ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ އަހަރުގެ ތެރޭގައި މަގާމުން ވަކި ކުރި އަބްދުﷲ މުއާޒު އަލުން އެ މަގާމަށް ހަމަޖައްސައިފި އެވެ.
10 އޮކްޓޯބަރ 2016
ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ އަހަރުގެ ތެރޭގައި މަގާމުން ވަކި ކުރި އަބްދުﷲ މުއާޒު އަލުން އެ މަގާމަށް ހަމަޖައްސައިފި އެވެ.
މުއާޒު ކުރިން މަސައްކަތް ކުރެއްވީ ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގަ އެވެ.
ފިލްމީ ދާއިރާ އިން މަޝްހޫރު ވެފައިވާ މުއާޒު ދެން ވެސް މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ އެންސީއޭގަ އެވެ.
ޔޫތު މިނިސްޓްރީއަށް އަލަށް އައްޔަން ކުރެއްވި އެގްޒެކެޓިވް ދެ ކޯޑިނޭޓަރުން ކަމަށްވާ މުއާޒާއި ފާރިޝްއާ، ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ބައްދަލު ކުރައްވަނީ: ޔޫތު މިނިސްޓްރީން ކުރި މި ޓްވީޓް ފަހުން ވަނީ ޑިލީޓް ކޮށްލާފައި.--- ފޮޓޯ/ ޔޫތު މިނިސްޓްރީ ޓްވިޓާ
މުއާޒު އޭރު ވަޒީފާ އިން ވަކި ކުރީ ކީއްވެ ކަމެއް ސަރުކާރުން ވެސް އަދި އޭނާ ވެސް ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އޭނާ ވަޒީފާ އިން ވަކި ކުރީ އޭރު ޖެހުނު ސިޔާސީ މައްސަލައެއްގަ އެވެ.
ވަޒީފާ އިން ވަކި ކުރިތާ މާ ގިނަ ދުވަހެއް ނުވެ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ފުލުސް އޮފީހަށް ގެންގޮސް ބަޔާން ވެސް ނަގާފައި ވެ އެވެ.
މުއާޒު ވިދާޅުވީ އޭނާއަކީ އެންމެ ކުރިއްސުރެ ފިލްމީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަމުން އައި މީހެއް ކަމަށާއި ކުރިމަގުގައި ވެސް މަސައްކަތް ކުރާނީ އެ ކަމަށް ކަމަށެވެ.
"އަޅުގަނޑަށް ވަޒީފާ އަށް ވުރެ ބޮޑަށް މުހިއްމީ އެންސީއޭގައި ހުރެގެން ފިލްމީ ދާއިރާ އަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ނައްތާލުން،" އޭނާ ވިދާޅުވި އެވެ.
މުއާޒަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އައިމިނަތު ޝާޔަންގެ ފިރިމީހާ އެވެ.
ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން
ބޮޑު ތުހުމަތެއް ކުރި 2ބޭފުޅަކު އެހެން މިނިސްޓްރީއަކަށް
ގދ. އަތޮޅު ކައުންސިލްގެ ރައީސަށް ޔޫތުގެ ނައިބުކަން
ކުރީގެ ޑީސީޕީ ސައުދީއަށް ޔޫތު މިނިސްޓްރީގެ ނައިބުކަން
ސިޔާސީ ބައެއް މަގާމުތަކަށް ރައީސް ބަދަލުގެންނަވައިފި
ހުސައިން ވަހީދު ޔޫތަށް، ނާއިފް ހައުސިންއަށް
އިލްހާމްގެ ހަތަރު ކޮއްކޮ މަގާމުން ވަކިކޮށްފި
ޔޫތު މިނިސްޓްރީގެ ހަތަރު ކޯޑިނޭޓަރަކު ވަކިކޮށްފި
މާފަށް އެދުނު ވައްޑެ ސްޓޭޓް މިނިސްޓަރަކަށް!
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް