ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި އެންމެ މުހިއްމު އެއްޗަކީ ކަރަންޓު ކަމަށް ވާއިރު، ވިޔަފާރިތަކާއި ސިނާއީ މަސައްކަތްތައް ކުރުމުގައި އިތުބާރު ލިބޭ ނިޒާމަކުން ކަރަންޓު ފޯރުކޮށްދޭން މަސައްކަތް ކުރައްވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގްނީ މިރޭ ވިދާޅުވެއްޖެ އެވެ.
04 މާޗް 2020
ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި އެންމެ މުހިއްމު އެއްޗަކީ ކަރަންޓު ކަމަށް ވާއިރު، ވިޔަފާރިތަކާއި ސިނާއީ މަސައްކަތްތައް ކުރުމުގައި އިތުބާރު ލިބޭ ނިޒާމަކުން ކަރަންޓު ފޯރުކޮށްދޭން މަސައްކަތް ކުރައްވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގްނީ މިރޭ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ 70 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި މުގްނީ ވިދާޅުވީ، ސްޓެލްކޯ އިން މަސައްކަތް ކުރަނީ އިތުބާރު ހިފޭނެ ގޮތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އެކަން ކުރަން ބޭނުންވަނީ އޭނާ ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިންނެވެ.
"އަޅުގަނޑުމެންގެ ސަރުކާރުން އަޒުމް ކަނޑައަޅާފައިވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އިޔާދަކުރުވަނިވި ވަސީލަތްތަކުން ކަރަންޓު އުފެއްދުމާއި ޚަރަދު ކުޑަ އަދި ދެމެހެއްޓެނިވި ގޮތްތަކަށް ވާސިލުވުމުގައި އަޅުގަނޑުމެން މިފަށާ ދަތުުރު ކާމިޔާބު ކުރާނަން،" މުގްނީ ވިދާޅުވި އެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުނި، ސްޓެލްކޯ ގައި މަސައްކަތް ކުރަނީ 100 ޕަސެންޓު ދިވެހި މުވައްޒަފުންނެވެ. މިދިޔަ 70 އަހަރުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ސްޓެލްކޯ އިން ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން ފާހަގަކުރައްވަމުން މުގްނީ ވިދާޅުވީ، ރާއްޖޭގެ ކަނޑާއިފަޅު ބޭނުންކޮށްގެން، އިޔާދަކުރަނިވި ހަކަތަ އިން 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ދިރާސާތައް އިތުރު ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީި ގޮތުގައި، ކުރިމަގުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް އިތުރު އިންވެސްޓްމެންޓްތަކެއް ވެސް ސްޓެލްކޯ އިން ކުރާނެ އެވެ. އިޔާދަކުރަނިވި ހަކަތަ އިތުރު ކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ސްޓެލްކޯ އިން މިހާރު ވެސް ވަނީ ޕްލޭންކޮށްފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި، ސްޓެލްކޯ ގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި މުވައްޒަފުންނަށް ލައިފް ޓައިމް އެވޯޑް ދިނެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ 1947 ވަަނަ އަހަރު، 14 ކިލޯވޮޓްގެ އިންޖީނަކުންނެވެ. ސްޓެލްކޯ އިން މާލެ އާއި އަތޮޅު ތެރޭގައި ޚިދުމަތް ދޭ 35 ރަށުގައި ޖުމްލަ 180 މެގަވޮޓުގެ ކަރަންޓު އުފައްދަ އެވެ.
ސްޓެލްކޯ، އަންހެނުންނަށް ހިތްވަރުދޭ ނަމޫނާ ކުންފުންޏެއް
ބޮޑު ބަދަލެއް، ކަރަންޓު ބިލް މިހާރު އެއްވަރުކުރެވޭނެ
ސްޓެލްކޯ:ހުރިހާ ހިދުމަތެއް ސެޓިފައިކުރި ފުރަތަމަކުންފުނި
ހިޔާ ފްލެޓްތަކުގައި ހަރުކުރާނީ ސްމާޓް މީޓަރު: މުގުނީ
ކަރަންޓު ކެނޑުނީ ޖަނަރޭޓަރުތައް ނިވިގެން: މުޣުނީ
ތިނަދޫގެ އާ އިންޖީނުގޭގެ މަސައްކަތް ފަށައިފި
ގްރިޑް ޕްރޮޖެކްޓާއެކު މައްސަލައަށް ދާއިމީ ހައްލެއް
ހަތަރު މަހުގެ ކަރަންޓު ބިލް ބަހާލައިގެން ދެއްކޭނެ
ޖޫންގެ ކަރަންޓްބިލުން 40 ޕަސެންޓް ޑިސްކައުންޓް
ސްޓެލްކޯއިން ކަރަންޓީން ފެސިލިޓީތަކަށް ބޮޑު ހޭދައެއް