Roadha Mihaaru
ރިސޯޓުން ފަތާފައި ދިޔަ މީހާގެ ބަންދަށް 15 ދުވަސް

ރިސޯޓުން ފަތާފައި މީދޫއަށް ދިޔަ މީހާގެ ބަންދަށް 15 ދުވަސް

17 މާޗް 2020

ކޮވިޑް-19 އިތުރަށް ފެތުރުނަނުދިނުމަށްޓަކައި، ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން މަނާކޮށްފައި ވަނިކޮށް، އައްޑޫގެ ރިސޯޓަކުން އެ ސިޓީގެ މީދު އަށް ފަތާފައި ދިޔަ މީހާ 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އިތުރަށް ފެތުރުނަނުދިނުމަށްޓަކައި، ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން މަނާކޮށްފައި ވަނިކޮށް، އައްޑޫގެ ރިސޯޓަކުން އެ ސިޓީގެ މީދު އަށް ފަތާފައި ދިޔަ މީހާ 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން އަންގައިފި އެވެ.

މީދުއާ ޖެހިގެން އޮންނަ ސައުތު ޕާމް ރިސޯޓްގެ މުވައްޒަފެއް ފަތާފައި މީދު އަށް އެރުމުން އޭނާ އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން މީދޫ ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.

އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އޭނާއާ ގުޅޭ އިތުރު އެހެން މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްތަކަށް މީހުން ދިއުން މަނާ ކުރީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.

Resort akun fathaafai Meedhoo ah dhiya meehaku hayyaru koffi

Resort akun fathaafai Meedhoo ah dhiya meehaku hayyaru koffi

The most trusted news source in the Maldives

Mihaaru

މަނާކޮށްފައި ވަނިކޮށް ފަތާފައި މީދޫއަށް އެރުން--

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮރޯނާ ވައިރަސް ހުރި 13 މީހަކު ރާއްޖެ އިން ފެނުމުން މުޅި ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، ޚާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އަދިި އެ ވައިރަސްގެ އަލާމާތްތައް ހުރި ބައެއް މީހުން ކަރަންޓީން ކުރުމުގެ އިތުރުން ގޭގައި އެކަހެރި ވެސް ކޮށްފައިވެ އެވެ. އެކަމަކު އުސޫލާ ޚިލާފަށް އޭގެ ތެރެއިން ބައެއް މީހުން އާންމުންގެ ތެރެއަށް ނުކުންނަ ކަމުގެ ޝަކުވާ އާންމުންކުރެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ ކަރަންޓީންކޮށް ނުވަތަ އެކަހެރި ކޮށްފައި ހުރި މީހަކު އުސޫލާ ޚިލާފަށް އާންމުންގެ ތެރެއަށް ނުކުތުމަކީ ކުށެއް ކަމަށް ވިދާޅުވެފަ އެވެ.

ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހަކު މަރުވެދާނެ ކަމުގެ ނުވަތަ ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިިރެއް ކުރިމަތި ކުރުވުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކަމަށެވެ. އަދި ކަރަންޓީން ކޮށްފައި ހުއްޓާ ގިނައިން އާންމުން ދާ ތަނަކަށް ގޮސްފި ނަމަ، އެއީ އިންސާނާގެ ފުރާނަ އަށް ފަރުވާލެއް ނެތް ގޮތަކަށް ކުރި އަމަލެއް ކަމަށް ގާނޫނުލްއުގޫބާތުގެ ދަށުން ބެލިދާނެ ކަމަށް ވެސް އޭނާގެ ޓްވީޓްގައިވެ އެވެ.