Roadha Mihaaru
ފަސް ދުވަހުގެ ތެރޭގައި 360 މައްސަލަ ނިންމައިފި

މާލޭގެ ކޯޓުތަކުން ފަސް ދުވަހުގެ ތެރޭގައި 360 މައްސަލަ ނިންމައިފި

08 އޮކްޓޯބަރ 2016

މިދިޔަ މަހުގެ 25 އިން ފެށިގެން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް މާލޭގެ ކޯޓުތަކުން 360 އަށް ވުރެ ގިނަ މައްސަލަ ނިންމާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ މަހުގެ 25 އިން ފެށިގެން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް މާލޭގެ ކޯޓުތަކުން 360 އަށް ވުރެ ގިނަ މައްސަލަ ނިންމާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން ބުނެފި އެވެ.

ޑީޖޭއޭ އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 25 ދުވަހުން ފެށިގެން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް، މާލޭގައި ހުރި ދަށު ކޯޓުތަކާއި ހައި ކޯޓުން ވަނީ 364 މައްސަލަ ނިންމައިފަ އެވެ. އެއީ އެ ހަފުތާގެ ކޮންމެ ދުވަހަކަށް 70 އަށް ވުރެ ގިނަ މައްސަލައިގެ ނިސްބަތެކެވެ.

ހިސާބުތައް ދައްކާ ގޮތުން އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމި މައްސަލަތައް ވެސް އެ މުއްދަތުގައި ވަނީ އިތުރުވެފަ އެވެ. އެ މުއްދަތުގައި މެޖިސްޓްރޭޓް ކޯޓުތަކުން 290 މައްސަލަ ނިންމިއިރު އޭގެ ކުރީ ހަފުތާގައި ނިންމިފައި އޮތީ 209 މައްސަލަ އެވެ. އެހެންވެ އެއީ 81 ޕަސެންޓުގެ ކުރިއެރުމެކެވެ.

ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމުމަށް ސުޕްރީމް ކޯޓުން އެންގި އެންގުމުގެ ދަށުން މެޖިސްޓްރޭޓުންގެ ވަފުދުތައް ރަށްރަށަށް ފޮނުވައިގެން އަންނަނީ މައްސަލަތައް ނިންމަމުންނެވެ.