ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމުގެ ދާއިރާ އަށް ޒުވާނުން ނެރުމަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
17 އޯގަސްޓް 2025
ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމުގެ ދާއިރާ އަށް ޒުވާނުން ނެރުމަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
އެއީ "ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓު" ގެ ދަށުން ތިން މަސް ދުވަހުގެ މުއްދަތަށް ވޯލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ހިންގާ ތަމްރީނު ކޯހެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިކަމަށް އަލަށް ނުކުންނަން ބޭނުންވާ ފަސް ޒުވާނަކަށް އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ފުރުސަތު ދީ، އެލަވަންސެއް ވެސް ދޭނެ ކަމަށެވެ.
އޭގެ ބޭނުމަކީ އެ މިނިސްޓްރީން ބުނިގޮތުގައި، ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށްޓަކައި ބޭނުންވާ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ.
މަސްވެރިކަމާ ބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް މިނިސްޓްރީން ބުންނެވެ.
އޭގެ ތެރޭގައި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބު އުސް ކެޔޮޅުންގެ ފަރާތުން މި އެ ޕްރޮގްރާމްގެ ބައިވެރިވާ ޒުވާނުންނަށް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު 30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ކޯހުގައި ބައިވެރިވާން އެދޭ މީހުން ފޯމު ފުރިހަމަ ކުރުމަށް ފަހު އައިޑީ ކާޑުގެ ކޮޕީއާ އެކު އީމެއިލު ކުރަން މިނިސްޓްރީން އެދެ އެވެ.
އީޔޫއަށް މަސް ނުފޮނުވިދާނެ ކަމުގެ ބިރެއް ނެތް: ޒަހާ
މަސް ގަންނަ އަގު 20ރ. އަށް ބަދަލުކޮށްދޭނަން:ރައީސް
އައްޑޫގައި ލޮޖިސްޓިކް ހަބު ތަރައްގީކުރަން ސީއެމްއީސީއަށް
މަހުގެ އަގު 20ރ. އަށް ބަދަލުކޮށްދޭން އެދިއްޖެ
މަސްވެރިންގެ ޕާސަނަލް ފައިނޭންސިން 3 ލައްކައާ ހަމައަށް
ހއ.އިން އައްޑުއަށް ފީނައި، ދުނިޔޭގެ ރެކޯޑެއް ހަދަނީ
ކޯލްޑް ސްޓޯރޭޖު 25،000 ޓަނަށް އިތުރު ކުރަނީ
މަސްވެރިންގެ ބެކްލޮގް މާދަމާއެއްކޮށް ކްލިއާވާނެ: ޝިޔާމް
މުލަކުގައި ކޯލްޑް ސްޓޯރޭޖެއް ހަދަން ސައުދީގެ ބަޔަކަށް
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި