ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިތުރަށް ފަސްނުކޮށް، އެ އިންތިޚާބު ބޭއްވޭނެ މަގެއް ފަހިކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތަށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ތައްޔާރުވާން ފަށައިފި އެވެ.
06 ޖެނުއަރީ 2021
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިތުރަށް ފަސްނުކޮށް، އެ އިންތިޚާބު ބޭއްވޭނެ މަގެއް ފަހިކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތަށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ތައްޔާރުވާން ފަށައިފި އެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވައި ނުލާތީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލޯކަލް އިންތިޚާބު ބޭއްވޭނެ ފުރުސަތު ވަނީ ބަންދުވެފަ އެވެ. އެ މައްސަލައިގައި އީސީން ކަންބޮޑުވުން ފާޅުކޮށް، ގާނޫނު އިސްލާހު ކުރަން ވަނީ ގޮވާލައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، އިންތިޚާބު ބޭއްވޭނީ ސަންސެޓް ގާނޫނު އިސްލާހު ކޮށްގެން ކަމަށާއި އެކަމާ ގުޅޭ ގޮތުން މެންބަރުންނާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ވީހާ ވެސް އަވަހަކަށް އެކަން ކުރުމަށްޓަކައި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޝްވަރާ ކުރާ ކަމަށެވެ.
"މިހާރު ގިނަ މެމްބަރުން ތިބީ ދާއިރާތަކުގައި ޗުއްޓީގައި. އެހެންވެ އަދި ވަކި ގޮތެއް ނުނިންމަން. އެކަމަކު މި ހަފުތާ ތެރޭގައި ގޮތެއް ނިންމާނަން،" އާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވައިދު ބުނާގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު ސަބަބު ބަޔާންކޮށް މަޖިލީހުގެ ރައީސަށް އެކަން ހުށަހެޅުމުންނެވެ. އެ އަށް ފަހު 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.
އީސީން މީގެ ކުރިން ލޯކަލް އިންތިޚާބު ބާއްވަން ނިންމި ތާރީޚާކީ އޭޕްރިލް ތިނެކެވެ. ނަމަވެސް އެ ދުވަހަށް އިންތިހާބު ބޭއްވޭނީ މި މަހުގެ ފަހެއްގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވައިލި ނަމަ އެވެ. އެހެންކަމުން މިހާރު އެ ތާރީޚުގަައި އިންތިޚާބު ނުބޭއްވޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިންތިޚާބު އިތުރަށް ލަސްނުކޮށް، ވީހާ ވެސް އަވަހަކަށް ބޭއްވުމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އިދިކޮޅު ޕާޓީތަކުން ވެސް އަންނަނީ އިންތިޚާބު ފަސް ނުކުރުމަށް ގޮވައިލަމުންނެވެ.
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
"ވޯޓުލާން ނުނިކުތީ ޔާމީން މިނިވަންކުރާ ވާހަކަދައްކާތީ"
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
އެހެން ދާއިރާއެއްގެ ބަޔަކު ވޯޓުދިން ކަމުގެ ޝަކުވާއެއް
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
އައްޑޫގައި ވެސް ވޯޓުގެ މާ ބޮޑު ފޯރިއެއް ނެތް
އެމްޑީޕީގެ ކެންޑިޑޭޓަކު ވޯޓަކާ ނުލައި ހޮވިއްޖެ
އިންތިހާބުގެ ތާރީހު ބަދަލެއް ނުކުރެވޭނެ: ނަޝީދު
އައްޑޫގެ އިތުރު ދެ ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ
ކުއްލި ނުރައްކާ އޮތަސް އިންތިހާބު ބާއްވަން ފާސްކޮށްފި