Roadha Mihaaru

ޑިސްއިންފެކްޓުުކުރަން މާގިރި ހޮޓާ ބަންދުކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ޓޫރިސްޓު މީހާ މާލޭގައި މަޑުކުރި މާގިރި ހޮޓާ، ޑިސްއިންފެކްޓުކުރަން މިއަދު ބަންދުކޮށްފި އެވެ.

ޑިސްއިންފެކްޓުުކުރަން މާގިރި ހޮޓާ ބަންދުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 މާޗް 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ޓޫރިސްޓު މީހާ މާލޭގައި މަޑުކުރި މާގިރި ހޮޓާ، ޑިސްއިންފެކްޓުކުރަން މިއަދު ބަންދުކޮށްފި އެވެ.

އެ ހޮޓަލުން ނެރުނު ނޯޓިސްއެއްގައި ބުނީ، މުވައްޒަފުންނާއި ގެސްޓުން އަދި ކަސްޓަމަރުންގެ ސަލާމަތަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިންކިއުބޭޝަން ޕީރިއަޑަށް ފަހު އަދި މުޅި ހޮޓަލުގެ ހުރިހާ ތަނެއް ޑިސްއިންފެކްޓުކުރުމަށް ފަހު އަންނަ ހޯމަ ދުވަހު ހުޅުވާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ގެސްޓުންނާއި ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް މާފަށް އެދެމެވެ،" އެންގުމުގައި ވެ އެވެ.

އިޓަލީ މީހާ ރާއްޖެ އައީ ޅ. ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށެވެ. އޭނާ މާގިރި ހޮޓެލުގައި ދެ ދުވަހު ހުރީ، އެއާޕޯޓަށް ފުރަން ގޮސް ނުފުރިގެން މި މަހުގެ 1 އަދި 2 ވަނަ ދުވަހު އެވެ. އޭނާއާ އެކި ގޮތްގޮތުން ކޮންޓެކްޓުވި އެ ހޮޓަލުގެ 15 މުވައްޒަފަކު ވަނީ ކަރަންޓީން ވެސް ކޮށްފަ އެވެ.

މަތީ ފެންވަރުގެ 52 ކޮޓަރި ހިމެނޭ މާގިރި ހޮޓާ ހުޅުވީ އޭޕްރީލް 12، 2018 ގަ އެވެ.