މުސްލިމް ގައުމުތަކުގައި ޑިމޮކްރަސީ ކުރިއެރުވުމުގައި އަންހެނުންގެ ހަމަހަމަކަމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
08 އޮކްޓޯބަރ 2016
މުސްލިމް ގައުމުތަކުގައި ޑިމޮކްރަސީ ކުރިއެރުވުމުގައި އަންހެނުންގެ ހަމަހަމަކަމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރަކަށް ހުންނެވުމަށް ފަހު މި އަހަރުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވި ދުންޔާ އެގޮތަށް ވިދާޅުވީ މެލޭޝިއާގެ ކުއަލަމްޕޫރުގައި ބޭއްވި މުސްލިމް ލީޑާސް ފޯރަމްގެ ތިން ވަނަ ބައްދަލުވުމުގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.
ދުންޔާ ވިދާޅުވީ މުސްލިމް ޑިމޮކްރެޓިކް މުޖުތަމައުތަކުގެ ތަރައްގީ އާއި ކުރިއެރުވުމުގައި އަންހެނުންގެ ބައިވެރިވުމާއި ހަރުދަނާ އިޖްތިމާއީ އަދުލުގެ ނިޒާމެއް އޮތުމަކީ އެ މުޖުތަމައެއްގެ ހަމަޖެހުމާއި ތަރައްގީ އޭގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި އިސްލާމީ ދުނިޔޭގައި އަންހެނުންގެ ދައުރާއި އަންހެނުން ހޯދާފައިވާ ކާމިޔާބީތަކުގެ އިތުރުން ދިމާވާ ގޮންޖެހުންތަކަށް ވެސް އޭނާ ވާހަކަ ދެއްކެވި އެވެ.
މި ފޯރަމަކީ މެލޭޝިއަން އޭޝިއަން ސްޓްރެޓީޖިކް އެންޑް ލީޑަޝިޕް އިންސްޓިޓިއުޓް އިން އިންތިޒާމްކުރި ފޯރަމެކެވެ. މިފަހަރުގެ ފޯރަމްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ފެންވަރުގެ މަންދޫބުން ބައިވެރިވި އެވެ.
އަންހެނުން "ރަތް ފިޔަ"އާ ގުޅެން ނަހުލާ އެދިއްޖެ
މިންތީގެ ހަމަހަމަކަން "ބިލާހު"ން
ސައުދީ އަންހެނުންނަށް އެދެނީ އިތުރު ކުރިއެރުން: ދުންޔާ
ކޮލަމް: އަންހެނުންގެ ހައްގު، ފިރިހެނުންގެ ޒިންމާ
32 އަންހެނުން: ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށް!
މަޖިލިހަށް އަންހެނުން ނެރެން ސްޕޮންސާއަށް އެދިއްޖެ
ޖިންސީ ހަމަހަމަކަން ހޯދަން އަދި 131 އަހަރު ހޭދަވާނެ
ދެ ޖިންސުގެ ހަމަހަމަކަން: ރާއްޖެ 7 ދަރަޖަ ފަހަތަށް
ނަހުލާ ފިރިހެނުންނަށް: ވިސްނުން ބަދަލުކޮށް، ޖާގަ ދީ!
ޖީހާން ދެއްވި ހިތްވަރު: ބިރުދައްކާނެ، ފަސްނުޖެހޭތި!