Roadha Mihaaru
ކޮވިޑް-19: ޔުނިވާސިޓީތަކާއި ކޮލެޖުތައް ބަންދުކޮށްފި

ކޮވިޑް-19: ޔުނިވާސިޓީތަކާއި ކޮލެޖުތައް ދެ ހަފުތާ އަށް ބަންދުކޮށްފި

14 މާޗް 2020

ރާއްޖެ އިން ކޮރޯނާވައިރަސް ޖެހިފައިޥާ 10 މީހަކު މިހާތަނަށް ފެނުމާ ގުޅިގެން، އެ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ ހުރިހާ މަރުކަޒުތައް މިއަދުން ފެށިގެން ދެ ހަފުތާ އަށް ބަންދުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު އަންގަވައިފި އެވެ.

އޭނާ މި ގޮތަށް އެންގެވީ، ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާތީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މިދިޔަ ހަފުތާގައި ފުރަތަމަ ޓާމްގެ މިޑްޓާމް ބްރޭކަށް ފަހު ސްކޫލްތައް ހުޅުވުން އަންނަ ހަފުތާ އަށް ފަސްކޮށްފަ އެވެ. ކުރިން ހަމަޖައްސާފައި އޮތް ގޮތުން ނަމަ ސްކޫލްތައް އަލުން ހުޅުވޭނީ މާދަމާ އެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކޮށްފައިވާއިރު، ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި މައިމޫނާ ގެންދަވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަމުންނެެވެ. އެގޮތުން ދެންމެ އޭނާ އަންގަވާފައި ވަނީ މިރޭ ދަންވަރު 12 އިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓް ހައުސްތަކަށް ބޭރުގެ ޓުރިސްޓުން ނުގެނެވޭނެ ކަމަށެވެ. އަދި މިއަދު ހަވީރު 6:00 ން ފެށިގެން އެއްވެސް ރިސޯޓަކުން އެއްވެސް ރަށަކަށް، އަދި އެއްވެސް ރަށަކުން ރިސޯޓަކަށް މީހުން ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އެ ދެ ފިޔަވަޅު ވެސް އެޅީ 14 ދުވަހުގެ މުއްދަތަށެވެ.

މީގެ އިތުރުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޕާކްތަކާއި މައިޒާންތަކަށް މީހުން ދިއުން ވެސް އިއްޔެ އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.