ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ "ވޫހާން ވައިރަަސް" ފެތުރޭތީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ފުރިހަމަ އަށް އަޅާފައިވާ ކަމަށާއި މީހުން ސްކްރީން ކުރުމާއި އެކަހެރިކުރުމުގެ އިންތިޒާމްތައްް ވެލާނާ އެއާޕޯޓްގައި ހުރީ ރަނގަޅަށް ކަަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
29 ޖެނުއަރީ 2020
ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ "ވޫހާން ވައިރަަސް" ފެތުރޭތީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ފުރިހަމަ އަށް އަޅާފައިވާ ކަމަށާއި މީހުން ސްކްރީން ކުރުމާއި އެކަހެރިކުރުމުގެ އިންތިޒާމްތައްް ވެލާނާ އެއާޕޯޓްގައި ހުރީ ރަނގަޅަށް ކަަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
ވޫހާން ވައިރަސް ފެތުރޭތީ ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ މިއަދު ބައްދަލުވުމަށް ފަހު އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ، ޓާމިނަލް އޮޕަރޭޝަންސް އިބްރާހީމް ހުސައިން ވިދާޅުވީ އެއާޕޯޓްގައިވާ އައިސޮލޭޝަން ފެސިލިޓީގައި 20 މީހުންގެ ޖާގަ އޮންނާނެ ކަމަށާއި މީހުން އެހެން ތަންތަނަށް ގެންދަން ވެސް ރަނގަޅު އިންތިޒާމްތަކެއް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީން އެހެން ތަންތަނަށް މީހުން ގެންދަން ހާއްސަ އެމްބިއުލާންސްތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ފޯރުކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހަމަ ފަސޭހަ ކަމާ އެކު ދިހައެއް ނުވަތަ ވިހި މީހުން ބޭތިއްބޭނެ. ހުޅުލޭގައި ހުރި އައިސޮލޭޝަން ފެސިލިޓީ އަކީ ޓްރާންސިޓް ފެސިލިޓީއެއް އިނގޭތޯ. އެތަނުން ހަމަ ކުޑަ ޓެސްޓެއް ހަދާފައި އެ ފަސިންޖަރުން ހަމަ މެއިން ސްޓޭޝަންތަކަށް ޓްރާންސްފާ ކުރެވޭނެ،" އިބްރާހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ނަމަ އެހެން ތަންތަނަށް އެމީހުން ގެންދަން އެޗްޕީއޭ އިން ދިން އެމްބިއުލާންސްތަކާ އެކު، އެފަދަ ހާލަތްތަކުގައި މަސައްކަތް ކުރާނެ ޑްރައިވަރުން ވެސް ފޮނުވާފައި އެބަ ތިބި ކަމަށެވެ.
ކޮރޯނާ ވައިރަސް ފެތުރޭތީ ސަރުކާރުން އެކުލަވައިލި ޓާސްކްފޯހުގައި، ސިއްހީ ހިދުމަތްދޭ ތަންތަނާއި ސިފައިންނާއި ފުލުހުން އަދި އެމްއޭސީއެލްއާއި އެސްޓީއޯގެ މަންދޫބުން ވެސް ހިމެނެ އެވެ. އެ މަންދޫބުންނާއި ޑަބްލިއުއެޗްއޯގެ މާހިރުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގަތެވެ. ކަމާ ބެހޭ މުއައްސަސާތަކުން ވަމުން އަންނަ ތައްޔާރީތައް އެ ބައްދަލުވުމުގައި ހިއްސާކުރި އެވެ.
ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާން އިން ފުރަތަމަ ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 6000 އަށް އަރާފަ އެވެ. އެ ވައިރަހުން ޖެހޭ ރޯގާގެ ސަބަބުން މަރުވި މީހުންގެ އަދަދަކީ 132 އެވެ.
ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ޗައިނާ އިން ވަނީ 12 ވަރަކަށް ސަރަހައްދު ކަރަންޓީނުކޮށްފަ އެވެ. އެގޮތުން ގާތްގަނޑަކަށް 60 މިލިއަން މީހުން ކަރަންޓީނު ވެފައި އެބަ ތިއްބެވެ.
ޗައިނާގެ އިތުރުން ދުނިޔޭގެ އެތައް ގައުމަކުން މިހާރު ވަނީ ނޮވެލް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ މީހުން ފެނިފަ އެވެ. އޭގެ ތެރޭގައި އަވަށްޓެރި ސްރީލަންކާއާއި ދިވެހިން ގިނައިން ދަތުރުކުރާ ގައުމެއް ކަމަށްވާ ޔޫއޭއީ ވެސް ހިމެނެ އެވެ.
ރުބެއްލާ ނައްތައިލުމުން ޑަބްލިއުއެޗްއޯއިން ތައުރީފްކޮށްފި
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ހަ މީހަކު ޕޮޒިޓިވްވެ އެންމެ ގިނަ ކޭސް މިއަދު
ރާއްޖޭން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްނުވެ 4 ދުވަސް
ރިސޯޓްތަކަށް އަރައި ފޭބުން 14 ދުވަހަށް މަނާ
އިންތިހާބުގެ ތާރީޚަށް ހާލަތު ރަނގަޅެއް ނުވާނެ: އަމީން
ކޮވިޑް-19އާ ދެކޮޅަށް ޑރ. އަލީ ލަތީފުގެ ޔަގީންކަން
ކޮވިޑް-19: ބަތަަލާ އައިލެންޑް ކަރަންޓީނުކޮށްފި
ވޭޕްގެ ޖޫރިމަނާ ނުދެއްކިޔަސް އެޅޭނެ ފިޔަވަޅެއް ނެތް؟
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް