ވ. ތިނަދޫގައި ސްޓެލްކޯ އިން އިމާރާތްކުރާ އިންޖީނުގޭގެ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
24 ސެޕްޓެމްބަރ 2020
ވ. ތިނަދޫގައި ސްޓެލްކޯ އިން އިމާރާތްކުރާ އިންޖީނުގޭގެ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. އޭނާގެ އިތުރުން ސްޓެލްކޯގެ އިސްވެރިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ތިނަދޫގައި މިހާރު ކަރަންޓުގެ ހިދުމަތްދޭ އިންޖީނުގެ ހުންނަނީ އާންމުން ދިރިއުޅޭ ސަރަހައްދުގަ އެވެ. އެހެންވެ، އެ ރަށުގެ ރައްޔިތުންނަށް އޭގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އާ އިންޖީނުގެ އިމާރާތް ކުރަން ނިންމައިފަ އެވެ.
އެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ މުޣުނީ ވިދާޅުވި ތިނަދު އަަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 2010 ގައި އެ ކުންފުނިން ހަވާލުވުއިރު ހުރީ ވަރަށް ކުޑަ އެންމެ ޖަނަރޭޓަރެއް ކަމަށެވެ. ނަމަވެސް އާ ޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންނަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ސްޓެލްކޯ އިން ފޯރުކޮށްދީފައިވާނެ ކަމަށާއި މިއަދު އެޅީ ކަރަންޓުގެ ހިދުމަތް އާ ހަރުފަތަކަށް ގެންދިއުމުގެ ބިންގާ ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީ (މ) އާއި އެ ކުންފުނީގެ އިސްވެރިން ތިނަދޫ އިންޖީނުގޭގެ މީހުންނާ މިއަދު ބައްދަލު ކުރައްވަނީ-- ފޮޓޯ:ސްޓެލްކޯ
މުޣުނީ ވިދާޅުވީ، ސްޓެލްކޯގެ ހިދުމަތް ގުޅިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ވާއިރު ތިނަދޫގެ އާބާދީ އާއި ރަށުގެ އިގްތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި ސްޓެލްކޯގެ ދައުރު ބޮޑު ކަމަށެވެ.
"ރަށްރަށުގައި ދެމުންގެންދާ ހިދުމަތްތައް ފުރިހަމަ ކުރުމަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް، ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމާއި ރައްޔިތުންނަށް އިންޖީނުގެ ދުމާއި އަޑުން ދިމާވާ ދަތިތައް ހައްލު ކުރުމަށް އެތަކެއް މަސައްކަތެއް ސްޓެލްކޯ އިން މިގެންދަނީ ކުރަމުން،" މުޣުނީ ވިދާޅުވި އެވެ.
ތިނަދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ މަސައްކަތް ނިމުމާއެކު، ސްޓެލްކޯ އިން ތިނަދު އަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވާނެ އެވެ. މި އިންޖީނުގެ އަކީ އެ ރަށަށް ބޭނުންވާ ކަރަންޓުގެ ލޯޑު މަތިވަމުންދާ ވަރަކަށް އެކަމަށް ބޭނުންވާ އެއް މެގަވޮޓްގެ ހަތަރު އިންޖީނު ބެހެއްޓޭވަރަށް ތަރައްގީ ކުރެވޭނެ އިންޖީނުގެއެކެވެ.
މި އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅުގައި ނިންމާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯ، އަންހެނުންނަށް ހިތްވަރުދޭ ނަމޫނާ ކުންފުންޏެއް
ބޮޑު ބަދަލެއް، ކަރަންޓު ބިލް މިހާރު އެއްވަރުކުރެވޭނެ
ސްޓެލްކޯ:ހުރިހާ ހިދުމަތެއް ސެޓިފައިކުރި ފުރަތަމަކުންފުނި
ހިޔާ ފްލެޓްތަކުގައި ހަރުކުރާނީ ސްމާޓް މީޓަރު: މުގުނީ
ކަރަންޓު ކެނޑުނީ ޖަނަރޭޓަރުތައް ނިވިގެން: މުޣުނީ
ގްރިޑް ޕްރޮޖެކްޓާއެކު މައްސަލައަށް ދާއިމީ ހައްލެއް
ހަތަރު މަހުގެ ކަރަންޓު ބިލް ބަހާލައިގެން ދެއްކޭނެ
ޖޫންގެ ކަރަންޓްބިލުން 40 ޕަސެންޓް ޑިސްކައުންޓް
ސްޓެލްކޯއިން ކަރަންޓީން ފެސިލިޓީތަކަށް ބޮޑު ހޭދައެއް
"ކަރަންޓު ފޯރުކޮށްދިނުމުގައި އިތުބާރު ގާއިމް ކުރާނަން"