Roadha Mihaaru
މެލޭޝިއާ އިން އައި ދިވެއްސަކު ޓެސްޓު ކުރަނީ

ކޮވިޑް-19: ބަލި މީހަކާ އެއް އިމާރާތެއްގައި އުޅުނު ދިވެއްސަކު ޓެސްޓު ކުރަނީ

12 މާޗް 2020

ކޮވިޑް-19 އަށް އަށް ޕޮޒިޓިވް ވެފައިވާ މީހަކާ އެއް އިމާރާތެއްގައި ދިރިއުޅުމަށް ފަހު، މެލޭޝިއާ އިން ރާއްޖެ އައި ދިވެއްސަކު އެ ބައްޔަށް ޓެސްޓު ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 އަށް އަށް ޕޮޒިޓިވް ވެފައިވާ މީހަކާ އެއް އިމާރާތެއްގައި ދިރިއުޅުމަށް ފަހު، މެލޭޝިއާ އިން ރާއްޖެ އައި ދިވެއްސަކު އެ ބައްޔަށް ޓެސްޓު ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އިދާރާ އިން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ، ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން އެ މީހާގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްޓަކައި ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މެލޭޝިއާގައި މިހާރު ކޮވިޑް-19 ބަލީގެ 123 މީހަކު އެބަތިއްބެވެ. އެ ގައުމުން 149 މީހަކަށް އެ ބަލި ޖެހުނުއިރު 26 މީހަކު ވަނީ ރަނގަޅު ވެސް ވެފަ އެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެ އަށް ވެސް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރޭ އިއުލާން ކޮށްފައިވާއިރު، ރާއްޖެ އިން ވެސް ވަނީ އެ ބަލީގެ އަށް މީހަކު ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހަކާއި ކުރަމަތި މޯލްޑިވްސް ރިސޯޓުގެ ދެ މީހެކެވެ،

އެ ހަތަރު ރިސޯޓަށް އަރައި ފޭބުން މިހާތަނަށް މަނާކޮށްފައި އޮތަސް ރެއިން ފެށިގެން އެޗްޕީއޭ އިން ވަނީ ކަރަންޓީނުން ދޫކޮށްލައިފަ އެވެ. އެކަމަކު، އެއީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފަހު އެވެ. އަދި ސިއްހީ ދާއިރާގެ އޮފިޝަަލަކު ވެސް އެ ހަތަރު ރިސޯޓުގައި ހަރަކާތްތެރިވާނެ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެ އެވެ.