ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ސިވިލް ސާވަންޓުން ސަސްޕެންޝަންގައި ތިބެން ޖެހޭ މައްސަލަ އަށް ހައްލެއް ގެނައުމަށްޓަކައި ކައުންސިިލް އިންތިޚާބު ފަސް ކުރުމުގެ ބިލް އަވަހަށް ފާސްކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެދެފި އެވެ.
20 އެޕްރީލް 2020
ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ސިވިލް ސާވަންޓުން ސަސްޕެންޝަންގައި ތިބެން ޖެހޭ މައްސަލަ އަށް ހައްލެއް ގެނައުމަށްޓަކައި ކައުންސިިލް އިންތިޚާބު ފަސް ކުރުމުގެ ބިލް އަވަހަށް ފާސްކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެދެފި އެވެ.
މިމަހު ބާއްވަން ކުރިން ހަމަޖެއްސި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ. އަދި އެ އިންތިޚާބު ފަސް ކުރަން ސަރުކާރުން ވަނީ ކައުންސިލް އިންތިޚާބުގެ ޚާއްސަ ބިލެއް ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމަކު އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ގާނޫނުގެ ދަށުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުން ސަސްޕެންޝަނަށް އަދިވެސް ހައްލެއް ނުލިބެ އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިއްޔެ ފޮނުއްވި ސިޓީގައިވަނީ އިންތިޚާބު ބޭއްވޭނެ ވަކި ތާރީޚެއް އެނގެން ނެތުމުން މުއްދަތެއް ނެތް ގޮތަށް ސިވިލް ސާވަންޓުންތަކެއް ސަސްޕެންޝަންގައި ތިބެން ޖެހިފައިވާ ކަމަށެވެ. އެހެންވެ، މިދުވަސްވަރު މުސާރަ އާއި އިނާޔަތްތައް ނުލިބި ގިނަ ދުވަސްތަކެއް ވުމުގެ އިތުރަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ރޯދަ މަހުގެ އިނާޔަތްތައް ވެސް އެ މީހުންނަށް ނުލިބޭތީ އެކަމާ މެދު ކޮމެޓީން ކަންބޮޑުވާ ކަމަށް އެ ސިޓީގައިވެ އެވެ.
އެހެންވެ، އިންތިޚާބު ފަސްވުމުގެ ސަބަބުން ދިމާވެފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކައުންސިލް އިންތިޚާބުގެ ޚާއްސަ ބިލް ވީހާ ވެސް އަވަހަކަށް މަޖިލީހުން ފާސްކޮށްދޭން އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.
@ElectionsMv ge mi kanboduvumakee minivan muassasa committee ge hurihaa membarunge ves varah bodu kanboduvumakah vaathee committee in vanee mikama mashavara koh majleehuge raees ah sitee eh fonuvaafa. https://t.co/pN0xoKISLc pic.twitter.com/EsYvvBGH4Q
— ?? ??????? ???? ? (@Roxeyna) April 19, 2020
ރޮޒައިނާގެ ޓްވީޓް
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެގޮތަށް އެދުނުއިރު، އިލެކްޝަންސް ކޮމިޝަނުން ވެސް ކުރިން ވަނީ ސަސްޕެންޝަންގައި ތިބި މުވައްޒަފުންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދޭން އެދިފަ އެވެ.
ގާނޫނު އޮންނަ ގޮތުން އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވިސް މުވަައްޒަފުންގެ ކެންޑިޑެސީ ބަލައިގަތުމާ އެކު އިންތިޚާބު ނިމެންދެން އެ މީހުން ތިބެން ޖެހޭނީ ސަސްޕެންޝަންގަ އެވެ. އެކަމަކު އިންތިޚާބު ފަސްކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލް ފާސްވެއްޖެ ނަމަ، އިންތިޚާބު އަލުން އިއުލާން ކުރެވެންދެން އެ މީހުންގެ ސަސްޕެންޝަން ނިމުމަކަށް އަންނާނެ އެވެ.
ވަކިކުރަން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް: ޝަމީމް
މިނިސްޓަރުގެ ބަހަށް ޕީއެސް ވަކިކުރުމާ މެދު ކަންބޮޑުވުން
އާމިރާ ނޫން ހުރިހާ މެމްބަރުން ވަކިކުރަން ފާސްކޮށްފި
އާމިރާގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި
ސަސްޕެންޑްވި ސިވިލް ސާވަންޓުންނަށް ހައްލެއް ބޭނުން
ބިލް އޮތީ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވޭ ގޮތަށް
މިނިސްޓަރުގެ ލަފަޔާ އެކު ޕީއެސް ނެގުން ބަދަލުކުރަނީ
ވަޒީރުންގެ ކަންބޮޑުވުންތަކަށް ސީއެސްސީ ޖަވާބުދާރީވަނީ
ވަޒީރުންގެ ނުރުހުން: ސީއެސްސީއާ ހެދި ހިންގަން ދަތި!
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"