Roadha Mihaaru
މަސްވެރިންނަށް ހަމަ އަގު ނުލިބެނީ މިނިސްޓަރާ ހެދި:ރާއީ

މަސްވެރިންނަށް ހައްގު މިންވަރު ނުލިބެނީ މިިސްޓަރާ ހެދި: ރާއީ

04 މާޗް 2020

ރާއްޖޭގެ މަސްވެރިންނަށް ހައްގުވާ މިންވަރު ނުލިބެނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ ސަބަބުން ކަމަށާއި ހައްގު މިންވަރު ލިބޭކަން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިިހާބުގެ ކުރިން ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ސަރުކާރަށް މިއަދު ގޮވައިލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ މަސްވެރިންނަށް ހައްގުވާ މިންވަރު ނުލިބެނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ ސަބަބުން ކަމަށާއި ހައްގު މިންވަރު ލިބޭކަން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިިހާބުގެ ކުރިން ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ސަރުކާރަށް މިއަދު ގޮވައިލައްވައިފި އެވެ.

ރާއްޖޭގެ ކަނޑުތަކުގައި އާދަޔާ ހިލާފަށް މިޔަރު ގިނަވެ، މަސްވެެރިންނަށް އުނދަގުލަކަށް ވެފައިވާ ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރާ މެދު މަަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ރާއީ ވިދާޅުވީ މަސްވެރިންގެ ހައްގުތައް ހޯދައި ނުދެވިގެން އުޅެނީ "ސީދާ މިނިސްޓަރާ ހެދި" ކަމަށެވެ. ފިޝަރީޒް މިނިސްޓަރު ޒަހާ ވަނީ ފެއިލްވެފައިވާ ކަމަށާއި އެ މިނިސްޓަރާ އެކު ކުރިއަށް ދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތައް އަޑު އައްސަވަނީ/ ނަޝީދު މިއަދު ދެއްވީ އޭ ރިޕޯޓެއް.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތައް އަޑު އައްސަވަނީ/ ނަޝީދު މިއަދު ދެއްވީ އޭ ރިޕޯޓެއް.

މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތް ހަދައިދޭން އެމްޑީޕީން ބޭނުންވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފާސްކުރީ ވެސް މަސްވެރިކަމާ ބެހޭ ގާނޫނު ކަަމަށް ވެސް ރާއީ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފިޝަރީޒް މިނިސްޓާ ފެއިލްވެއްޖެ. ފިޝަރީޒް މިނިސްޓަ ބޮޑުތަނުން ފެއިލް ވެއްޖެ. މަސްވެރިންގެ ހައްގުތައް ހޯދައި ނުދެވިގެން އުޅެނީ ހަމަ ސީދާ މިނިސްޓަރާ ހެދި. އެެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންނަށް އެ މިނިސްޓަރު ގޮވައިގެން ކުރިއަށް ދެވިދާނެ ކަމަކަށް،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި ޒަހާ އަށް ރައްދުކުރައްވައި ރާއީ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ދެއްކެވި ވާހަަކަ އަށް ރާއީ މިއަދުގެ ވާހަކައިގައި ވެސް ނުރުހުން ފާޅުކުރެއްވި އެވެ. އޭނާ އިއްޔެ ވެސް އިމްރާނަށާއި އަދާލަތު ޕާޓީއަަށް ނުސީދާކޮށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ޕާޓީއަށް ހައްގުވާ މިންވަރަކީ އެންމެ ވަޒީރެއް ކަމަށާއި އެ ވަރު ދީފައިވާ ކަމަށެވެ.

މިއަދު ވިދާޅުވީ މަސްވެރިންނަށް ހައްގުވާ މިންވަރު ހޯދައި ނުދީ، ބައިމަދު ޕާޓީއެއްގެ ހައްގު މިންވަރު ހޯދައިނުދެވޭނެ ކަމަށެވެ.