ކޮވިޑް-19 އަށް ރާއްޖޭން މީހަކު ފުރަތަމަ ޕޮޒިޓިވް ވިތާ ދެ ހަފްތާ ވާން ކައިރިވި އިރު، އެބައްޔަށް މީހަކު ޕޮޒިޓިވް ނުވާތާ ހަތަރު ދުވަސް ވެއްޖެ އެވެ.
19 މާޗް 2020
ކޮވިޑް-19 އަށް ރާއްޖޭން މީހަކު ފުރަތަމަ ޕޮޒިޓިވް ވިތާ ދެ ހަފްތާ ވާން ކައިރިވި އިރު، އެބައްޔަށް މީހަކު ޕޮޒިޓިވް ނުވާތާ ހަތަރު ދުވަސް ވެއްޖެ އެވެ.
ގިނަ ގައުމުތަކެއްގައި ބާރަށް ފެތުރޭ ކޮވިޑް-19 އަށް ރާއްޖޭން ފުރަތަމަ ޕޮޒިޓިވްވީ ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޑޮކްޓަރާއި އޭނާއާ އެކު މަަސައްކަތް ކުރި ނަރުހެކެވެ. އެ މީހުންނަށް ބަލި ޖެހުނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުންނެވެ.
މާޗް 7 ގައި ކޮވިޑް-19 ގެ ރާއްޖޭގެ ފުރަތަމަ ކޭހަށް ފަހު ދެވަނަ ކޭހެއް ފެނުނީ އޭގެ ދެދުވަސް ފަހުން މާޗް ނުވައެއް ގަ އެވެ.
ރާއްޖޭން އެބަލި ފެތުރުނު ދުވަހު ވެސް އަދި އޭގެ ކުރިން ވެސް ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުން އައި ޔަގީން ކަމަކީ އެބަލި ފެތުރުން ހުއްޓުވަން ރާއްޖޭގެ ތައްޔާރީތައް ރަނގަޅުކަމުގެ ޔަގީންކަމެވެ.
ރާއްޖޭން ކޮވިޑް-19 ގެ ކޭހެއް ފެނުނުކަން ހާމަކުރަން މާޗް 7 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ އެެތެެރެހަށީގެ ހާއްސަ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވީ މީގެ ކުރިން އައި މިފަދަ ރޯގާތަކާ ދެކޮޅަށް ވެސް ރާއްޖޭން ކުރި މަސައްކަތް ރަނގަަޅު ކަމަށެވެ. އެހެންކަމުން މިފަހަރު ވެސް ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމު ރައްޔިތުންނަށް ޔަގީންކަން ދެއްވަމުން އޭނާ މިސާލު ދެއްކެވީ 2017 ގައި ރާއްޖޭގައި ފެތުރުނު އިންފްލެއެންޒާ އިންނެވެ.
"އޭގައި ވެސް އަޅުގަނޑުމެން ވަނީ ރަނގަޅު ރެސްޕޮންސެއް ދައްކުވައިދީފައި. އެހެންވީމާ މި ރޯގާގައި ވެސް އަޅުގަނޑުމެންނަށް ޔަގީން ފުދޭވަރަކަށް ރަނގަޅަށް މިކަން ކުރެވިދާނެކަަން،" ޑރ. އަލީ ލަތީފްް ވިދާޅުވި އެވެ.
އެބަލި ފެތުރުން ހުއްޓުވަން ރާއްޖޭން ދެން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރޭގައި ބަލީގެ އަލާމާތެއް ހުރި މީހަކު ފެނިއްޖެ ނަމަ ވަގުތުން ކަރަންޓީނުކޮށް ޓެސްޓް ކުރުމެވެ. އެގޮތަށް ކަރަންޓީނު ކުރަން ޖެހޭ މީހުން އިތުރުވަމުން އައި ވަރަަކަށް ކަރަންޓީނު ފެސިލިޓީތައް އަންނަނީ އިތުރުކުރަމުންނެވެ.
މާލެ ސަރަހައްދުގައި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ފުރަތަމަ ފަރުކޮޅުފުށި ބޭނުންކުރަން ފަށައި މިހާރު ވަނީ ވިލިވަރާއި ހުޅުލޭ އައިލެންޑް ހޮޓަލާއި ފަން އައިލެންޑް ވެސް އަންނަނީ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުއި ބޭނުންކުރަމުންނެވެ. މާލެ ސަރަހައްގައި ހުރި ތަންތަނުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 641 ފެސިލިޓީ ވަނީ ގާއިމްކޮށްްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ގާބިލުކަން ވެސް ވަރަށް އަވަހަށް އިތުރުކޮށް ޓެސްޓް ކުރެވޭ މީހުންގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ. ކުރިން ޓެސްޓްކުރަމުން އައީ ހަމަ އެކަނި ޓްރެވެލް ހިސްޓްރީ އޮތް މީހުންނާއި ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި މީހުން ކަމަށް ވިޔަސް، މިހާރު އަންނަނީ ރެންޑަމްކޮށްް، މާލެ ތެރޭން ވެސް މީހުން ޓެސްޓް ކުރަމުންނެވެ.
އެގޮތުން މިއަދާ ހަމައަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އިތުރުން 517 ސާމަޕަލް ނަގާފައި ވާއިރު ޓެސްޓް ކުރި އިރު ނަތީޖާ ނުލިބި އޮތީ 15 ސާމްޕަލެކެވެ. އެހެން މީހުން ނެގެޓިވް އެވެ.
ރުބެއްލާ ނައްތައިލުމުން ޑަބްލިއުއެޗްއޯއިން ތައުރީފްކޮށްފި
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ހަ މީހަކު ޕޮޒިޓިވްވެ އެންމެ ގިނަ ކޭސް މިއަދު
ރިސޯޓްތަކަށް އަރައި ފޭބުން 14 ދުވަހަށް މަނާ
އިންތިހާބުގެ ތާރީޚަށް ހާލަތު ރަނގަޅެއް ނުވާނެ: އަމީން
ކޮވިޑް-19އާ ދެކޮޅަށް ޑރ. އަލީ ލަތީފުގެ ޔަގީންކަން
ކޮވިޑް-19: ބަތަަލާ އައިލެންޑް ކަރަންޓީނުކޮށްފި
އެއާޕޯޓުން ސްކްރީންކޮށް އެކަހެރިކުރުން ހަމަޖައްސައިފި
ވޭޕްގެ ޖޫރިމަނާ ނުދެއްކިޔަސް އެޅޭނެ ފިޔަވަޅެއް ނެތް؟
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް