ޔޫރަޕްގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް އިޓަލީން އެ ބައްޔާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އަށް އެހީވުމުގެ ގޮތުން، އެ ގައުމުގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖޯޖިއޯ އަރްމާނީ 1 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
17 މާޗް 2020
ޔޫރަޕްގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް އިޓަލީން އެ ބައްޔާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އަށް އެހީވުމުގެ ގޮތުން، އެ ގައުމުގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖޯޖިއޯ އަރްމާނީ 1 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފެޝަން ޑިޒައިނުންގެ ތެރޭގައި ހިމެނޭ އަރްމާނީ އެހީ ދީފައި ވަނީ އިޓަލީގެ ހަތަރު ހޮސްޕިޓަލަކަށާއި އިމަޖެންސީ ހާލަތުގައި މަސައްކަތްކުރާ އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީ (ސީޕީއޭ) އަށެވެ. އޭނާ އެހީ ދިން ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނެނީ މިލާންގެ ތިން ހޮސްޕިޓަލަކާއި ސްޕަލާންޒާނީގެ ހޮސްޕިޓަލެކެވެ.
ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް މިލިއަން ޑޮލަރުގެ އެހީއެއް އަރްމާނީ ދިން އިރު އަންނަ މަހުގެ 19 ގައި ދުބާއީގައި ބާއްވަން ތާވަލުކުރި އޭނާގެ ފެޝަން ޝޯ "ކްރޫޒް" އަންނަ އަހަރަށް ވަނީ ފަސް ވެސްކޮށްފަ އެވެ. އަރްމާނީގެ މިލްކިއްޔާތު 5.2 ބިލިއަން ޑޮލަރަށް އަރަ އެވެ.
ކޮވިޑް-19 ގެ ހާލަތު ގޯސްވެގެން އިޓަލީ ވަނީ މިދިޔަ ހަފުތާއިން ފެށިގެން "ބަންދު" ވެސް ކޮށްފަ އެވެ. އެ ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 2،000 ގާތްކުރާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 30،000 އާ ގާތް ކުރެ އެވެ.
ފޮޓޯޝޫޓަކަށް ވަގުތު ނުދީގެން ކެންޑަލްއަށް ދައުވާކޮށްފި
މޭވާގެ ކުނިން ބޫޓު ކަލެކްޝަނެއް
ގުޗީގެ އާ އައިނު "އެކޮޅުކޮޅުން"
މިއީ ބެގޭޓް ޕާނެއް ނޫން، އަތްދަބަހެއް
އެއިޑްސްއާ ދެކޮޅަށް ފަންޑު ހޯދަން ބޫޓެއް
ޕްރިންސް ޗާލްސްގެ ފެޝަން ލައިނެއް
ޕީޕީއީ އުފައްދަން ބާބެރީން 700،000 ޑޮލަރު ދީފި
ޝެނެލުން ލުބުނާނަށް 700،000 ޑޮލަރު
މުޒާހަރާ އަށް ތާއީދުކޮށް މޮޑެލްއަކު ދެ ލައްކަ ޑޮލަރު
ފަޔަ ފައިޓަރުންނަށް އެހީވާން 103 މީޓަރުގެ ޕިއްޒާއެއް