31 މެއި 2020
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސް ގުޅިގެން ހަދާ ވެބް ސީރީޒްގެ ޝޫޓިން އިންޑިއާގައި މާޗް މަހު ލޮކްޑައުން އިއުލާންކުރުމުގެ ކުރިން އޮތީ ފަށާފައިވާ ކަމަށާއި ލޮކްޑައުން އުވައިލުމާ އެކު، ޝޫޓިން އަލުން ފަށާނެ ކަމަށް އޭގެ ބަތަލާ މަދޫރީ ޑިކްސިޓް ބުނެފި އެވެ.
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސް ގުޅިގެން ހަދާ ވެބް ސީރީޒްގެ ޝޫޓިން އިންޑިއާގައި މާޗް މަހު ލޮކްޑައުން އިއުލާންކުރުމުގެ ކުރިން އޮތީ ފަށާފައިވާ ކަމަށާއި ލޮކްޑައުން އުވައިލުމާ އެކު، ޝޫޓިން އަލުން ފަށާނެ ކަމަށް އޭގެ ބަތަލާ މަދޫރީ ޑިކްސިޓް ބުނެފި އެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއެއްގައި، 53 އަހަރުގެ ބަތަލާ ބުނީ އޭނާ އެއްޗަކަށް މިހާރު ސޮއިކުރަނީ ވަރަށް ގިނަ ކަންކަން ބެލުމަށް ފަހު ކަމަށެވެ.
"އެއް ކަމަކީ އުފެއްދުމަކުން ކޮން ކަހަލަ ބަދަލެއްތޯ ގެނެވޭނީ ބެލުން. އަނެއް ކަމަކީ ކުރިން އަހަރެން ކުޅެފައި ނުވާ ކަހަލަ ރޯލެއްތޯ ކުޅެން ލިބުނީ. މިކަހަލަ ކަންކަމަށް ބަލާފައި މިހާރު އެކްޓިން ޕްރޮޖެކްޓްތަކަށް ސޮއިކުރަނީ،" މިދިޔަ އަހަރު "ކަލަންކް" ކުޅުނު ބަތަލާ ބުންޏެވެ. "ނެޓްފްލިކްސްގެ ސީރީޒްއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އަހަރެން އުންމީދުކުރަން ބެލުންތެރިން އުންމީދުކުރާ ކަހަލަ އެއްޗަކަށް ވާނެ ކަމަށް."
މަދޫރީގެ ފުރަތަމަ ވެބް ސީރީޒް އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ހިރޮއިން" ގެ ނަން ދީފައިވާ އެ ސީރީޒަކީ ކުއްލި ގޮތަކަށް އާއިލާ އަށް ގެއްލޭ ބަތަލާއެއްގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.
ސީރީޒް ލިޔެ، ޑައިރެކްޓްކުރަނީ 2016 ގައި ދަރުމާ އާއި އެކްސެލް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދިން ފިލްމު "ބާރު ބާރު ދޭކޯ" ގެ ސްކްރީންޕްލޭގައި ހިއްސާވި ސްރީ ރާއޯ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
މަދޫރީ މިދިޔަ ހަފުތާގައި އަމިއްލަ އަޑުން ކިޔާފައިވާ ލަވައެއް ވެސް އާންމުކޮށްފައިވާ އިރު، ކަލާޒްގެ ޑާންސް ޝޯ "ޑާންސް ދީވާނޭ" ސީޒަން ތިނެކަށް މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ.
މި އަހަރު ވެބް ސީރީޒްތަކުން ފެންނާނެ ތަރިން
މަދޫރީގެ ވެބް ސީރީޒްގެ ޓީޒާއެއް ދައްކާލައިފި
މަދޫރީގެ ވެބް ސީރީޒަކީ "ފައިންޑިން އަނާމިކާ"
ބޮޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
މަދޫރީގެ ވެބް ސީރީޒަކީ "ދަ ހިރޮއިން"
މަދޫރީގެ ވެބް ސީރީޒެއް ނެޓްފްލިކްސް އަށް
މަދޫރީގެ ސީރިޒަށް އާ ނަމެއް، ޕްރީމިއާ އަންނަ މަހު
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
އާލިއާގެ ރޯލެއް "މީނާކްޝީ ސުންދަރޭޝްވަރް" ގައި
ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައެއް