ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ ފައުންޑޭޝަން ފޯ ސްމޯކް ފްރީ ވޯލްޑް (އެފްއެސްއެފްޑަބްލިއު) އިން ރާއްޖޭގައި ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާން ހެލްތު މިނިސްޓްރީން އެދެފި އެވެ.
02 މާޗް 2020
ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ ފައުންޑޭޝަން ފޯ ސްމޯކް ފްރީ ވޯލްޑް (އެފްއެސްއެފްޑަބްލިއު) އިން ރާއްޖޭގައި ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާން ހެލްތު މިނިސްޓްރީން އެދެފި އެވެ.
ހެލްތް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެފްއެސްއެފްޑަބްލިއު އިިން ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކާއި ސަރަހައްދީ ބައެއް ޖަމާއަތްތަކާ ގުޅިގެން ދުންފަތް ކޮންޓްރޯލް ކުރުމުގެ ދިރާސާގެ ނަމުގަ އާއި ސީއެސްއާރު ހަރަކާތްތަކުގެ ނަމުގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ނަމުގައި ބައެއް ހަރަކާތްތައް ހިންގަން ރާވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ދުންފަތުގެ އެއް ބާވަތަށް ވުރެ އަނެއް ބާވަތް ރައްކާތެރި ކަމަށް ދައްކަން މަސައްކަތްކުރުމަކީ ހަގީގަތް އޮޅުވާލުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އޮތް ގޮތުން ދުންފަތުގެ ސިނާއަތުގައި މަސައްކަތްކުރާ ޖަމިއްޔާއަކަށް ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތެއް ނުކުރެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެފްއެސްއެފްޑަބްލިއު އަކީ އެ ސިނާއަތުގެ މާލީ އެހީގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށާއި އެހެންވެ، އެފަދަ އެއްވެސް ހަރަކާތަކަށް އެއްބާރުލުން ނުދެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި، އެފްއެސްއެފްޑަބްލިއު އިން ހިންގާ ހަރަކާތްތަކާ މެދު ސަރުކާރުން ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ. އެ ޖަމިއްޔާއާ ބައިވެރިވެގެން އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށާއި އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ ނަމަ، އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓްކުރަން ވަނީ އެދިފަ އެވެ.
ދުންފަތާ ދެކޮޅު މަސައްކަތަށް ގޮންޖެހުން ގިނަ:މިނިސްޓަރު
ދެން ސިނގިރޭޓު ބޮވޭނީ ހުއްދަ އޮންނަ ކެފޭތަކުގައި
ދުންފަތުގެ ވިޔަފާރިކުރެވޭނީ ލައިސެންސް ހޯދައިގެން: ހެލްތު
ރާއްޖޭގައި ވޭޕް މަނާކުރާ ބިލް ތަސްދީގުކޮށްފި
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ވޭޕް މަނާކުރުމުގެ ބިލް ކޮމިޓީން ފާސްކޮށްފި
ވޭޕްމަނާކުރުމާ ހަމައަށް ޑިއުޓީ ބޮޑުކުރާ ބިލް ކޮމިޓީއަށް
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައި ވަރުގަދަ ކެމްޕޭނެއް
ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގައި!