔުންތައް ހަމަ ކުރުމަށް އޭނާ އަށް ވަކި މުއްދަތެއް ދޭނެ އެވެ. އެއް ރަށުން އަނެއް ރަށަށް ބިދޭސީއަކު ބަދަލު ވިޔަސް މި ޕޯޓަލް މެދުވެރިކޮށް، އެކަން ދެނެގަނެވޭނެ އެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު ސަލީމް، "އަތޮޅު މޮޑިއުލް" ޕޯޓަލް ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަނީ..---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ހޯރަފުށި ދާއިރާގެ މެމްބަރު ސަލީމް، "އަތޮޅު މޮޑިއުލް" ޕޯޓަލް ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަނީ..---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މިއަދުގެ ރަސްމިއްޔާތުގައި، މެމްބަރު ސަލީމް ވިދާޅުވީ، ބިދޭސީންގެ މައްސަލަތައް ބޮޑުވެފައި ވަނީ ލޯކަލް ކައުންސިލްތަކަށް ދޭން ޖެހޭ ބާރުތައް މިހާތަނަށް ނުދީ އޮތުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، މި ޕޯޓަލްއާ އެކު، ސަރުކާރުގެ އިދާރާތަކާއި ސަލާމަތީ ބާރުތައް ގުޅިގެން މަސައްކަތް ކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތައާރަފު ކުރި ޕޯޓަލަކީ ހަމައެކަނި އަޅުގަނޑުމެންގެ އެއްޗެއް ނޫން. މިއީ ހުރިހާ ރެގިއުލޭޝަން ބޮޑީއެއްގެ އެއްޗެއް. މި ޕޯޓަލް އިތުރަށް ތަރައްގީކޮށް، މި އަށް ވުރެ ވެސް ގިނަ ހިދުމަތްތައް ދިނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" އިމިގްރޭޝަން ކޮންޓްރޯލަރު

"ކުރިއްސުރެ ކައުންސިލްތަކަކަށް ނެތް އެއްވެސް ބާރެއް، އިހްތިޔާރެއް އެ މީހުން ބަލަހައްޓާކަށް. ނަމަވެސް ކައުންސިލަށް އެފަދަ ބާރެއް އޮންނަ ނަމަ އިމިގްރޭޝަނުގެ މަސައްކަތަށް ވެސް ލުއިވާނެ. މިއީ އަސްލު ބާރެއް ދެނީއެއް ނޫން. އިމިގްރޭޝަނުން ކުރާ މަސައްކަތުގައި އިތުރު އެހީތެރިންތަކެއް ޝާމިލް މިކުރެވެނީ." ސަލީމް ވިދާޅުވި އެވެ.

މިއަަދުގެ ރަސްމިއްޔާތުގައި، އިމިގްރޭޝަން ކޮންޓްރޯލަރު ހަނަފީ މީޑިއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މިއަަދުގެ ރަސްމިއްޔާތުގައި، އިމިގްރޭޝަން ކޮންޓްރޯލަރު ހަނަފީ މީޑިއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިމިގްރޭޝަން ކޮންޓްރޯލަރު ހަނަފީ ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރަށްރަށް ގުޅާލައިފައި އޮތުމުގެ ސަބަބުން، ބިދޭސީން ޓްރެކް ކުރުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް މި ޕޯޓަލާ އެކު، އެ ކަންތައް ފަސޭހަވެ، ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އިތުރު ލުއި ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތައާރަފު ކުރި ޕޯޓަލަކީ ހަމައެކަނި އަޅުގަނޑުމެންގެ އެއްޗެއް ނޫން. މިއީ ހުރިހާ ރެގިއުލޭޝަން ބޮޑީއެއްގެ އެއްޗެއް. މި ޕޯޓަލް އިތުރަށް ތަރައްގީކޮށް، މި އަށް ވުރެ ވެސް ގިނަ ހިދުމަތްތައް ދިނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވި އެވެ.

އިމިގްރޭޝަނުން "އަތޮޅު މޮޑިއުލް" ޕޯޓަލް ތަރައްގީ ކުރަމުން އަންނަ އިރު، މި އަހަރުގެ ޖޫން މަހުން ފެށިގެން "ފޭޝަލް ރެކޮގްނިޝަން" (ފޮޓޯ އިން މީހުން ދެނެގަންނަ ޓެކްނޮލޮޖީ) ވެސް ޕޯޓަލުގައި ތައާރަފު ކުރާނެ އެވެ. މި ހިދުމަތާ އެކު، އެއްވެސް ރަށަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކަށް ނޭރޭނެ ކަމަށް އިމިގްރޭޝަން ހަނަފީ ވިދާޅުވި އެވެ.