Roadha Mihaaru
އީޔޫއަށް މަސް ނުފޮނުވިދާނެ ކަމުގެ ބިރެއް ނެތް: ޒަހާ

ޔޫރަޕަށް މަސް އެކްސްޕޯޓް ނުކުރެވިދާނެ ކަމުގެ ބިރެއް މިހާރަކު ނެތް: ޒަހާ

02 މާޗް 2020

ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީގައި ހިނގަމުން އައި ގަވައިދާ ހިލާފު ކަންކަމާ ހެދި ޔޫރަޕަށް މަސް އެކްސްޕޯޓް ކުރުން ހުއްޓިދާނެ ކަމަށް ކުރިން އޮތް ކަންބޮޑުވުން މިހާރު ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު، ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީގައި ހިނގަމުން އައި ގަވައިދާ ހިލާފު ކަންކަމާ ހެދި ޔޫރަޕަށް މަސް އެކްސްޕޯޓް ކުރުން ހުއްޓިދާނެ ކަމަށް ކުރިން އޮތް ކަންބޮޑުވުން މިހާރު ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު، ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަަމުން ޒަހާ ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީގައި ގަވައިދާ ހިލާފަށް ހިނގަމުން އައި ކަންތަައްތައް ހުއްޓިފައިވާ ކަމަށެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ކަމާ ބެހޭ އިދާރާއިން ރާއްްޖެއަށް ޒިޔާރަތްކޮށް، މަސްވެރިކަމުގެ ކަންތައްތައް އޮތް ގޮތް ބަލާފައިވާ ކަމަށާއި ރާއްޖޭގެ ކަންކަން ރަނގަޅުކަން އެ ވަފުދުން ފާހަގަކޮށް މަރުހަބާ ކީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އީޔޫއިން ކަންބޮޑުވުން ފާޅުކުރި ކަންކަން އޮތް ހިސާބެއް ބަލަން އީޔޫގެ ވަފުދެއް މިދިޔަ ފެބްރުއަރީމަހު ރާއްޖެ ޒިޔާރަތްކުރި ކަމަށެވެ. އަދި އެ ޖަމާއަތުން ކަންބޮޑުވުން ފާޅުކުރި ހުރިހާ ކަމެއް މިހާރު ހައްލުކޮށްފައިވާ ކަން އެ ވަފުދުން ފާހަގަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފަލާ އެކު ފާހަގަކުރަން އޮތީ، ވޭތުވެ ދިޔަ ބާރަ ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސަައްކަތުން، ޔޫރަަޕިއަން ޔޫނިއަންގެ ފަރާތުން ފާހަގަކޮށްފައިވާ ހުރިހާ ކަމެއްހެން ހައްލުކޮށް، ފިޔަވަޅު އެޅުމުގެ ބިރު އެއްކޮށް ދުއްވާލެވިއްޖެ ކަަމަށް،" އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ކުރިން އަމާޒުވި ޒަހާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތައް އަޑު އައްސަވަނީ

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތައް އަޑު އައްސަވަނީ

އީޔޫން ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ މަސްވެރިކަމުގެ ގާނޫނީ އޮނިގަނޑެވެ. އެކަމަކު ކުރު މުއްދަތެއްގެ ތެރޭގައި އެ ގާނޫނުގެ މަސައްކަތް ނިންމާފައި ވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި މެމްބަރުންނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުން މަނާކުރަން ޖެހިދާނެ ކަމުގެ އިންޒާރު އީޔޫއިން ދިން އިރު ތުހުމަތުކުރީ ހިއުމަން ޓްރެފިކިން އާއި ސްލޭވަރީ ފަދަ ކަންތައްތަައް ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީގައި ހިނގާ ކަމަށެވެ. އެ ޖަމާއަތުން ގަބޫލުނުކުރާ އެހެން ކަންކަމުގެ ތެރޭގައި މާ ކަނޑުގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުން ވެސް ހިމެނެ އެވެ.

ޒަހާ ވިދާޅުވީ އީޔޫގެ މެރިޓައިމް އެފެއާޒް އަދި ފިޝަރީޒް ޑައިރެކްޓަރުގެ އޮފީހުގެ ފަރާތުން ފޮނުވި ވަފުދުތައް ރާއްޖެއަށް ހަތަރު ފަހަރެއްގެ މަތިން ޒިޔާރަތްކޮށް، ރާއްޖޭގެ މަސްވެރިކަމުގެ ހާލަތު ބަލާފައިވާ ކަމަށެވެ. އެގޮތުން ބެލުމަށް ފަހު ރާއްޖޭގެ މަސްވެރިކަމުގައި ހުރި ގިނަ މަައްސަލަތަކެއް ފާހަގަކުރި ކަމަށާއި އެ ކަންތައްތައް ހައްލުކުރަން ފުރުސަތު ވެސް ދިން ކަމަށް ވިދާޅުވި އެވެ.

"ޔޫރަޕަށް ގަވައިދުން މަސް އެކްސްޕޯޓްކުރުމަށް ޓަކައި މިއީ ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކެއް ކަން ވަނީ ފާހަގަކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ޒަހާ ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް އަމަލުކުރާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އުޅަަނދުތަކަށް ފިޔަަވަޅު އަޅަން ޖެހޭނެ ކަމަށް އީޔޫއިން ވަނީ ބުނެފަ އެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޭރުގެ ކެެރިއާ ބޯޓްތަކުގެ ހަރަކާތްތައް ބަލަން މަހުގެ ރިޕޯޓް ނަގަން ވެސް އެންގި ކަންކަށް އޭނާ ވިދާޅުވި އެވެ.

"މަސްވެރިކަން މެނޭޖްކުރަން އޮތް ގާނޫނީ އޮނިގަނޑު ބަަދަލުކުރަން ވަނީ އަންގަވާފައި،" ޒަހާ ވިދާޅުވި އެވެ.