Roadha Mihaaru
އަމީނަށް ވެސް މި ފަހަރު ސަލާމަތެއް ނުވެވުނު!

އަމީނަށް ވެސް މަޖިލީހުގައި މި ފަހަރު ސަލާމަތެއް ނުވެވުނު!

26 ފެބުރުއަރީ 2020

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުންނާ މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ފަހަަކަށް އައިސް ފާޅުކުރައްވާ ނުރުހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ވެސް މިއަދު އަމާޒުކޮށް ފިއްތުންތައް ކުރިމަތި ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުންނާ މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ފަހަަކަށް އައިސް ފާޅުކުރައްވާ ނުރުހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ވެސް މިއަދު އަމާޒުކޮށް ފިއްތުންތައް ކުރިމަތި ކުރައްވައިފި އެވެ.

ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތީ، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީގެ ދެ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ..

އެއީ، ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި އަންހެނުންނަށް ހާއްސަ ޑޮކްޓަރަކު މަކުނުދު އަށް ހަމަޖައްސަވައި ދެއްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެކަން ނުވެ އޮތް ސަބަބު އޮޅުން ފިލުއްވުމަށް ރާއީ ކުރެއްވި ސުވާލެވެ. އެ ސުވާލުގައި ރާއީގެ އެއް ކަންބޮޑުވުމަކީ އެކަމަށް އެކި ތާރީޚު ދީފައިވާއިރު ވެސް މިހާތަނަށް ނަތީޖާއެއް ނުފެނި އޮތުމެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަމީން ވިދާޅުވީ، 1،200 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މަކުނުދު އަަށް ޑޮކްޓަރުން އިތުރު ނުކުރެވިގެން އުޅެނީ، އެ ރަށު ސިއްހީ މަރުކަޒުގައި މި ވަގުތު ހުރީ އެންމެ ކޮންސަލްޓޭޝަން ރޫމެއް ކަމަށް ވާއިރު، އިތުރު ކޮންސަލްޓޭޝަން ރޫމެއް ހެދުމަށް މިދިޔަ އަހަރު ބަޖެޓު ނުލިބުމުން ކަމަށެވެ. އެކަމަކު، އެކަން މިހާތަނަށް ކާމިޔާބު ނުވި ނަމަވެސް މިހާރު އެ މަސައްކަތް ރަށު ކައުންސިލާ ހަވާލުކޮށްގެން ކުރަން ނިންމާފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި، އެ މަސައްކަތް ނިމި، ޖާގަ އިތުރު ކުރެވުމުން ޑޮކްޓަރުން މަކުނުދު އަށް ފޮނުވާނެ އެވެ.

Stream - People's Majlis of Maldives

Stream - People's Majlis of Maldives

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ

ނަމަވެސް، އަމީންގެ އެ ޖަވާބު، މަޖިލީހުގެ ރައީސް ނަޝީދަށް ކަމަކު ނުދިޔަ އެވެ. އަމީންގެ ވާހަކަތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ނަޝީދު ވިދާޅުވީ، މަކުނުދޫ ހެލްތު ސެންޓަރަށް އެތައް ފަހަރަކު އެމަނިކުފާނު ވަޑައިގެންފައި ވާނެ ކަމަށާއި އެތަނުގައި ޖާގަ އެބައޮތް ކަަމަށެވެ. އެގޮތުން، މަކުނުދޫ ހެލްތު ސެންޓަރުގެ ވިހާ ކޮޓަރި އަކީ ވެސް އެތަނުގައި އޮތް ޖާގައެއް ކަަމަށް ނަޝީދު ވިދާޅުވި އެވެ.

"އަދި ކޮންސަލްޓޭޝަން ކޮޓަރިއެއް މަކުނުދޫގައި ނެތިގެން، އަޅުގަނޑު ހިތް ބުނަނީ، އެއީ އެ ތަނުގައި އެ ހިދުމަތް ނުދެވޭން ވީ ސަބަބެއް ކަމަށް މި މަޖިލީހުގައި ފާހަގަވުމަކީ މި މަޖިލީހުގައި އެންމެ ރަނގަޅު ގޮތެއް ނޫނޭ،" ކޯލިޝަންގެ އެހެން ޕާޓީތަކުގެ ވަޒީރުން މަޖިލީހަށް ވަޑައިގަތުމުން އާންމުކޮށް އެމަނިކުފާނު އަމަލު ކުރައްވާ އުސޫލުގެ މަތިން މިނިސްޓަރު އަމީނަށް ވެސް ރައްދު ދެއްވި އެވެ.

ނަމަވެސް، އަމީންގެ އެ ޖަވާބު، މަޖިލީހުގެ ރައީސް ނަޝީދަށް ކަމަކު ނުދިޔަ އެވެ. އަމީންގެ ވާހަކަތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ނަޝީދު ވިދާޅުވީ، މަކުނުދޫ ހެލްތު ސެންޓަރަށް އެތައް ފަހަރަކު އެމަނިކުފާނު ވަޑައިގެންފައި ވާނެ ކަމަށާއި އެތަނުގައި ޖާގަ އެބައޮތް ކަަމަށެވެ. އެގޮތުން، މަކުނުދޫ ހެލްތު ސެންޓަރުގެ ވިހާ ކޮޓަރި އަކީ ވެސް އެތަނުގައި އޮތް ޖާގައެއް ކަަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކައާ ގުޅިގެން، އަމީން ވިދާޅުވީ، ވިހާ ކޮޓަރި އަކީ އިމަޖެންސީ ހާލަތުގައި ބޭނުން ކުރަން ޖެހިއްޖެ ނަމަ އެ ކަމަށްޓަކައި ކޮންމެ ރަށެއްގައި ވެސް ހުންނަން ޖެހޭ ތަނެއް ކަމަށެވެ. އަދި ވިހާ ކޮޓަރިއެއް ކޮންމެ ސިއްހީ މަރުކަޒެއްގައި ގާއިމް ކުރުމަކީ ޑަބްލިއުއެޗްއޯގެ މިންގަނޑުގެ ތެރެއިން ކޮންމެހެން ލާޒިމް ކަމެއް ކަަމަށް އަމީން ވިދާޅުވި އެވެ.

"އެއީ ކުއްލި ހާލަތެއްގައި ވިއްސަން ޖެހިއްޖިއްޔާ ކޮންމެހެން ވެސް [އެކަން ކުރުމަށްޓަކައި] ކޮންމެހެން ބަހައްޓަން ޖެހޭ ޖާގައެއް ކަމަށް ވާތީ އަޅުގަނޑުމެން އެ ޖާގަ ބަހައްޓަން. އެހެން ނަމަވެސް އެ ޖާގަ ހުރުމުގެ ސަބަބުން ބައެއް ހާލަތްތަކުގައި އެ ޖާގަ ބައެއް އެހެން ކަންކަމަށް ވެސް ބޭންކުރެވޭ،" އަމީން ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެއީ އުސޫލެއްގެ ގޮތުން އެކަން ކުރަން ފަށައިފި ނަމަ، އަޅުގަނޑުމެންގެ މި އިމާރާތްތަކުގެ ޖާގަ އާއި ވަސީލަތްތައް އިތުރު ނުކުރެވި އެކަން ކުރަން ފަށައިފި ނަމަ ކުއްލި ހާލަތުގައި ގޮންޖެހުންތަކެއް ދިމާވެދާނެ. އެހެންވެ، އަޅުގަނޑުމެން އެ [ވިހާ ކޮޓަރި] އެހެން ކަންކަމުގައި ބޭނުން ނުކުރަނީ."

ވަޒީރުންނާ ސުވާލު ކުރުމުގެ ސެޝަންގައި، އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އަމީނަށް އެންމެ ބޮޑަށް އަމާޒުވީ ރަށްރަށުގައި އެމްބިއުލާންސް ނެތުމުގެ މައްސަލައިގައި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެމްބިއުލާންސް ނެތުމަކީ ރާއްޖޭގެ ގިނަ ރަށްރަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަަމަށެވެ.

"މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ގާތްގަނޑަކަށް 28 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެވުނު. އަދި ރާއްޖޭގައި އެމްބިއުލާންސް އެއްގޮތަކަށް ވެސް ނެތް ރަށްރަށް ބަލައިގެން ހުރިހާ ރަށަކަށް ވެސް އެމްބިއުލާންސް ފޯރުކޮށްދެވުނު،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމީނާ ކުރެއްވި ސުވާލުތަކުގައި މިއަދު ވަނީ އޭނާގެ މިނިސްޓަރުކަމަށް ދޮޅު އަހަރުވާ އިރު ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ނުވެ ހުރި ކަމަށް ވިދާޅުވެފަ އެވެ.

އަމީން ވިދާޅުވި ގޮތުގައި، ކަންކަން ނުކުރެވި ހުރީ ބަޖެޓު ހަމަނުޖެހިގެންނެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މަޖިލީހަށް ވަޑައިގަންނަވާ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ވަޒީރުންގެ ވާހަކަތަކާ ގުޅިގެން މިހާތަނަށް ވަނީ އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދާއި އެމްޑީޕީގެ މެމްބަރުންގެ ނުރުހުމާއި ފާޑުކިޔުން އެ ވަޒީރުންނަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެ ލިސްޓުގައި މިހާތަނަށް އުޅުއްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް ތަމްސީލް ކުރައްވާ ދެ ބޭފުޅުންގެ ތެރެއިން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އެ ލިސްޓަށް އެންމެ ފަހުން މި އެރީ މިނިސްޓަރު އަމީނެވެ.

މީގެ އިތުރުން، ޒަހާ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަަރށް ބޮޑަށް ހިފައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ނަޝީދުގެ ރުހުން ހޯއްދަވައި އެމަނިކުފާނު ދެއްވި "އޭ ސްޓާ" ލިބިވަޑައިގެންނެވި އެމްޑީޕީގެ ސްލޮޓްގައި އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވާ ޑރ. އާއިޝަތު އަލީ އަށެވެ.

އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުވެއްޖެ ނަމަ، ސަރުކާރު ހިންގާ ކޯލިޝަން ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން ގެންދަވަނީ ދެއްވަމުންނެވެ.