ޕެރަޑައިސް އައިލެންޑް ރިސޯޓު ފިޔަވައި ވިލާ ގްރޫޕުން ހިންގާ ހުރިހާ ރިސޯޓެއް ވަގުތީ ގޮތުން ހިދުމަތް ދިނުން މެދުކަނޑާލައިފި އެވެ.
16 މާޗް 2020
ޕެރަޑައިސް އައިލެންޑް ރިސޯޓު ފިޔަވައި ވިލާ ގްރޫޕުން ހިންގާ ހުރިހާ ރިސޯޓެއް ވަގުތީ ގޮތުން ހިދުމަތް ދިނުން މެދުކަނޑާލައިފި އެވެ.
"މިހާރު" އަށް މައުލޫމާތު ދެއްވި ވިލާ ގްރޫޕްގެ އޮފިޝަލަކު ވިދާޅުވީ، ވިލާގެ ރިސޯޓުތަކަށް ހައްދާފައިވާ ހުރިހާ ބުކިންއެއް މިހާރު ޕެރަޑައިސް އަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ޕެރަޑައިސްގެ އިތުރުން ވިލާ ގްރޫޕުން ހިންގާ އެހެން ރިސޯޓުތަކަކީ، ސަން އައިލެންޑު ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް އަދި ފަން އައިލެންޑް ރިސޯޓެވެ.
މި ބަދަލު ގެނައީ، އެހެން ރިސޯޓުތަކުގެ ބުކިންތައް ވަރަށް ބޮޑަށް ކެންސަލްވެ، ޓޫރިސްޓުން އަންނަވަރު މަދު ވަމުންދާތީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މިސާލަކަށް ސަން އައިލެންޑަށް ދާނަމަ ޑޮމެސްޓިކް އެއާލައިން ބޭނުން ކުރަން ޖެހޭ. މިކަމުގެ ސަބަބުން، ޓޫރިސްޓުންނަށް ގިނަ ބަޔަކާ ބައްދަލުވުމުގެ ފުރުސަތު ބޮޑު،" އޭނާ ވިދާޅުވި އެވެ.
ޕެރަޑައިސް އަކީ ވިލާ ގްރޫޕުން ހިންގާ މާލެއާ އެންމެ ކައިރި ރިސޯޓެވެ.
ވިލާ ގްރޫޕްގެ އެހެން ރިސޯޓުތަކުގައި މި ވަގުތު ތިބި ޓޫރިސްޓުން އަނބުރާ ދަންދެން އެ ރިސޯޓުތަކުން ވެސް ހިދުމަތް ދޭނެ އެވެ. ބަންދުކުރި ރިސޯޓުތަކުގެ މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތްތައް އަންނަނީ ބަލަމުންނެވެ. އެގޮތުން ބިދޭސީ ބައެއް މުވައްޒަފުން ނޯޕޭ އަށް ފޮނުވާލުމާ މެދު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ ހަފްތާގައި ވިލާ ގްރޫޕުން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފަ އެވެ.
1- މުސާރައިގެ 4،999ރ. އިން ދަށުގެ ބައިން - 10 ޕަސެންޓު 2- މުސާރައިގެ 5،000ރ. އިން 9،999ރ. ގެ ބައިން - 20 ޕަސެންޓު 3- މުސާރައިގެ 10،000ރ. އިން 49،999ރ. ގެ ބައިން - 35 ޕަސެންޓު 4- މުސާރައިގެ 50،000ރ. އިން މަތީގެ ބައިން - 50 ޕަސެންޓު
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ. ކުރިއަށް އޮތް ތަނުގައި މި ހާލަތު ދިގުދެމިގެންދާ ނަމަ އެހެން ރިސޯޓުތަކުން ވެސް މިފަދަ ވިޔަފަޅުތައް އެޅުން އެކަށީގެންވާ ކަމަށް ރިސޯޓުތަކުގެ އިސްވެރިން ބުނެ އެވެ.
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ
ކަސްޓަމް އޮފިސަރުންގެ ނަންތައް ހާމަކުރި މައްސަލަ ބަލަނީ
ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަނީ
ވިލާގެ މުދާ ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި
ހާސްކަމުގެ ތެރޭގައި ޝަކުވާތަކާ އެކު!
މައްސަލަތައް ހައްލު ކުރަން މަޓީއާ މަޝްވަރާ ކުރަނީ
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
މާމިގިލީ ރައްޔިތުންގެ އާދޭހާއި ކަރުނަ
އޮޕަރޭޝަން ހިންގަނީ ސުލްހަވެރިކަމާއެކު: ކަސްޓަމްސް