Roadha Mihaaru
ހަލަބަށް ދޭ ހަމަލާތައް ހުއްޓާލުމުގެ ގަރާރު ވީޓޯކޮށްފި

ހަލަބަށް ދޭ ހަމަލާތައް ހުއްޓާލުމުގެ ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި

09 އޮކްޓޯބަރ 2016

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 9) - ސީރިއާގެ ހަލަބް ސިޓީ އަށް ދޭ ހަމަލާތައް ހުއްޓާލުމަށް އދ. އިން ޑްރާފްޓްކޮށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ރަޝިޔާ އިން ވީޓޯ ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 9) - ސީރިއާގެ ހަލަބް ސިޓީ އަށް ދޭ ހަމަލާތައް ހުއްޓާލުމަށް އދ. އިން ޑްރާފްޓްކޮށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ރަޝިޔާ އިން ވީޓޯ ކޮށްފި އެވެ.

ފްރާންސް އިން ހުށަހެޅި ގަރާރަށް ލިބުނީ 11 ވޯޓެވެ. ގަރާރަށް ދެ ކޮޅަށް ވޯޓު ދިން ދެ ގައުމުގެ ތެރޭގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ރަޝިޔާ ހިމެނެ އެވެ. ވޯޓު ނުދޭ އަނެއް ގައުމަކީ ވެނެޒުއެލާ އެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދޭ ގައުމުތަކުގެ ތެރޭގައި ވީޓޯގެ ބާރު އޮންނަ ޗައިނާ ވެސް ހިމެނެ އެވެ. ވަކިކޮޅަކަށް ދެން ވޯޓު ނުދެނީ އެންގޯލާ އެވެ.

މިއީ ސީރިއާގެ ފަސް އަހަރުވީ ހަނގުރާމަ ހުއްޓުމުގެ ބޭނުމުގައި އދ. އިން ހުށަހެޅި ގަރާރުތައް ރަޝިޔާ އިން ވީޓޯ ކުރި ފަސް ވަނަ ފަހަރެވެ.

ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހުމުގެ ކުރިން ރަޝިޔާގެ ޚާރިޖީ ވަޒީރު ޖީން މާކް ވަނީ ރަޝިޔާގެ މަދަދާ އެކު ހަލަބަށް ދޭ ހަމަލާތައް ހުއްޓާލާ އެ ސިޓީ ސަލާމަތް ކުރުމަށް ސަލާމަތީ މަޖިލީހުން ވަގުތުން ފިޔަވަޅު އަޅައިދިނުމަށް އެދިފަ އެވެ.

ރަޝިޔާ އިން ވެސް ވަނީ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ. ހަމަލާތައް ހުއްޓާލުމަށް މި ގަރާރުގައި އެދިފައިވީ ނަމަވެސް ވައިގެ ހަމަލާތަކުގެ ވާހަކަ ހިމަނައިފައި ނުވާކަމަށް ޑިޕްލޮމެޓުން ބުނެ އެވެ. ރަޝިޔާގެ ގަރާރު ވެސް ސަލާމަތީ މަޖިލީހުން ވަނީ ފޭލްކޮށްލައިފަ އެވެ.

ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށުން ހަލަބު ސިޓީ ހިފަން ރަޝިޔާ އިން މިދިޔަ މަހު ވައިގެ ހަމަލާތައް ފެށި ފަހުން ހަލަބުގައި ވަނީ 250،000 އަށް ވުރެ ގިނަ އާއްމުން ހާލުގައި ޖެހިފަ އެވެ.