Roadha Mihaaru
މަދޫރީގެ ވެބް ސީރީޒަކީ "ދަ ހިރޮއިން"

މަދޫރީ ޑިކްސިޓްގެ ވެބް ސީރީޒަކީ "ދަ ހިރޮއިން"

13 މާޗް 2020

މިދިޔަ ޑިސެމްބަރު މަހު އިއުލާންކުރި، މަދޫރީ ޑިކްސިޓް ކުޅޭ ފުރަތަމަ ވެބް ސީރީޒްގައި ކިޔައިދޭނީ ބަތަލާއެއްގެ ވާހަކަ ކަމަށާއި އޭގެ ނަމަކީ "ދަ ހިރޮއިން" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ޑިސެމްބަރު މަހު އިއުލާންކުރި، މަދޫރީ ޑިކްސިޓް ކުޅޭ ފުރަތަމަ ވެބް ސީރީޒްގައި ކިޔައިދޭނީ ބަތަލާއެއްގެ ވާހަކަ ކަމަށާއި އޭގެ ނަމަކީ "ދަ ހިރޮއިން" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނެޓްފްލިކްސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ މި ސީރީޒަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ވިންގް ދަރުމެޓިކް އެންޓަޓައިންމަންޓުން ހަދާ އެއްޗެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ "ދި ހިރޮއިން" ގައި ކިޔައިދޭނީ ކުއްލި ގޮތަކަށް އާއިލާ އަށް ގެއްލޭ ބަތަލާއެއްގެ ވާހަކަ ކަމަށާއި މީގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

މި ސީރީޒް ލިޔެ، ޑައިރެކްޓްކުރަނީ 2016 ގައި ދަރުމާ އާއި އެކްސެލް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދިން "ބާރު ބާރު ދޭކޯ" ގެ ސްކްރީންޕްލޭގައި ހިއްސާވި ސްރީ ރާއޯ އެވެ. އެ ފިލްމަކީ ކެޓްރީނާ ކެއިފާއި ސިދާތު މަލްއުތުރާ ކުޅުނު ފިލްމެކެވެ.

"ދި ހިރޮއިން" އަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން މަދޫރީ އާއި ކަރަން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މި ސީރީޒް އިއުލާންކުރީ ޑިސެމްބަރު މަހުގެ 9 ގަ އެވެ.

މަދޫރީ އެންމެ ފަހުން ވެސް މަސައްކަތްކޮށްފައި ވަނީ ދަރުމާގެ ޕްރޮޖެކްޓެއްގަ އެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި "ކަލަންކް" ގަ އެވެ. އެކަމަކު އެ ފިލްމަކީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަދޫރީ، 52، ގެ އަތުގައި މި ކުޅޭނެ އެއްވެސް ފިލްމެއް ނެތެވެ.